Roadha Mihaaru
ހުޅުމާލޭގައި އިމާރާތްކުރި މިސްކިތް ރައީސް ހުޅުވައިފި

ހުޅުމާލޭގައި އަލަށް އިމާރާތް ކުރި މިސްކިތް ރައީސް ހުޅުވާދެއްވައިފި

14 އޮކްޓޯބަރ 2021

މަސްޖިދު މުހައްމަދުގެ ނަމުގައި ހުޅުމާލޭގައި އިމާރާތްކުރި މިސްކިތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުވައިދެއްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މަސްޖިދު މުހައްމަދުގެ ނަމުގައި ހުޅުމާލޭގައި އިމާރާތްކުރި މިސްކިތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުވައިދެއްވައިފި އެވެ.

ހުޅުމާލޭގެ މޫމިނާ މަގުގައި ހުންނަ މި މިސްކިތަކީ ދެ ފްލޯއަށް ހަދާފައިވާ 760 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި މިސްކިތުގެ މަތީ ފްލޯގައި އަންހެނުނަށް ނަމާދު ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.

މިސްކިތް އަޅާފައި ވަނީ ހެޔޮ އެދޭ ފަރާތެއްގެ ހިލޭ އެހީގެ ދަށުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިސްކިތް އިމާރާތް ކުރަން ފަށާފައި ވަނީ ޖުލައި 18، 2019 ގައި އެވެ. އަދި މިދިޔަ އާދީއްތަ ދުވަހު އެ މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް ފަހު މިހާރު ވަނީ ނަމާދު ކުރެވޭ ގޮތަށް ހުޅުވާލައިފަ އެވެ.

މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ސަރުކާރުގެ އިސް ވެރިންނާއި މިސްކިތް އިމާރާތް ކުރި ކުންފުނީގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.