Roadha Mihaaru
ކޮވިޑްގައި އައްޑޫން އަނެއްކާ ވެސް މަރެއް

ކޮވިޑްގައި އައްޑޫން އަނެއްކާ ވެސް މަރެއް

18 އޮކްޓޯބަރ 2021

ކޮވިޑް-19 އަށް އައްޑޫގައި ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މިއަދު މަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 އަށް އައްޑޫގައި ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މިއަދު މަރުވެއްޖެ އެވެ.

އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނީ މިއަދު އިރާކޮޅުގެ ވަގުތެއްގައި މަރުވީ އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ 87 އަހަރުގެ ހިތަދޫ ފިރިހެނެއް ކަމަށެވެ.

މިއީ އައްޑޫގައި ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވި ހަ ވަނަ މީހާ އެވެ. އެންމެ ފަހުން އައްޑޫން ކޮވިޑްގައި މީހަކު މަރުވީ މި މަހުގެ 13 ވަނަ ދުވަހު އެވެ. އެ ދުވަހު ވެސް މަރުވީ 87 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އައްޑޫން މިއަދު ބަލީގައި އިތުރު މީހަކު މަރުވި އިރު، އެކްޓިވް ކޭސްތަކުގެ އަދަދު 264 އަށް އަރަ އެވެ. އަދި ބަލީގެ މީހުން އެންމެ ގިނައީ ހިތަދޫގަ އެވެ.