Roadha Mihaaru
ސަންޗޭޒާއި އޮޒިލްގެ ޝަރުތަކީ މުސާރަ ބޮޑުކުރުން

ސަންޗޭޒާއި އޮޒިލްގެ ޝަރުތަކީ މުސާރަ ބޮޑުކުރުން

06 ޑިސެމްބަރ 2016

ލަންޑަން (ޑިސެމްބަރު 6) - އާސެނަލްގެ ދެ ތަރިން ކަމަށްވާ އަލެކްސިސް ސަންޗޭޒާއި މެސުޓް އޮޒިލް މުސާރަ ބޮޑުކޮށްދޭން އެދިއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޑިސެމްބަރު 6) - އާސެނަލްގެ ދެ ތަރިން ކަމަށްވާ އަލެކްސިސް ސަންޗޭޒާއި މެސުޓް އޮޒިލް މުސާރަ ބޮޑުކޮށްދޭން އެދިއްޖެ އެވެ.

މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސަންޗޭޒާއި އޮޒިލް އާސެނަލާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އޮތީ 18 މަހެވެ. އާސެނަލުން އަންނަނީ މި ދެ ކުޅުންތެރިންގެ އެއްބަސްވުން އާ ކުރަން މަޝްވަރާކުރަމުންނެވެ. އެހެން ނަމަވެސް އަދި އެއްބަސްވުމަކަަށް އާދެވިފައިނުވެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ސަންޗޭޒާއި އޮޒިލް ޑިމާންޑްކުރަމުން އަންނަނީ މެންޗެސްޓާ ޔުނައިޓެޑުން ޕައުލް ޕޮގްބާ އަށް ދޭ ވަރުގެ މުސާރައެއް އާސެނަލުން ހޯދުމަށެވެ. ޔުނައިޓެޑުން ހަފްތާ އަކު ޕޮގްބާ އަށް 290،000 ޕައުންޑްދެ އެވެ. މިއީ އިންގްލެންޑުގެ އެންމެ އަގުބޮޑު މުސާރަ އެވެ.

އޮޒިލަށް މިހާރުގެ ކޮންޓްރެކްޓުގައިވާ ގޮތުން ހަފްތާ އެކު 140،000 ޕައުންޑް ލިބެ އެވެ. އަދި ސަންޗޭޒަށް ހަފްތާ އެކު 130،000 ޕައުންޑް ލިބެ އެވެ. އާސެނަލުން މަޝްވަރާކުރަމުން އަންނަނީ ދެ ކުޅުންތެރިންނަށް ވެސް ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން ހަފްތާ އަކު 200،000 ޕައުންޑް ލިބޭގޮތަށް އެއްބަސްވުމަށެވެ. އެހެން ނަމަވެސް އަދި އަލިމަގެއް ފެންނަ ގޮތެއް ނުވެ އެވެ.

އޮޒިލް އާސެނަލަށް ބަދަލުވީ 2013 ވަނަ އަހަރު ރެއާލް މެޑްރިޑުން 42.3 މިިލިއަން ޕައުންޑަށެވެ. އޭގެ އެއް އަހަރު ފަހުން ބާސެލޯނާ ދޫކޮށް ސަންޗޭޒް އާސެނަލަށް ސޮއިކުރީ 31.4 މިލިއަން ޕައުންޑަށެވެ. ފާއިތުވި ތިން ސީޒަނުގައި އާސެނަލުން އެފްއޭ ކަޕް ދެ ފަހަރު ކާމިޔާބު ކުރިއިރު މި ދެ ކުޅުންތެރިންގެ ދައުރު ބޮޑެވެ.

ސަންޗޭޒާއި އޮޒިލް ހޯދަން ޔޫރަޕްގެ ގިނަ ކްލަބްތަކުން ޝައުގުވެރިވެ އެވެ. އޭގެ ތެރޭގައި ޕީއެސްޖީ އާއި ރެއާލް މެޑްރިޑް ހިމެނެ އެވެ.