Roadha Mihaaru
"މާސްޓަ ޝެފް" ގޮވައިގެން ތަމަންނާ ކޯޓަށް

"މާސްޓަ ޝެފް ތެލެގޫ" ގޮވައިގެން ތަމަންނާ ކޯޓަށް

26 އޮކްޓޯބަރ 2021

ދުނިޔޭގެ އެންމެ ބޮޑު ކައްކާ ޝޯ "މާސްޓަ ޝެފް" ގެ ތެލެގޫ ވާޝަންގެ ހޮސްޓް ކުރުމާ މި އަހަރުގެ މެދުތެރޭގައި ހަވާލުވި އިންޑިއާގެ މަޝްހޫރު ބަތަލާ އެ ޝޯގެ ޓޯމް ގޮވައިގެން ކޯޓަށް ދާން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔޭގެ އެންމެ ބޮޑު ކައްކާ ޝޯ "މާސްޓަ ޝެފް" ގެ ތެލެގޫ ވާޝަންގެ ހޮސްޓް ކުރުމާ މި އަހަރުގެ މެދުތެރޭގައި ހަވާލުވި އިންޑިއާގެ މަޝްހޫރު ބަތަލާ އެ ޝޯގެ ޓޯމް ގޮވައިގެން ކޯޓަށް ދާން ނިންމައިފި އެވެ.

މީޑިއާތަކުން ބުނީ ޝޯގެ ޓީމްގެ ޕްރޮފެޝަނަލްކަން ކުޑަވުމާއި ތަމަންނާ އަށް ލިބެން ޖެހޭ ފައިސާ ވެސް ނުދޭތީ އޭނާ ޝޯ ހޯސްޓް ކުރުން ހުއްޓާލައި މިހާރު މައްސަލަ ކޯޓަށް ވައްދަން ތައްޔާރު ވެފައިވާ ކަމަށެވެ. މިކަމާ ބެހޭ ގޮތުން ތަމަންނާގެ ވަކީލު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ 31 އަހަރުގެ ބަތަލާ އަށް ޝޯ ހުއްޓައިލަން ޖެހުނީ ތަކުރާރުކޮށް، "މާސްޓަ ޝެފް ތެލެގޫ" ގެ ޓީމުން އެގްރިމަންޓާ ހިލާފަށް އަމަލުކޮށް، އެ މީހުން ޕްރޮފެޝަނަލްކަން ކުޑަވުމުން ކަމަށެވެ. ތެލެގޫ ވާޝަންގެ ޕްރޮޑަކްޝަން ހައުސް އަކީ އިނޮވޭޓިވް ފިލްމު އެކެޑެމީ އެވެ.

"ތަމަންނާ ފާޅުކުރި އެއްވެސް ކަންބޮޑުވުމަކަށް އިޖާބަނުދިނުމާއި އެންމެ ފަހުން ޕްރޮޑަކްޝަނުން ހައުސް އިން ތަމަންނާއާ އެއްވެސް މުއާމަލާތެއް ކުރަން ބޭނުން ނުވުމާ ގުޅިގެން ޝޯއިން ވަކިވާން ނިންމައި، މާސްޓަ ޝެފް ޓީމާ ދެކޮޅަށް ކޯޓަށް ދާން މަޖުބޫރުވީ." ވަކީލު ވިދާޅުވި އެވެ.

މިހާރު "މާސްޓަ ޝެފް ތެލެގޫ" ހޯސްޓްކުރާ އަނާސުޔާ.

އިންޑިއާގެ ދެކުނު ފިލްމުތަކުގެ އިތުރުން ބޮލީވުޑްގައި ވެސް މަސައްކަތްކުރާ ތަމަންނާ "މާސްޓަ ޝެފް ތެލެގޫ" އިން ވަކިވުމުން އެ ޝޯ މިހާރު ހޯސްޓްކުރަނީ މަޝްހޫރު ތެލެގޫ ހޯސްޓް އަނާސުޔާ ބަރަދުވާޖް އެވެ.

އޮގަސްޓް މަހުގެ 27 ގައި ޕްރީމިއާކުރި އެ ޝޯ ދައްކަނީ ޖެމިނީ ޓީވީ އާއި ސަން ނެކްސްޓްއިންނެވެ.