Roadha Mihaaru
އައިއެސް ބަލިކުރިއަސް އެމެރިކާއިން އިރާގުގައި ތިބެންޖެހޭ

އައިއެސް ބަލިކުރިއަސް އެމެރިކާ ސިފައިން އިރާގުގައި ތިބެން ޖެހޭ: ކާޓާ

05 ޑިސެމްބަރ 2016

ވޮޝިންޓަން (ޑިސެމްބަރު 5) - އިސްލާމިކް ސްޓޭޓް (އައިއެސް) ބަލިކުރި ނަމަވެސް އެމެރިކާ އާއި ކޯލީޝަނުގެ ސިފައިން އިރާގުގައި ތިބުން މުހިންމު ކަމަށް އެމެރިކާގެ ދިފާއީ ވަޒީރު އޭޝް ކާޓާ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޑިސެމްބަރު 5) - އިސްލާމިކް ސްޓޭޓް (އައިއެސް) ބަލިކުރި ނަމަވެސް އެމެރިކާ އާއި ކޯލީޝަނުގެ ސިފައިން އިރާގުގައި ތިބުން މުހިންމު ކަމަށް އެމެރިކާގެ ދިފާއީ ވަޒީރު އޭޝް ކާޓާ ވިދާޅުވެއްޖެ އެވެ.

ސަބަބެއް ކަމަށް ކާޓާ ވިދާޅުވީ އައިއެސް އަށް ދެން އަނބުރާ ނާދެވޭނެކަން ޔަގީން ކުރުމަށް ކަމަށެވެ. މޫސަލް އިން އައިއެސް ބޭރުކުރި ނަމަވެސް، ކާޓާ ވިދާޅުވީ ކޯލީޝަނުން މިހާރު ކުރިއަށް ގެންދާ ކެމްޕޭން ހުއްޓާލައިގެން ނުވާނެ ކަމަށެވެ.

"އައިއެސް ބަލިކުރި ނަމަވެސް ކޯލީޝަނުގެ މަސައްކަތް ހުއްޓުމަކަށް ނާންނާނެ. އައިއެސް އިން އަލުން އަނބުރާ ނާދެވޭނެ ގޮތް ހަދަން ޖެހޭ. އެކަން ޔަގީން ކުރުމަށް އެމެރިކާ ސިފައިން އިރާގުގައި ތިބެން ޖެހޭ،" ކާޓާއާ ހަވާލާ ދީ އޭޕީން ބުނެފައިވެ އެވެ.

ކާޓާ ވިދާޅުވީ އައިއެސްގެ ބާރުގެ ދަށުން ސާފުކުރާ ސަރަހައްދުތައް ގާޑު ކުރުމަށް އިރާގު ސިފައިންނާއި ފުލުހުން ތަމްރީނު ކޮށްދޭން ވެސް ޖެހޭ ކަމަށެވެ. ނަމަވެސް އިރާގުގައި އެމެރިކާ އާއި ކޯލީޝަނުގެ ސިފައިން ތިބޭނެ މުއްދަތެއް ކާޓާ ވިދާޅެއް ނުވެ އެވެ.

ބޮޑު ވަޒީރު ނޫރީ އަލް މާލިކީއާ އެކު ގާއިމްކުރި އެއްބަސްވުމެއްގެ ދަށުން އިރާގުން އެމެރިކާ ސިފައިން ވަނީ 2011 ވަނަ އަހަރު ފައިބައިފަ އެވެ. ނަމަވެސް 2014 ވަނަ އަހަރުގެ މެދުތެރޭން ފެށިގެން ވަނީ އައިއެސްއާ ދެކޮޅު ހަނގުރާމައިގައި އިރާގު ސިފައިންނަށް އެހީވުމަށް އެމެރިކާ ސިފައިން އިރާގުގައި ހަރަކާތްތެރިވާން ފަށައިފަ އެވެ. އިރާގުގައި މިހާރު ވެސް އެމެރިކާގެ 5،000 ސިފައިން ހަރަކާތްތެރިވެ އެވެ.