25 އޮކްޓޯބަރ 2021
ސައޫދީ އަރަބިއްޔާގެ ވަލީ އަހުދުގެ މައްޗަށް ކުރެވޭ ބޮޑެތި ޖަރީމާތަކުގެ ލިސްޓަށް އަނެއްކާ ވެސް އާ ކަންތައްތަކެއް އިތުރުވެއްޖެ އެވެ. އޭނާގެ މައްޗަށް މިހާތަނަށް ކުރެވިފައިވާ އެންމެ ބޮޑު ތުހުމަތަކީ، ތުރުކީ ވިލާތުގެ ވެރިރަށް އަންކަރާގައި ހުންނަ ސައޫދީ އެމްބަސީ ތެރޭގައި، ސައޫދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލައި ކުދިކުދިކޮށް ކޮށައިލި މައްސަލަ އެވެ.
ސައޫދީ އަރަބިއްޔާގެ ވަލީ އަހުދުގެ މައްޗަށް ކުރެވޭ ބޮޑެތި ޖަރީމާތަކުގެ ލިސްޓަށް އަނެއްކާ ވެސް އާ ކަންތައްތަކެއް އިތުރުވެއްޖެ އެވެ. އޭނާގެ މައްޗަށް މިހާތަނަށް ކުރެވިފައިވާ އެންމެ ބޮޑު ތުހުމަތަކީ، ތުރުކީ ވިލާތުގެ ވެރިރަށް އަންކަރާގައި ހުންނަ ސައޫދީ އެމްބަސީ ތެރޭގައި، ސައޫދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލައި ކުދިކުދިކޮށް ކޮށައިލި މައްސަލަ އެވެ.
ޚާޝުގްޖީ މަރައިލީ މުހައްމަދު ބިން ސަލްމާންގެ އެންގެވުމަށް ކަމަށް، ބައެއް ތަހުގީގީ ރިޕޯޓްތަކުގައި ބުނެފައިވެ އެވެ. އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭ އިން ބުނެފައިވާ ގޮތުގައި ޚާޝުގްޖީ މަރައިލީ މުހައްމަދު ބިން ސަލްމާންގެ އަމުރަށެވެ. އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުން ހަ މަސް ވަންދެން ކުރި ތަހުގީގަށް ފަހު ނެރުނު ރިޕޯޓްގައި ވެސް ބުނެފައިވަނީ، އެ ގަތުލުގެ ޒިންމާ އުފުލަންޖެހޭނީ ސައޫދީ ސަރުކާރުން ކަމަށެވެ.
މިފަހަރު ސައޫދީ ވަލީ އަހުދުގެ މައްޗަށް ތުހުމަތު ކުރީ، އެ ގައުމުގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިއެއް ކަމަށްވާ ސައުދުލް ޖަބަރީ އެވެ. އެމެރިކާގެ ސީބީއެސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ސައުދު ވިދާޅުވީ، މުހައްމަދު ބިން ސަލްމާންގެ އަމުރަށް ހަރަކާތްތެރިވާ "މިނިކާވަގު ފައުޖު"ގެ ނަން ދީފައިވާ ލަޝްކަރެއް އޮންނަ ކަމަށެވެ.
އެ ލަޝްކަރުގެ މަސައްކަތަކީ، ވަލީ އަހުދު އަންގާ އެންގުންތަކާ އެއްގޮތަށް މީހުން ވަގަށް ނެގުމާއި މީހުން މެރުން ކަމަށް ސައުދު ވިދާޅުވި އެވެ. ސިފައިންގެ ހާއްސަ ތަމްރީންތަކެއް ފުރިހަމަކޮށްފައިވާ ވަކި ބަޔަކު ހިމެނޭ ގޮތަށް އެ ލަޝްކަރު އުފައްދާފައިވަނީ، ވަލީ އަހުދުގެ އަމުރުތައް ތަންފީޒު ކުރުމަށެވެ.
މިނިކާވަގު ފައުޖު އެކުލަވައިލީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. ސައުދު ވިދާޅުވި ގޮތުގައި ވިލާތުގެ ގައުމުތަކުގައި ދިރިއުޅުއްވާ ސައޫދީ ޝާހީ އާއިލާގެ ބައެއް އަމީރުން ވަގަށް ނަގައިދިނުމަށް، މުހައްމަދު ބިން ސަލްމާން، އޭނާގެ އަރިހުން އެދިވަޑައިގެންނެވި އެވެ. އެހެން ނަމަވެސް ސައޫދީ ޝާހީ އާއިލާ ބަދުނާމުވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް އޭނާ ވާނީ، މުހައްމަދަށް ދަންނަވައިފަ އެވެ.
ތުރުކީގައި ހުންނަ ސައޫދީ އެމްބަސީ އަށް ވައްދައި މަރައިލުމަށް ފަހު، ކީހަކު ކޮށައި ކުދިކޮށްލި ޖަމާލް ޚަޝޯގްޖީ.
ސައުދު ވިދާޅުވި ގޮތުގައި ސައޫދީ އަރަބިއްޔާގެ ކުރީގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލް އަޒީޒް އަވަހާރަކޮށްލުމަށް ވެސް، މުހައްމަދު ރޭވި އެވެ.
"މުހައްމަދު ބިން ސަލްމާން ވަރައް ފަޚުރުވެރިކަމާއެކު، (ސައޫދީ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ) މުހައްމަދު ބިން ނާޔިފްގެ އަރިހުގައި ވިދާޅުވި، ބައްޕާފުޅަށް ރަސްކަން ހޯދައިދިނުމަށްޓަކައި، އަބްދުﷲ ރަސްގެފާނު އަވަހާރަ ކޮށްލުމުގެ ކުޅަދާނަކަން ލިބިގެންވާ ކަމަށް. މުހައްމަދު ބިން ސަލްމާން ވިދާޅުވި ތިމަންނަ ބޭނުމޭ އަބްދުﷲ ރަސްގެފާނު އަވަހާރަކޮށްލަން. ތިމަންނަ އަތުގައި އެބަ އޮތޭ ރަޝިޔާ އިން ލިބިފައި އޮތް ވިހަ އަނގޮއްޓިއެއް. އަހަރެން އެންމެ ފަހަރަކު އަބްދުﷲ ރަސްގެފާނުގެ އަތްޕުޅުގައި ހިފައި ސަލާމް ކޮށްލުމުން ހުރިހާ ކަމެއް ނިމިގެން ހިނގައިދާނެޔޭ އޭނާ ވިދާޅުވި،" ސައުދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މައުލޫމާތުތައް އޭނާ އަށް ލިބިވަޑައިގަތީ، ސައޫދީ ޖާސޫސީ އިދާރާގެ ވެރިޔާ މުހައްމަދު ބިން ނާޔިފްގެ ނައިބެއްގެ ގޮތުގައި އޭނާ ހުންނެވި ދުވަސްވަރު، މުހައްމަދު ބިން ސަލްމާން އާއި މުހައްމަދު ބިން ނާޔިފްއާ އެކުގައި 2014 ވަނަ އަހަރު ބައްދަލުވި ފަހަރެއްގައި ދެކެވުނު ވާހަކަތަކުންނެވެ.
އެ ވާހަކަތަކުގެ ވީޑިއޯ ރެކޯޑިންގެ ދެ ކޮޕީ މުހައްމަދު ބިން ސަލްމާންގެ އަތުގައި އޮންނާނެ ކަމަށް ވެސް ސައުދު ވިދާޅުވި އެވެ. އެ ދެ ކޮޕީ އޮތް ތަން އޭނާއަށް ވެސް އެނގިވަޑައިގަންނަވާ ކަމަށް ސައުދު ވިދާޅުވި އެވެ.
މުހައްމަދު ބިން ނާޔިފް މަގާމުން ދުރުކުރީ، 2017 ވަނަ އަހަރު ސައޫދީ ޝާހީ އާއިލާގެ ތެރޭގައި ހިނގައި ދިޔަ ދެބަސްވުންތަކުގެ ތެރޭގަ އެވެ. އެ ދުވަސްވަރު އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެން ސައުދު އަލް ޖަބަރީ ވަނީ ސައޫދީން ބޭރަށް ވަޑައިގެންފަ އެވެ. އަދި އަމިއްލަ އަށް އަރުވާލެއްވިގެން މިހާރު އުޅުއްވަނީ ކެނެޑާގަ އެވެ.
ސައުދު ވިދާޅުވި ގޮތުގައި، ވަލީ އަހުދުގެ އަމުރުފުޅަށް އަވަހާރަކޮށްލަންޖެހޭ ލިސްޓުގައި ހިމެނެނީ ޚާޝުގްޖީ އެކަންޏެއް ނޫނެވެ. އޭގެ އިތުރުން ސީދާ އޭނާގެ ފުރާނަ ދުއްވައިލުމަށް، 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ކެނެޑާ އަށް ވެސް، މިނިކާވަގު ފައުޖުގެ ބަޔަކު ފޮނުވި ކަމަށް ސައުދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މުހައްމަދު ބިން ސަލްމާނަކީ ސައޫދީ އަރަބިއްޔާ އަށް ވެސް އަދި އެމެރިކާ އަށް ވެސް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ.
ސައޫދީ ވަލީއަހުދަށް ޚާޝުގްޖީގެ މަރުގެ ދައުވާ ނުކުރެވޭނެ
ސައޫދީ ވަލީ އަހުދުގެ ބަހުގެ ހަމަލާތަކެއް ބައިޑެން އަށް
ޚާޝުގްޖީ މަރައިލި މައްސަލަ ފާހަގަކުރިން: ބައިޑެން
ހާޝުގުޖީގެ މައްސަލާގައި ފަސް މީހަކަށް މަރުގެ ހުކުމް
ސައޫދީ އާއި އުރުދުންގެ ވެރިން ބައްދަލުކުރައްވައިފި
ފަލަސްތީނުގެ ދައުލަތެއްނެތި އިޒްރޭލާ ނުގުޅެވޭނެ: ސައޫދީ
ބްލިންކެން ސައޫދީގެ ވެރިންނާ ބައްދަލުކުރައްވައިފި
އިޒްރޭލަށް ހަތިޔާރު ނުވިއްކަން ސައޫދީން ގޮވާލައިފި
ރަސްގެފާނު އިސްނަންގަވައި ގާޒާއަށް އެހީވާން ފަންޑެއް
އީރާނުން ހޯދިއްޔާ، ސައޫދީ ވެސް ނިއުކްލިއާ ހޯދާނެ