13 އޮކްޓޯބަރ 2021
ރާއްޖެ ވަޑައިގަތީ ތިން ދުވަހަށް ކަމަށް މީޑިއާ އިން ރިޕޯޓް ކުރިއަސް އެ މަނިކުފާނު ވަޑައިގަތީ ފުރާވަޑައިގަންނަވާ ގޮތަކަށް ނޫން ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ވަޑައިގަތީ ތިން ދުވަހަށް ކަމަށް މީޑިއާ އިން ރިޕޯޓް ކުރިއަސް އެ މަނިކުފާނު ވަޑައިގަތީ ފުރާވަޑައިގަންނަވާ ގޮތަކަށް ނޫން ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ބޮމެއް ގޮއްވާލައިގެން އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ފަރުވާއަށް ބޭރުގައި ފަސް މަސް ހޭދަކުރެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ފުރަތަމަ ފަހަރަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އެ މަނިކުފާނު ތިން ދުވަހުން ފުރާވަޑައިނުގަންނަވާނެ ކަަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ޖެން ހޮޓަލުގައި މި ވަގުތު ހުންނަވަނީ އެ މަނިކުފާނު ދިރިއުޅުއްވަން ސަރުކާރުން ހާއްސަކުރި ގެކޮޅު ނުނިމޭތީ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހާއްސަކުރި ވަގުތީ ގެކޮޅުގެ ގޮތުގައި މުރައިދޫ ގެ އަންނަނީ މަރާމާތު ކުރަމުންނެވެ. އެ މަސައްކަތް ނިމޭނީ މި މަހުގެ ނިޔަލަށް ކަމަށް ޕްލޭނިން މިނިސްޓްރީން އިއްޔެ ވަނީ ބުނެފަ އެވެ.
ނަޝީދު އެދިވަޑައިގަންނަވަނީ އާއިލީ ގެކޮޅު، ގ. ކެނެރީގައި ދިރިއުޅުއްވަން ކަަމަށާއި އެކަމަކު އެމްއެންޑީއެފުން އެ ޖާގަ ނުދޭ ކަމަށް ވިދާޅުވި އެވެ.
"މި ގޮތަށް އަޅުގަނޑު ވަކިން ތަނެއްގައި ބެހެއްޓުން އެއީ ސަލާމަތްތެރިކަން ބޮޑު ގޮތެއް ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަނީ،" ނަޝީދު ވިދާޅުވި އެވެ.
އަވަހާރަކޮށްލަން ބޮމެއް ގޮއްވާލި އިރު ނަޝީދު ދިރިއުޅުއްވީ އަމިއްލަ ގެކޮޅު، ކެނެރީގޭގަ އެވެ. އެކަމަކު އެތަނުގައި އެމަނިކުފާނަށް ސެކިއުރިޓީ ފޯރުކޮށްދޭން އުނދަގޫ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މާލެ ވަޑައިނުގެން އިނގިރޭސިވިލާތުގައި މަޑުކުރެއްވީ ފަރުވާ ނުނިމޭތީ އާއި އެކަށީގެންވާ ސެކިއުރިޓީއެއްގެ ޔަގީންކަން ނެތުމުން ކަަމަށް ވަނީ ވިދާޅުވެފަ އެވެ.
ސެކިއުރިޓީއާ ދޭތެރޭގައި ހިތްހަމަޖެހޭތޯ ނޫސްވެރިއަކު އެހުމުން ވިދާޅުވީ އެކަމުގެ ކަންބޮޑުވުން އޮތީ އެ މަނިކުފާނުގެ ދެ ދަރިކަނބަލުންގެ ކަމަށެވެ. ރާއްޖެ ވަޑައިގަތުމުން ނޯތު ކޮރެއާގެ ރައީސަށް އަރުވާ ގޮތަށް ސެކިއުރިޓީ ފޯރުކޮށްދޭ މަންޒަރު ފެނުމުން އެ ވާހަކަ ދެއްކެވި ކަަމށާއި އެދިވަޑައިގަންނަވަނީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނު ބޭނުންވަނީ މަސައްކަތުގައި ދެމިހުންނެވުމަށެވެ. އެމަނިކުފާނު ދާއިރާ ރައްޔިތުން ވެސް އެދިވަޑައިގަންނަވާ ގޮތަށް އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަަމަށް ވިދާޅުވި އެވެ.
މިދިޔަ މެއި މަހުގެ ތެރޭގައި ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ދިން ހަމަލާގައި ނަޝީދަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގަތެވެ. މި ހަމަލާއަށް ތުހުމަތުކުރެވޭ މީހުން ހައްޔަރުކޮށް، ދައުވާ އުފުލައި ޝަރީއަތް ވެސް ވަނީ ފަށައިފަ އެވެ. މި ހަމަލާގެ ފަހަތުގައި ވަނީ ހައްދުފަހަނާއެޅި ފިކުރުގެ ބައެއް ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ނަޝީދުގެ "އެނބުރި އައުން" ފެންނަ ވީޑިއޯއެއް
ނަޝީދު ވަޑައިނުގަންނަވަންވީ ސަބަބެއް ނެތް: އިކްރާމް
އަވަސް ފިޔަވަޅު ނާޅައިފި ނަމަ ލިބޭނެ ގެއްލުން ބޮޑު
އެމްޑީޕީން ފިލާތިބެން ލަދުގަންނަން ޖެހޭނެ: އާދަމް
ނަޝީދު ފޮނުއްވި އިމްތިޔާޒާ ގުޅޭ މައްސަލަ ބޭރުކޮށްލައިފި
ނަޝީދުގެ އާ ސްޓައިލް މާ ރީތިވެއްޖެ!
ނަޝީދުގެ މައްސަލަ ނުފެށި ކޮމިޓީގައި 2 އަހަރު!
2މެމްބަރަކާ ހެދި ނަޝީދަށް ނުރައްކާ އޮތްކަމުގެ ތުހުމަތު
ނަޝީދުގެ މައްސަލަ ކޮމިޓީ އަށް ބަލައިގެންފި
ނަޝީދު "މިވަރުގެ" ސެކިއުރިޓީއެއް ބޭނުންފުޅެއް ނުވޭ