25 އޮކްޓޯބަރ 2021
ވިލިމާލޭގައި ހުންނަ ސިނަމާލެ ފްލެޓާ ގުޅޭ މައްސަލައެއް ސިޓީ ކައުންސިލްގެ ބައްދަލުވުމަށް އެޖެންޑާކޮށްދިނުމަށް ހުށަހެޅި ނަމަވެސް އެކަން ލަސްވަމުންދާތީ، އެ ދާއިރާގެ ކައުންސިލް މެމްބަރު ނަހުލާ އަލީ މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ވިލިމާލޭގައި ހުންނަ ސިނަމާލެ ފްލެޓާ ގުޅޭ މައްސަލައެއް ސިޓީ ކައުންސިލްގެ ބައްދަލުވުމަށް އެޖެންޑާކޮށްދިނުމަށް ހުށަހެޅި ނަމަވެސް އެކަން ލަސްވަމުންދާތީ، އެ ދާއިރާގެ ކައުންސިލް މެމްބަރު ނަހުލާ އަލީ މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ނަހުލާ ވިދާޅުވީ ކައުންސިލަރަކު ކަމެއް އެޖެންޑާ ކޮށްދިނުމަށް ހުށަހެޅުމުން، ފޮނުވި ތަރުތީބުން އެޖެންޑާ ކޮށްދިނުމަކީ މޭޔަރުގެ މައްޗަށް ލާޒިމު ކަމެއް ކަމަށް ލާމަރުކަޒީ ގާނޫނުގައި ބުނާ ކަމަށެވެ. އެކަމަކު ވިލިމާލޭގައި ހުންނަ ސިނަމާލެ 4 ގައި ދިރިއުޅޭ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުން ހައްލުކޮށްދިނުމަށް ޖެހިޖެހިގެން ދެ ހަފުތާގަައި ހުށަހެޅުމުން ވެސް އެކަން އެޖެންޑާ ކޮށްދީފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ފްލެޓުތައް އަމިއްލަ ކުރުމުގެ އެއްބަސްވުމުގައި ސެޕްޓެމްބަރު 30، 2004 ގެ ކުރިން ސޮއިކޮށް ނިންމުމަށް، އެ އަހަރުގެ އޮގަސްޓު 30 ވަނަ ދުވަހު އޭރުގެ މާލެ މުނިސިޕަލްޓީ އޮފީހުން އާއްމުކޮށް އެންގި އެވެ. އެކަމަކު އެ މުއްދަތުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިނުކުރެވުނު 31 ވަރަކަށް އާއިލާ އެބަ ތިއްބެވެ.
އެހެންވެ، ނަހުލާ ހުށަހެޅުއްވީ ކުލި ދައްކަމުންދާ މީހުންނަށް އަލުން އިއުލާނުކޮށް، އިތުރު ފުރުސަތެއް ދީ ފައިސާ ހަލާސްކުރުމަށްފަހު ފްލެޓު އަމިއްލަ ކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރުމަށެވެ.
"ސިނަމާލެ ފްލެޓުގައި ދިރިއުޅޭތާ 17 އަހަރުވީ މީހުން، މި ދެންނެވި އެއްބަސްވުން ހެދި، ފްލެޓު އަމިއްލަ ކުރެވޭނެ ގޮތް އެއްވެސް ފަރާތަކުން ހަދައި ދީފައެއް ނުވޭ. ފްލެޓު އަމިއްލަ ވާނެ ގޮތެއް ކަނޑައެޅިފައި ނެތި ފައިސާ ދައްކާލަ ދައްކާލަ މިއަދާ ހަމައަށް ވެސް ތިބީ. ޖޫރިމަނާ މައްސަލަތަކަކާ ފްލެޓު ލިބުނު ފަރާތްތައް ނިޔާވުމުން އެކަމަށް ވެސް ވާންވީ ގޮތެއް ނޭނގި، ގޮތް ހުސްވެފައިވާ އާއިލާތަކެއް ވެސް ދިރިއުޅޭ،" އޭނާ ވިދާޅުވި އެވެ.
ނަހުލާ ވިދާޅުވީ ފްލެޓު އަމިއްލަ ކުރުމުގެ މައްސަލަ ހައްލުކޮށްދިނުމަކީ ކައުންސިލް އިންތިހާބުގައި އޭނަ ވެވަޑައިގެންނެވި ވައުދެއް ކަމަށެވެ. ނަމަވެސް ކައުންސިލްގެ ބައްދަލުވުމަށް އެކަން އެޖެންޑާ ނުކޮށްދޭތީ ދަތިތައް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ މުގައްރިރަކަށް އިންނަވާ ވިލިމާލެ ސާވިސަސް ކޮމިޓީ އަށް ވެސް ވިލިމާލޭގެ ކަންކަން ހުށަހަޅައިގެން ކުރުމަށް ދަތިވެފައިވާ ކަމަށް ނަހުލާ ވިދާޅުވި އެވެ.
"މޭޔަރުގެ ސަމާލުކަމަށް މިކަން ގެނައުމުން ވެސް މިކަމަށް ހައްލެއް ހޯއްދަވާ ނުދެއްވާކަން ފާހަގަކުރަން. ކައުންސިލް ބައްދަލުވުންތަކުގައި ވާނީ މި ވާހަކަ ދައްކާފައި،" ނަހުލާ ވިދާޅުވި އެވެ.
އެހެންވެ، ނަހުލާ ވަނީ ވިލިމާލޭގެ ކަންކަން ހުށަހަޅާފައިވާ ގޮތަށް އެޖެންޑާ ކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
"ކައުންސިލް އިން ނިންމާ ކަންތައްތައް ތަންފީުކުރުމުގެ ގާނޫނީ ޒިންމާ މޭޔަރަށް އޮތްއިރު، އިދާރީ ގޮތުން ކަންކަން އަވަސް ކުރުމުގެ މަސްއޫލިއްޔަތު އެސްޖީއަށް ވެސް ގާނޫނުން އޮތުމާއެކު، އަޅުގަނޑު ހުށަހަޅާ ކައުންސިލް އިން ފާސްކޮށްފައިވާ ކަންތައްތައް ތަންފީޒުކޮށްދެއްވުން އެދެން،" ނަހުލާ އެދިވަޑައިގަތެވެ.
އިސްތިއުފާއަށް ގޮވިޔަސް ފަހަތަކަށް ނުޖެހޭނަން: ނަހުލާ
އެމްޑީޕީ ޓިކެޓުން އިންތިހާބުވި ކައުންސިލަރު ޕީއެންސީއަށް
ޕީޕީއެމް/ޕީއެންސީގެ މާލޭ މޭޔަރުކަމުގެ ޓިކެޓް އާޒިމާއަށް
ޕީޕީއެމް/ޕީއެންސީން މޭޔަރުކަމަށް ވާދަކުރަން ހުޅުވާލައިފި
އިންތިހާބީ ރައީސަށް މާލޭ ސިޓީ ކައުންސިލްގެ މަރުހަބާ
ސިޓީ ކައުންސިލްގެ މެމްބަރު ޒަމީރު، މުއިއްޒުގެ ފަހަތަށް
މުއިއްޒުގެ ޕްރެސް ކޮންފަރެންސް ފަހު ވަގުތު ކެންސަލް
ވިލިމާލެއިން ސްޓެލްކޯއަށް އިތުރު ބިމެއް ދޭން ކައުންސިލުން ދެކޮޅު ހަދައިފި
ޕީޕީއެމް ސެނެޓުގެ ކޮންޓްރޯލް ނަގާކަށް ނޫޅެން: މުއިއްޒު
ސިޓީ ކައުންސިލުން އަމަލުކުރާގޮތުން ނަހުލާގެ ކަންބޮޑުވުން