އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ލޮސްއެންޖަލިސްގައި މިދިޔަ ޖެނުއަރީ މަހު ރޯވި ބޮޑު އަލިފާންގަނޑު ގަސްދުގައި ރޯކުރި ކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.
09 އޮކްޓޯބަރ 2025
އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ލޮސްއެންޖަލިސްގައި މިދިޔަ ޖެނުއަރީ މަހު ރޯވި ބޮޑު އަލިފާންގަނޑު ގަސްދުގައި ރޯކުރި ކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.
ލޮސްއެންޖަލިސްގައި ފިލްމީތަރިންނާއި މުއްސަނދި އަދި މަޝްހޫރު އެހެން އެތައް ބަޔަކު ދިރިއުޅޭ ސަރަހައްދެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި އެތައް ދުވަހެއް ވަންދެން އެނދި އެވެ. އެ ހާދިސާ ހިނގި ގޮތް ތަހުގީގުކުރާ އިދާރާތަކުން ބުނީ އެ އަލިފާން ގަނޑު ގަސްދުގައި ރޯކުރި ކަމަށް ބެލެވޭ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
"އަލިފާނުން ގެދޮރު ވީރާނާކުރި ކަމަށް ތުހުމަތުކުރެވޭތީ ޖޮނަތަން ރިންޑާކްނެކްޓް، 29، ވަނީ ފްލޮރިޑާގައި ހައްޔަރުކޮށްފައި،" އެމެރިކާގެ އެކްޓިން އެޓާނީ ޖެނެރަލް ބިލް އެސައިލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރިންޑާކްނެކްޓަށް ކުރާ ތުހުމަތަކީ ލޮސްއެންޖަލިސްގެ ޕެސިފިކް ޕެލިސޭޑްސް ސަރަހައްދުގައި، ލޮސްއެންޖަލިސް އޭގެ ކުރިން ދުވަހަކު ވެސް ދެކެފައި ނުވާ ފަދަ ބޮޑު އަލިފާންގަނޑެއް ރޯވެ، މީހުންގެ ފުރާނައަށް ގެއްލުންވެ، ބޮޑު ސަރަހައްދެއް ވީރާނާވީ އެންމެ މީހަކު ފަރުވާ ކުޑަކުރުމުގެ ސަބަބުން ކަމަށް ވުމެވެ.
ބެލެވޭ ގޮތުގައި އާ އަހަރު ފެށުނުތާ މަދު މިނެޓްކޮޅެއްގެ ތެރޭގައި ރިންޑާކްނެކްޓް އަލިފާން ރޯކުރީ ޕެސިފިކް ޕެލިސޭޑްގެ ކައިރީގައިވާ ފަރުބަދަތަކަށް އަރަން އޮތް މަގެއްގަ އެވެ.
އަލިފާންނިވާ މީހުންނަށް އެ އަލިފާންގަނޑު ފުރަތަމަ ކޮންޓްރޯލް ކުރި ނަމަވެސް ގަސްގަހުގެ މޫތަކުގެ ތެރޭގައި އަލިފާނުގެ އަސަރު ހުރީ އެވެ. އަދި އޭގެ ހަފުތާއެއް ފަހުން ޖެހުނު ގަދަ ވައިގައި އަލިފާންގަނޑު އަލުން ވަރުގަދަވީ އެވެ. އެއަށް ފަހު ޕެސިފިކް ޕެލިސޭޑްސް އަށާއި މަލީބޫއަށް ފެތުރި އެތައް ހާސް ގެއެއް އަނދައި އެތައް ބަޔަކު މަރުވީ އެވެ.
އެސައިލީ ވިދާޅުވި ގޮތުގައި ރިންޑާކްނެކްޓް އެ ދުވަސްވަރު މަސައްކަތްކުރީ ޓެކްސީ ޑްރައިވަރެއްގެ ގޮތުގަ އެވެ. އޭނާ އަލިފާން ރޯކުރުމުގެ ކުޑަވަގުތުކޮޅެއް ކުރިން ވެސް އެ ސަރަހައްދަށް ފަސިންޖަރުން ބޭލި އެވެ. --އޭއެފްޕީ
އެލްއޭގައި އިތުރު އަލިފާންގަނޑުތަކެއް، ބާރަށް ފެތުރެނީ
ޓްރަމްޕް: އަލިފާން ނިއްވާނުލެވޭ، މިއީ ކޮން ބައެއް؟
އެލްއޭގައި ރޯވި ހިސާބަށް ވާރެޔާ އެކު ކިސަޑު ފައިބައިފި
އެލްއޭ އަލިފާން: މަރުވި އަދަދު 25 އަށް އަރައިފި
އޮސްކާގެ ނޮމިނޭޝަންތަައް އިއުލާންކުރުން ފަސްކޮށްފި
އެލްއޭގެ އަލިފާން އެހެން ހިސާބުތަކަށް ފެތުރިދާނެ!
މި ސެލެބްރިޓީންގެ އަގުބޮޑު ގެތައް އަނދައި އަޅިއަށް!
އަލިފާން ނިއްވާނެ ގޮތެއް ނެތް، ޒިންމާވާނެ މީހަކު ނެތް
ލޮސް އެންޖެލިސްގެ ނެއިބަހުޑްތައް އަނދައި އަޅިއަށް
ކަންޔޭ އާ ގެއެއް ގަތީ ކިމްގެ ގެއާ ވަރަށް ކައިރިން