25 އޮކްޓޯބަރ 2021
ކޯޗެއްގެ ގޮތުގައި މުހައްމަދު ޝިޔާޒު (މޯހަން) ހުރީ ދިވެހި އެހެން ކޯޗަކަށް އޭނާ އަތުނުލެވޭހާ އުހުގަ އެވެ. ދޭސީ އެހެން ކޯޗެއްގެ އަތުގައި ނެތް ރެކޯޑެއް އޭނާގެ އަތުގައި އެބައޮތެވެ. މެޗަކުން ބަލިނުވެ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރި ހަމައެކަނި ދިވެހި ކޯޗަކީ މޯހަން އެވެ. އޭނާގެ ބައްޕަގެ ކްލަބު ނިއު ރޭޑިއަންޓަށް، 2012 ވަނަ އަހަރުގެ ލީގު ޗެމްޕިއަންކަން ހޯދަދައިދީ ކޯޗެއްގެ ގޮތުގައި އެންމެ އުހަށް އޭނާ އަރައިގެން ދިޔަ އެވެ.
ކޯޗެއްގެ ގޮތުގައި މުހައްމަދު ޝިޔާޒު (މޯހަން) ހުރީ ދިވެހި އެހެން ކޯޗަކަށް އޭނާ އަތުނުލެވޭހާ އުހުގަ އެވެ. ދޭސީ އެހެން ކޯޗެއްގެ އަތުގައި ނެތް ރެކޯޑެއް އޭނާގެ އަތުގައި އެބައޮތެވެ. މެޗަކުން ބަލިނުވެ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރި ހަމައެކަނި ދިވެހި ކޯޗަކީ މޯހަން އެވެ. އޭނާގެ ބައްޕަގެ ކްލަބު ނިއު ރޭޑިއަންޓަށް، 2012 ވަނަ އަހަރުގެ ލީގު ޗެމްޕިއަންކަން ހޯދަދައިދީ ކޯޗެއްގެ ގޮތުގައި އެންމެ އުހަށް އޭނާ އަރައިގެން ދިޔަ އެވެ.
ޖެހިގެން އައި 2013 ވަނަ އަހަރު ނިއު ރޭޑިއަންޓްގެ ވާދަވެރި، ވެލެންސިއާ ހަވާލުވި ނަމަވެސް އޭނާ އަށް ހިފަހައްޓައެއް ނުލެވުނެވެ. ވެލެންސިއާގެ އޭރުގެ މެނޭޖުމެންޓުން ޓީމަށް ކޮށްދޭނެ ކަމަށް ވައުދުވި އެއްވެސް ކަމެއް ކޮށް ނުދިނުމުން އޭނާ އިސްތިއުފާ ދިނީ އެވެ.
މޯހަންގެ ކޯޗިން ކެރިއާގައި އެންމެ ބޮޑު ވެއްޓުމެއް ކުރިމަތިވީ މި އަހަރު އެވެ. ނިމިދިޔަ ފުޓްބޯޅަ ސީޒަން އޭނާ ފެށީ ކާމިޔާބީކުންނެވެ. މާޒިޔާ ބަލިކޮށް ޗެރިޓީ ޝީލްޑް އޭނާގެ ކުރީގެ ކްލަބު އީގަލްސް އަށް ކާމިޔާބުކޮށްދިނެވެ. އެއީ ތަފާތު މެޗެކެވެ. މުހައްމަދު ނިޒާމްގެ ކޯޗުކަމުގެ ދަށުގައި މާޒިޔާއިން ފުރަތަމަ ހާފް ނިންމާލީ 2-0 ގެ ލީޑަކާ އެކު އެވެ. އެކަމަކު ބިދޭސީ އެއްވެސް ކުޅުންތެރިޔަކު ނެތި މުޅި މެޗު ކުޅުނު އީގަލްސްގެ ޓީމުން ފަހު ހާފުގައި މެޗު އަނބުރާލި އެވެ. މޯހަންގެ ރޭވުންތެރިކަމާއި އީގަލްސްގެ ކުޅުންތެރިންގެ ހިތްވަރަށް ތައުރީފެވެ.
މާޒިޔާ ބަލިކޮށް ޗެރިޓީ ޝީލްޑް އީގަލްސް ކާމިޔާބު ކުރުމުން، ދިވެހި ޕްރިމިއާ ލީގުގައި ވެސް ފޭވަރިޓަަކަށް އީގަލްސް ވެދާނެ ކަމަށް ބެލެވުނެވެ. މޯހަން ވެސް ހުރީ އެކަމަށް އުންމީދުކޮށްގެންނެވެ.
މޯހަން އީގަލްސްގައި މަސައްކަތް ކުރިއިރު ކުޅުންތެރިންނާ އެކު. -- ފޮޓޯ: މިހާރު
އެކަމަކު ކަންވީ އެއާ މުޅިން ހިލާފަށެވެ. ޓޮޕް ކްލަބެއްގެ ކޯޗެއްގެ ގޮތުގައި ލީގުގައި، މީގެ ކުރިން ބަލިވެފައި ނެތް މިންވަރަށް އީގަލްސްގައި އޭނާ ބަލިވި އެވެ. އީގަލްސް އަށް މައްސަލަ ކުރިމަތިވީ ފުލުފުލުގައި ކުރިމަތިވަމުން ދިޔަ އިންޖަރީތަކުގެ ސަބަބުންނެވެ. ޓީމުގެ ސްޓާ ފޯވާޑް އަހްމަދު ރިޒްވާން އިންޖަރީވީ ކުރިން ކުރިމަތިވި އަނިޔާއިން މުޅިން ފިޓް ނުވަނީސް ކުޅެން އެރުވުމުންނެވެ. އެ ހިސާބުން އީގަލްސް އިނދަ ޖެހުނީ އެވެ. ދެ އަހަރު ކުރިން އޭނާ ފެށި ޕްރޮޖެކްޓް ދޫކޮށްލައި މޯހަން އީގަލްސް ދޫކޮށްލީ އެވެ.
ދެން އޭނާ ހަވާލުވީ، ފުރަތަމަ ޑިވިޝަނަށް އަލަށް އައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ އެވެ. މޯހަން މަގާމާ ހަވާލުވުމުގެ ކުރިން، އަހްމަދު ނާޝިދު (ނާދު) ގެ ކޯޗުކަމުގައި ސަސް ކުޅުނު ހަ މެޗުގެ ތެރެއިން އެއް މެޗުން ބަލިވި ޓީމު މޯހަންގެ ކޯޗްކަމުގައި ހަތަރު މެޗުން ބަލިވި އެވެ. މިދިޔަ ސީޒަންގައި ދެ ކްލަބުގައި މޯހަންގެ ދެ ޓީމަށް ކުރިމަތިވި ބަލި އޭނާ ކުރިން މަސައްކަތް ކުރި ކްލަބުތަކާ ނުބައްދަލެވެ.
ދިވެހި ޕްރިމިއާ ލީގުގައި މޯހަން މިހާތަނަށް އެންމެ ގިނަ މެޗުތަކުން ބަލިވީ، 2017 ގައި އޭނާ ކޯޗް ކޮށްދިން ދ. ކުޑަހުވަދޫ ޓީމުގަ އެވެ. އެ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އެ ރަށު ޓީމަށް ކާމިޔާބު ކޮށްދީ، ދިވެހި ޕްރިމިއާ ލީގަށް ކުރިމަތިލައި އެ ޓީމާ އެކު 11 މެޗުން ބަލިވި އެވެ. އެއީ ދިވެހި ލީގްގެ ތާރީހުގައި މޯހަން މިހާތަަނަށް އެންމެ ގިނަ މެޗުތަކުން ބަލިވި ސީޒަނެވެ. ކުޑަހުވަދޫގެ ޕްރޮޖެކްޓަކީ ފުޓްބޯޅައަށްޓަކައި އޭނާ ކޮށްދޭ މަސައްކަތެއް ކަމަށް މޯހަން އޭރު ބުނެފައިވެ އެވެ.
ސަސްގެ ކޯޗް ކަމާ މޯހަން ހަވާލުވީ ތިން އަހަރު ދުވަހަށެވެ. އެހެންވެ އެ ކްލަބުގައި ފުރަތަމަކޮޅު ބަލިވުން އެއީ މާ ބޮޑު މައްސަލައެއް ކަމަށް އޭނާ ނުދެކެ އެވެ. މޯހަން އޭރު ބުނި ގޮތުގައި އީގަލްސްގައި ބަލިވުން އެއީ ބޮޑު މައްސަލައެއްގެ ގޮތުގައި އޭނާ ގަބޫލުކުރެ އެވެ. ނަމަވެސް ސަސްގެ ޕްރޮޖެކްޓަކީ ތަފާތު ޕްރޮޖެކްޓެއް ކަމަށް ބުންޏެވެ.
"މިއަހަރު އެއްގޮތަކުން ވަރަށް ރަނގަޅު. ލިބުނީ އެއް ތަށި،" ކުރިން "މިހާރު" އަށް ދިން އިންޓަވިއުއެއްގައި މޯހަން ބުންޏެވެ. "ދެން އޭގެ ފަހުން ދިމާވި ކަންތައްތައް ޓީމު ބަދަލުކުރަން ޖެހުން އެންމެ ބޮޑު ކަމަކީ. އަނެއްހެން ސީޒަން ވެސް އެއްކޮށް ނުނިންމައި ވަކި ހިސާބަކުން ޗެމްޕިއަން ޓީމު ކަނޑައެޅީތާ. ސީޒަން ކުރިއަށް ގެންދިޔަނަމަ މަގާމު ތަފާތު ވިސް"
ސަސްއާ މޯހަން ހަވާލުވީ ކާމިޔާބީގެ އިތުރުން ރީތި ފުޓްބޯޅަ އެއް ވެސް އެ ޓީމުން އުފެއްދުމެވެ. އެކަމަކު އެ ކްލަބާ އެކު ފުލް އެއް ސީޒަންގައި ވެސް އޭނާ އަށް މަސައްކަތެއް ނުކުރެވުނެވެ. ސަސްއިން ވަކިވި ސަބަބާ ބެހޭގޮތުން ވާހަކަ ދައްކާކަށް މޯހަން ބޭނުމެއް ނުވި އެވެ. އޭނާ އަށް ގުޅާލުމުން ބުނީ މަގާމުން ވަކިވީ ދެފަރާތަށް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ވާތީ ކަމަށެވެ.
ޝާޒްގެ ފުރަތަމަ މެޗު، މޯހަން ކުރީގެ ޓީމާ ދެކޮޅަށް
އީގަލްސް އަށް ނޫނެކޭ ބުނަން ޝާޒަށް އުނދަގޫ
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ރެކޯޑްތަކަކަށް މޯހަން ނުވިސްނާ؛ މިއަދަށް ތައްޔާރު!
ރިޒޭ ހުރިހާ މެޗެއްގައި ލަނޑުޖަހައި އީގަލްސް ވާންކޮށްފި
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
އީގަލްސް އޮތީ ރަނގަޅަށް ތައްޔާރު ވެފަ: މޯހަން