19 އޮކްޓޯބަރ 2021
ޒަމާނުންސުރެ ރާއްޖޭގެ ދާޚިލީ ކަންކަން ބެލެހެއްޓުމުގެ އެންމެ އިސް ޒިންމާ އޮތީ ދާޚިލީ ވުޒާރާއަށެވެ. ހޯމް މިނިސްޓްރީއަށެވެ. އެކަމަކު ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގައި އެ މުއައްސަސާ އަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގަންޖެހޭ ތަނެއް ކަމަށް ނެތުމުން ރައީސުލް ޖުމްހޫރިއްޔާ މިހާރު ވަނީ ހޯމް މިނިސްޓްރީން ބަލަހައްޓަންޖެހޭ ތަންތަނުގެ ދަށުން ފުލުހުންގެ ހިދުމަތް ވަކިކުރައްވައި އެކަން އަންގަވައިފަ އެވެ. އެހެންވެ މިހާރު ހޯމް މިނިސްޓްރީ އަކީ ދާޚިލީ ކަންކަން ބެލެހެއްޓުމުގެ އެންމެ މުހިންމު އިދާރާ ކަމަށްވާ ފުލުހުންނާ ގުޅުމެއް އޮތް ތަނެއް ނޫނެވެ.
ޒަމާނުންސުރެ ރާއްޖޭގެ ދާޚިލީ ކަންކަން ބެލެހެއްޓުމުގެ އެންމެ އިސް ޒިންމާ އޮތީ ދާޚިލީ ވުޒާރާއަށެވެ. ހޯމް މިނިސްޓްރީއަށެވެ. އެކަމަކު ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގައި އެ މުއައްސަސާ އަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގަންޖެހޭ ތަނެއް ކަމަށް ނެތުމުން ރައީސުލް ޖުމްހޫރިއްޔާ މިހާރު ވަނީ ހޯމް މިނިސްޓްރީން ބަލަހައްޓަންޖެހޭ ތަންތަނުގެ ދަށުން ފުލުހުންގެ ހިދުމަތް ވަކިކުރައްވައި އެކަން އަންގަވައިފަ އެވެ. އެހެންވެ މިހާރު ހޯމް މިނިސްޓްރީ އަކީ ދާޚިލީ ކަންކަން ބެލެހެއްޓުމުގެ އެންމެ މުހިންމު އިދާރާ ކަމަށްވާ ފުލުހުންނާ ގުޅުމެއް އޮތް ތަނެއް ނޫނެވެ.
ހޯމް މިނިސްޓަރަކީ ފުލުހުންނާ ގުޅުމެއް އޮތް ވަޒީރެއް ނޫނެވެ. ފުލުހުންގެ ވަޒީރަކީ ޑިފެންސް މިނިސްޓަރު ނުވަތަ ސްޕޯޓްސް މިނިސްޓަރަށް ވެސް ވެދާނެ އެވެ. ހާލަތަށް ބަލާފައި ހަމަ ކޮންމެ ވަޒީރަކަށް ވެސް ހަވާލުކުރެވޭނެ އެވެ.
މިއީ ބޮޑު ބަދަލެކެވެ. އަދި މި ބަދަލާ އެކު އުފެދުނު ބޮޑު ސުވާލެއް ވެސް އެބަ އޮތެވެ. ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ފުލުހުން ޖަވާބުދާރީވާން ޖެހޭނެ ކަމަށް ބުނާ ވަޒީރަކީ މިހާރު ކާކުހެއްޔެވެ؟
މިހާރު އެއީ ކޮންމެ ވަޒީރެއް ކަމަށް ވެސް ވެދާނެ އެވެ. ކޮންމެހެން ހޯމް މިނިސްޓަރަކީ ފުލުހުންގެ ކަންކަމަށް ޒިންމާވާ ވަޒީރަށް ވާކަށް ނުޖެހެ އެވެ. މި ސުވާލަށް އަދި ރަސްމީ އެއްވެސް ފަރާތަކުން ޖަވާބެއް ނުލިބެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި އެއީ އަދިވެސް ހޯމް މިނިސްޓަރެވެ. އެކަމަކު އެއީ ކޮންމެހެން ހޯމް މިނިސްޓަރު ކަމަށް ވާތީ އެ ޒިންމާ އޮތީއެއް ނޫނެވެ.
ގާނޫނުއަސާސީގެ 242 ވަނަ މާއްދާގައި އޮންނަނީ ސަލާމަތީ ކޮންމެ ހިދުމަތެއް ހިންގަންވާނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި އެ ވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ސަލާމަތީ ހިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީވާން ޖެހޭނެ ކަމަށް ވެސް ގާނޫނުއަސާސީގެ މި މާއްދާގައި އޮވެ އެވެ. އެހެންވެ ޖަވާބުދާރީ ވާނެ ވަޒީރަކު ނެތި ސަލާމަތީ އެއްވެސް ހިދުމަތެއް ހިންގުން ޣައިރުގާނޫނީ ވާނެ އެވެ. އެކަމަކު ކަންކަން ސާފު ނުވާތީ، އަދި މި ވަގުތަށް ބަލާއިރު، ޣައިރު ގާނޫނީ ހާލަތެއް އައި ކަމަކަށް ބުނާކަށް ނޭނގެ އެވެ.
މިނިސްޓްރީއެއްގެ މެންޑޭޓް ބަދަލު ވެއްޖާ މަޖިލީހަށް އަންގަން ޖެހޭނެ. އެކަން އަންގާފައި އޮތް ކަމެއް ނޭނގެ. އަނެއްކާ މިހާ ބޮޑު ބަދަލެއް ގެނައި އިރު ސަލާމަތީ ހިދުމަތެއްގެ ޒިންމާވާ ވަޒީރަކީ ކާކުކަން ހަމަ ގައިމު ވެސް ރައްޔިތުންގެ މަޖިލީހަށް އޮންނަން ވާނީ އެނގިފައި: މެންބަރެއް
އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވި ގޮތުގައި ހޯމް މިނިސްޓްރީގެ މެންޑޭޓަށް މި މަހުގެ 14 ވަނަ ދުވަހު ބަދަލު ގެނެސް އެކަން މިނިސްޓްރީ އަށް އަންގާފައި ވިޔަސް އެ ބަދަލު އައިކަން މަޖިލީހަށް އަންގައިފައެއް ނެތެވެ.
"މިނިސްޓްރީއެއްގެ މެންޑޭޓް ބަދަލު ވެއްޖާ މަޖިލީހަށް އަންގަން ޖެހޭނެ. އެކަން އަންގާފައި އޮތް ކަމެއް ނޭނގެ. އަނެއްކާ މިހާ ބޮޑު ބަދަލެއް ގެނައި އިރު ސަލާމަތީ ހިދުމަތެއްގެ ޒިންމާވާ ވަޒީރަކީ ކާކުކަން ހަމަ ގައިމު ވެސް ރައްޔިތުންގެ މަޖިލީހަށް އޮންނަން ވާނީ އެނގިފައި،" މެންބަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަދިވެސް ފުލުހުން ޖަވާބުދާރީވާން ޖެހޭ ވަޒީރަކީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަމަށްވާ ނަމަ އެކަން ވެސް ކަނޑައެޅި ސާފުކޮށް އަންގާފައި އޮންނަން ޖެހޭނެ ކަމަށެވެ.
ފުލުހުންގެ 86 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މާޗް 29، 2019 ގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހޯމް މިނިސްޓަރު އިމްރާނާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު އަދި ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ވަޒީރަކަށް ރުހުން ދޭއިރު އެ ވަޒީރަކު ހަވާލުވާ ވުޒާރާއެއްގެ މެންޑޭޓް ނޭނގި ރުހުން ދޭނީ ކިހިނެއް ކަމެއް ވެސް ނޭނގެ އެވެ. ވަޒީރަކަށް އައްޔަންކުރާ މީހަކަށް ރުހުން ދިނުމުގެ ކުރިން އެ މީހަކީ ޒިންމާ އަދާކުރެވޭ ނުވަތަ އެކަމެއް ހަވާލުކުރަންވާ ވަރުގެ މީހެއްކަން މިނިސްޓްރީގެ މެންޑޭޓް ނޭނގި ދެނެގަންނާނެ ގޮތެއް ވެސް ނެތެވެ. މިހާރު މި ވާ ގޮތުން ކެބިނެޓަށް އައްޔަންވާ ކޮންމެ ވަޒީރަކީ ވެސް ފުލުހުންގެ ޒިންމާ އޮތް ވަޒީރަށް ވެދާނެ އެވެ. އެކަމާ މަޖިލީހަށް އިންކާރެއް ނުކުރެވޭނެ އެވެ.
މަހިބަދޫ ދާއިރާގެ ޕީޕީއެމް މެންބަރު އަހްމަދު ތޯރިގް ކުރެއްވި ޓްވީޓެއްގައި ސުވާލު އުފައްދަވާފައި ވަނީ ފުލުހުންގެ ހިދުމަތުގެ ގާނޫނަށް މާޗް 27 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި ފަހުން ފުލުހުންނަކީ އެއްވެސް ވަޒީރެއްގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ތަނެއް ނޫންތޯ އެވެ.
ގާނޫނުއަސާސީގެ 242 އަދި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 68 ވަނަ މާއްދާގައި ބަޔާންކުރާ ވަޒީރަކީކާކުތޯ އޭނާ ސުވާލުކުރައްވާފައިވެ އެވެ.
"މިނިސްޓްރީގެ މެންޑޭޓް ބަދަލުވެގެން މަޖިލީހަށް ނުފޮނުވީ ކީއްވެ؟،" ތޯރިގްގެ ޓްވީޓްގައި އިތުރަށް ސުވާލު އުފައްދަވައި ލިޔުއްވާފައިވެ އެވެ. "މާޗް 27 އިން އޮކްޓޫބަރު 14 އާ ހަމައަށް ހޯމް މިިނިސްޓްރީއަށް ފުލުހުންގެ ކަންކަމާ [ބެހޭ ގޮތުން] ހޯމް މިނިސްޓަރު ފޮނުވި ސިޓީތަކަށް ގާނޫނީ ބާރު ލިބެނީ ކިހިނެއް؟"
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މި މަހުގެ ހަތަރު ވަނަ ދުވަހު، ފުލުހުންގެ އެކި ކަންކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. -- ފޮޓޯ: މަޖިލިސް
ތޯރިގްގެ މި ސުވާލުތައް މުހިންމެވެ. އޭނާ އެ އިޝާރާތްކުރައްވަނީ ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު ފުލުހުންނަށް ވަކި މިނިސްޓްރީއެއް ގާނޫނުން ދީފައި ނެތީސް، އަދި އެކަމާ ބެހޭ ގޮތުން މި މަހުގެ 14 ވަނަ ދުވަހާ ހިސާބަށް ވެސް ރައީސް އޮފީހުން ވަކި ގޮތަކަށް އަންގާފައި ނެތީސް ފުލުހުންގެ ކަންކަމާ ބެހޭ ގޮތުން ވަޒީރު ޖަވާބުދާރީވެވަޑައިގަތުން ފަދަ ކަންކަން ކުރައްވާފައި ވުމުން އެކަމުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދޭނެތީ އެވެ. އާ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ރައްޔިތުންގެ މަޖިލީހަށް ވެސް އެތައް ކަމެއްގައި ހޯމް މިނިސްޓަރު އިމްރާން ޖަވާބުދާރީވެވަޑައިގެންފައި ވާތީ އެއީ އަދިވެސް "ފުލުހުންގެ ވަޒީރު" ކަމަށް ފެނެ އެވެ. އެކަމަކު އެއީ ކޮން އިރަކު ހަވާލުކުރެއްވި ޒިންމާއެއް ހެއްޔެވެ؟
މިިކަން މިހެން ކޮށްފައި އޮތް ނަމަ، އެކަން ހާމަކޮށް އިއުލާނުކޮށްފައި ނެތުމަކީ ބޮޑު މައްސަލައެކެވެ. އެއީ އެތެރޭގެ ކަމެއް ނޫނެވެ.
ހޯމް މިނިސްޓްރީގެ ދަށުން ފުލުހުން ވަކިވެއްޖެ ކަމަށާއި އެހެންވެ ދެން ހުރި ކަންކަން ހޯމް މިނިސްޓްރީން ކުރިއަށް ގެންދަން އެންގިކަން ވެސް އާންމުވީ ލީކުވި ސިޓީއަކުންނެވެ.
ހާމަވި ކަންކަމުން ފެންނަނީ ފުލުހުންގެ އިދާރާ ހޯމް މިނިސްޓްރީގެ ދަށުން ވަކިކޮށް ހޯމް މިނިސްޓަރަށް ހަވާލުކުރުމެވެ.
ދެން އޮތް ސުވާލަކީ މީގެ ފަހުން ފުލުހުން ޖަވާބުދާރީވާން ޖެހޭ ވަޒީރެއްގެ ގޮތުގައި އެކި ފަހަރު އެކި ބޭފުޅުން ތިއްބަވާނެތޯ އެވެ. ސަލާމަތީ ހިދުމަތެއްގެ ކަންކަމަށް ޒިންމާވާ ވަޒީރަކީ ވަކި މިނިސްޓްރީއެއްގެ ދަށުން އަންނަ ކަމަކަށް ނުވާ ނަމަ ސަލާމަތީ ހިދުމަތްތައް ސިޔާސީ ނުފޫޒުން ދުރުކުރުމަށޭ ބުނެ ކުރާ އެއްވެސް ކަމެއްގެ ހެޔޮ ނިޔަތެއް ނުފެނެ އެވެ. އެއީ އެކި ވަޒީރުންގެ މެދުގައި އެނބުރޭ މުއައްސަސާއަކަށް ފުލުހުން ވެދާނެތީ އެވެ.
ޕޮލިސް ސްޓޭޝަން މަޝްރޫއުގެ ފައިސާ އަދިވެސް ހަމަނުޖެހޭ
ބޯޑުގެ ނިންމުން: އޮފިސަރުން ދެކެނީ ޓާގެޓެއް ކަމަށް
އިންކުއަރީ އަށް އިމްރާން މަޖިލީހަށް ހާޒިރުކޮށްފި
މޭޑޭގެ މުޒާހަރާ:ދެ ފުލުހަކު ޓްރެއިނިން ފުރިހަމަނުކުރޭ
އެއްވުން ރޫޅާލި ގޮތާ މެދު ހޯމް މިނިސްޓަރާ ސުވާލުކުރަނީ
ފައިރޫޝްގެ މައްސަލައެއް ހުށަހަޅާފައެއް ނެތް: އިމްރާން
އެއްވެ އުޅުމުގެ ގާނޫނަށް ގެނައި ބަދަލު އިސްލާހުކުރަނީ
ހަސަންގެ ވިސްނުމަށް ނަޝީދު ވެސް ތާއީދު!
ހަމަނުޖެހުންތައް ބަލަން ނިންމުމުން މިނިސްޓަރު ގޯސްވެއްޖެ
ޓޫރިސްޓް ހައްޔަރުކުރީ ވަަރަށް ގޯސްކޮށެއް ނޫން: އިމްރާން