ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ އޭރުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާގެ ހަގީގަތް ފޮރުވުމަށް ސަރުކާރަށް ވާގިވެރިވާ ކަމަށް ބުނެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) އަށް ނަޝީދު ކުރެއްވި ތުހުމަތާ ގުޅިގެން އެ މަނިކުފާނަށް ފިޔަވަޅު އަޅައިދޭން އެދި ހުށަހެޅުއްވި މައްސަލައިގައި މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައި ނެތް ކަމަށް ކޮމިޓީން ބުނެފި އެވެ.
19 ފެބުރުއަރީ 2024
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ އޭރުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާގެ ހަގީގަތް ފޮރުވުމަށް ސަރުކާރަށް ވާގިވެރިވާ ކަމަށް ބުނެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) އަށް ނަޝީދު ކުރެއްވި ތުހުމަތާ ގުޅިގެން އެ މަނިކުފާނަށް ފިޔަވަޅު އަޅައިދޭން އެދި ހުށަހެޅުއްވި މައްސަލައިގައި މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައި ނެތް ކަމަށް ކޮމިޓީން ބުނެފި އެވެ.
މި މައްސަލަ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީ އަށް ހުށަހަޅާފައިވަނީ މޭ 15، 2022 ގަ އެވެ.
ސުލޫކު ކޮމިޓީގައި ނުނިމި ހުރި މައްސަލަތަކާ މެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރާއީ ވަނީ މިހާތަނަށް އައިރު އެ މައްސަލައިގައި އެއްވެސް މަސައްކަތެއް ނުފެށި އޮތް ކަން ފާހަގަކުރައްވައި މައްސަލައިގައި ދެން އަމަލުކުރާނެ ގޮތެއް މެންބަރުން ނިންމައިދިނުމަށް އެދިވަޑައިގެންފަ އެވެ.
އެކަމަކު، އެ ކޮމިޓީގެ އަޣުލަބިއްޔަތު ވެސް އޮންނަނީ އަނދުން ހުސައިނާއި ރާއިގެ އެމްޑީޕީއަށެވެ.
އެކަމާ ގުޅިގެން ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ވިދާޅުވީ، މައްސަލަ ހުށަހެޅި ފަހުން ވަރަށް ގިނަ ދުވަސްވެފައި ވާތީ މިހާރު އެ "ހާލަތު ބަދަލުވެފައި" ވާ ކަމަށެވެ. އޭނާ ހުށަހެޅުއްވީ މައްސަލަ ކޮމިޓީ އަށް ހުށަހެޅުއްވި މެންބަރު އަނދުން ހުސައިންގެ ފަރާތުން މައްސަލަ ކުރިއަށް ގެންދަން ބޭނުންވޭތޯ ސާފުކުރުމަށް އެދުމަށެވެ.
ކޮމިޓީން އެ ހުށަހެޅުން ފާސްކޮށް، ނިންމީ މި މައްސަލައާ ކުރިއަށް ގެންދަން ފެންނަ ނަމަ އެހެން ދުވަހަކަށް އެޖެންޑާ ކުރުމަށެވެ.
މޭ 6 ގެ ހަމަލައާ ގުޅުވައިގެން، ހުސައިންގެ ލޭ ހޭކިފައިވާ ކަމަށް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިދާރީ ބައެއް މުއައްޒަފުންނާއި މަޖިލިސް މެމްބަރުން ގުޅިގެން ހަދާފައިވާ ވަޓްސެޕް ގްރޫޕެއްގަ އެވެ. ހުސައިން ވަނީ އެ ވަޓްސެޕް ގްރޫޕަށް އެ ދުވަހު ނަޝީދު ފޮނުއްވި މެސެޖުތަކުގެ ކޮޕީ ދިނުމަށް އެދިވަޑައިގެންފަ އެވެ.
މިއަދުގެ ބައްދަލުވުމުގައި ވަނީ ކޮމިޓީއަށް ހުށަހަޅާފައިވާ ބައެއް މައްސަލަތައް ފައިލްކުރަން ނިންމައިފަ އެވެ. އެއް މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ޖުމްހޫރީ ޕާޓީ އަށް ހާއްސަ ކޮށްފައި ހުންނަ އޮފީހުގެ ބޭރުގައި "ސާލިހު ޕާޓީ" އާއި "އެމްއެމްޕީ" ނުވަތަ މޯލްޑިވްސް މިލިޓަރީ ޕާޓީ ޖެހި މައްސަލަ އެވެ.
މީގެ ދެ އަހަރު ކުރިން ޖުލައި 7، 2021 ގައި ފެންމަތިވި އެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ނިންމީ އެ ދުވަހުގެ ސީސީޓީވީ ފުޓޭޖު ނެތް ކަމަށް ޑިފެންސް މިނިސްޓްރީން އެންގުމުންނެވެ.
ނަޝީދުގެ މައްސަލަ ކޮމިޓީ އަށް ބަލައިގެންފި
ނަޝީދު ކުރެއްވި ތުހުމަތުތަކުގެ ޗެޓްލޮގް ދޭން ފާސްކޮށްފި
ނަޝީދު ކުރެއްވި ތުހުމަތުތައް ތަހުގީގުކުރަން ހުށަހަޅަނީ
"ތިޔަ ބޭފުޅުންގެ އަތުގައި ތިވަނީ އަޅުގަނޑުގެ ލޭ"
ރާއްޖެ މިއައީ ތިން ދުވަހުން ފުރާކަށް ނޫން: ނަޝީދު
ނަޝީދުގެ "އެނބުރި އައުން" ފެންނަ ވީޑިއޯއެއް
މަޖިލިސް ހަރާބުކުރެއްވި ކަމުގެ ތުހުމަތު އަފީފަށް
ނަޝީދު ވަޑައިނުގަންނަވަންވީ ސަބަބެއް ނެތް: އިކްރާމް
ނަފުރަތުގެ ބިލް: ހުޅުފަޅައިގެން ދިޔަ އެއް ސަބަބު!
އެމްޑީޕީން ފިލާތިބެން ލަދުގަންނަން ޖެހޭނެ: އާދަމް