Roadha Mihaaru
ރޯހިތުގެ "ޚަތުރޯން ކޭ ކިލާޅީ 11" އަށް ތައްޔާރުވަނީ

ރޯހިތުގެ "ޚަތުރޯން ކޭ ކިލާޅީ 11" އަށް ތައްޔާރުވަނީ

26 ފެބުރުއަރީ 2021

ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު ރޯހިތު ޝެޓީ ހޯސްޓްކުރާ ކަލާޒް ޗެނެލްގެ ސްޓަންޓް ޝޯ "ޚަތުރޯން ކޭ ކިލާޅީ" ގެ 11 ވަނަ ސީޒަނަށް ތައްޔާރުވާން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު ރޯހިތު ޝެޓީ ހޯސްޓްކުރާ ކަލާޒް ޗެނެލްގެ ސްޓަންޓް ޝޯ "ޚަތުރޯން ކޭ ކިލާޅީ" ގެ 11 ވަނަ ސީޒަނަށް ތައްޔާރުވާން ފަށައިފި އެވެ.

މިދިޔަ އަހަރު ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ޝޯ ނުގެނެސްދެވުނަސް އަންނަ އަހަރުގެ ކުރީކޮޅު ގެނެސްދޭން 11 ވަނަ ސީޒަންގެ މަސައްކަތްތައް ފެށުމަށް ކަލާޒް އިން ވަރަށް ބޮޑަށް ތައްޔާރީތައް ވަމުން އަންނަ ކަމަށް މީޑިއާތަކުން ބުންޏެވެ. "ޚަތުރޯން ކޭ ކިލާޅީ" އަބަދު ވެސް ޝޫޓްކުރަނީ ބޭރު ގައުމެއްގައި ކަމަށްވާތީ އާ ސީޒަން ޝޫޓްކުރާނެ ގައުމެއް ވެސް ވަރަށް އަވަހަށް ނިންމާނެ އެވެ. އަދި އަންނަ މެއި ހިސާބުގައި ޝޫޓިން ފަށާނެ ކަމަށް ބައެއް މީޑިއާތަކުން ބުންޏެވެ.

މި ފަހަރު ގައުމެއް ހޮވަން ޖެހެނީ ކޮވިޑްގެ ރައްކާތެރި ކަމަށް ވަރަށް ބޮޑަށް ބަލާފައި ކަމަށްވާތީ ގައުމެއް ހޮވުމުގައި ބަލީގެ ހާލަތު އޮތް މިންވަރާއި އެ ގައުމެއްގައި ޝޯ ޝޫޓްކުރަން ފަސޭހަ ގައުމަކަށް އިސްކަން ދޭނެ އެވެ.

ރޯހިތު މި ވަގުތު އަންނަނީ ރަންވީރު ސިންގްއާ އެކު ފިލްމު "ސާކަސް" ގެ މަސައްކަތްކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ފިލްމު މި އަހަރުގެ ޑިސެމްބަރު 31 ގައި ރިލީޒްކުރާނެ އެވެ.

"ޚަތުރޯން ކޭ ކިލާޅީ" އަކީ އެމެރިކާގެ ޝޯ "ފިއާ ފެކްޓާ" ގެ އިންޑިއާގެ ވާޝަނެވެ. މީގެ 10 ސީޒަން މިހާތަނަށް ގެނެސްދިން އިރު ރޯހިތު ފަސް ސީޒަން ހޯސްޓްކޮށްފައިވެ އެވެ. އެއީ 2014، 2015، 2017، 2019 އަދި 2020 އެވެ.

"ޚަތުރޯން ކޭ ކިލާޅީ" ހޯސްޓްކުރި މީހުންގެ ތެރޭގައި އަކްޝޭ ކުމާރާއި ޕްރިޔަންކާ ޗޯޕްޅާ އަދި އަރުޖުން ކަޕޫރް ހިމެނެ އެވެ. އަކްޝޭ ދެ ސީޒަނެއް ހޯސްޓްކުރި އެވެ. އެއީ 2008 ގައި ގެނެސްދިން ޝޯގެ ފުރަތަމަ ސީޒަނާ އެކީގަ އެވެ.

މި ޝޯ އަކީ އިންޑިއާގެ މަޝްހޫރު ސެލެބްރިޓީން ބައިވެރިކޮށްގެން ގެނެސްދޭ ޝޯއެކެވެ.

"ޚަތުރޯން ކޭ ކިލާޅީ 10" ކާމިޔާބުކުރީ ޓީވީ ބަތަލާ ކަރިޝްމާ ތައްނާ އެވެ.

އެ ސީޒަން ނިންމާލައި ކަލާޒް އިން މިދިޔަ އަހަރު "ޚަތުރޯން ކޭ ކިލާޅީ: މޭޑް އިންޑިއާ" ގެ ނަމުގައި ވެސް ޝޯއެއް ގެނެސްދިނެވެ. ޓީވީ ބަތަލާ ނިއާ ޝަރުމާ ކާމިޔާބުކުރި ޝޯ ހޯސްޓްކުރީ ފަރާ ޚާނާއި ރޯހިތެވެ.