ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި ހދަން ނިންމި އެޕާޓްމަންޓްތައް ގަތުމަށް ފައިސާ ދައްކާފައިވާ މީހުންނަށް، "ވިނަރެސް" މަޝްރޫއުގެ ދަށުން އެޕާޓްމަންޓް ގަތުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
19 އޮކްޓޯބަރ 2021
ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި ހދަން ނިންމި އެޕާޓްމަންޓްތައް ގަތުމަށް ފައިސާ ދައްކާފައިވާ މީހުންނަށް، "ވިނަރެސް" މަޝްރޫއުގެ ދަށުން އެޕާޓްމަންޓް ގަތުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ކުރި އިއުލާނުގައި ބުނީ ސީލައިފްގެ އެޕާޓްމަންޓް ގަންނަން ފައިސާ ދެއްކި މީހުންގެ ތެރެއިން އެޗްޑީސީއާ އެކު "ސެޓްލްމަންޓް އެގްރިމެންޓް" ހަދައި އެ ކޯޕަރޭޝަނުން ރިފަންޑް ދީފައިވާ މީހުންނަށް އެޕާޓްމަންޓް ގަތުމަށް ރަޖިސްޓްރީވެވޭނެ ކަމަށެވެ.
އޭގެ އިތުރުން ސީލައިފްގެ އެޕާޓްމަންޓް ގަންނަން ފައިސާ ދެއްކިކަން ސާބިތުކޮށްދޭ ލިޔުން [email protected] އަށް މެއިލްކުރުމަށްފަހު ރަޖިސްޓްރީކުރަން އެދެ އެވެ.
ވިނަރެސް އެޕާޓްމަންޓް ގަންނަން ޝައުގުވެރިވާ މީހުން މި މަހުގެ 28 ވަނަ ދުވަހުގެ 3:30 ގެ ކުރިން އޮންލައިންކޮށް ރަޖިސްޓްރީވާން އެދިފައިވެ އެވެ.
ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން މާޗު 13، 2014 ގައި ސީލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ސަތޭކަ ބައެއްގެ އަތުން ބުކިން ފީ ނެގި މައްސަލަ ފެންމަތިވުމުން އެކަން ތަހުގީގުކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅި އެވެ. އަދި ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ވެސް ހުށަހެޅި އެވެ.
ސެޓްލްމަންޓް އެގްރީމެންޓް ހެދީ ސީލައިފްގެ ސަބަބުން ގެއްލުންވި މީހުންގެ ތެރެއިން 203 މީހަކު ދައުލަތާ ދެކޮޅަށް ދައުވާކުރުމުންނެވެ. އެގޮތުން، ދައުވާކުރި މީހުންނަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި އަދި ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެ މީހުންނަށް ފުރުސަތު ދޭ ގޮތަށް އެގްރިމެންޓް ހަދައި އެޗްޑީސީން ވަނީ ކޯޓުން ބޭރުގައި ވަނީ މައްސަލަ ނިންމައިފަ އެވެ.
އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި ނިންމަން އަމާޒު ހިފާފައިވާ "ވިނަރެސް" ފްލެޓުތަކުގެ 50 ޕަސެންޓު މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.
ވިނަރެސް މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރުގައި ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނެ އެވެ. އެ ތަންތަނުގައި މެރީނާ ވިއު އާއި އިނާ ވިއު އަދި އައުޓާ ވިއުގެ އިތުރުން ސްޓޭންޑާޑް ވިއު އެޕާޓްމަންޓް ހުރެ އެވެ.
ސީލައިފާއި ގުޅިފަޅު ފްލެޓް ލިބުނު މީހުން ލިސްޓަކު ނެތް
ވިނަރެސްގެ ބާކީ ފްލެޓްތައް ދިނީ ފޭކް ލިޔުން ހަދައިގެން
ދެވަނަ ފިޔަވަހިން 8 ވަނަ ފަހަރަށް ބިން ވިއްކަނީ
2،100 ފްލެޓާ އެކު އެޗްޑީސީގެ ބިޔަ 15 ޕްރޮޖެކްޓެއް
600ގޯތި ހަވާލުކޮށް، 400 ގޯތީގައި ކަންމުޑިޖަހައިފި
ހުޅުމާލޭގައި ހަދާ ލަގްޒަރީ ވިލާތަކުގެ ބިންގާ އަޅައިފި
ހުޅުމާލޭގެ ތިން ވަނަ ފިޔަވަހި ހިއްކުން އަލުން ފަށައިފި
ހުޅުމާލެ ބީޗްސައިޑުން ބިން ވިއްކަން ހުޅުވާލައިފި
ޕޯޓަލް މެދުވެރިކޮށް ހުށަހެޅި ވިނަރެސް ފޯމުތައް ބާތިލް
ހުޅުމާލެ 2 ގެ ގޯތިތަކުގެ އިންފާރު ވަކިކުރަން ފަށައިފި