ހިޔާ ފްލެޓުތައް ލިބުމުން އެތަނުގައި ދިރިއުޅުމުގެ ބަދަލުގައި ފްލެޓު ކުއްޔަށް ދިން އެއްވެސް މީހަކަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
28 އޮކްޓޯބަރ 2021
ހިޔާ ފްލެޓުތައް ލިބުމުން އެތަނުގައި ދިރިއުޅުމުގެ ބަދަލުގައި ފްލެޓު ކުއްޔަށް ދިން އެއްވެސް މީހަކަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
"ބޯހިޔާވަހިކަމަށް ޖެހިފައި" ތިއްބައި ލިބުނު ހިޔާ ފްލެޓުގެ ތަޅުދަނޑި ހަވާލުކުރިތަނާހެން އެތަންތަން ބޮޑު އަގުގައި ކުއްޔަށް ދޫކުރަން ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވެސް ޖެހި އެވެ. ހިޔާ ފްލެޓަށް، 25 އަހަރަށް ބަހާލައިގެން މަހަކު 7،500ރ. އަދި ސާވިސް ފީގެ ގޮތުގައި 1،000ރ. ދެއްކުމަށް ސަރުކާރުން ކަނޑައަޅާފައިވާއިރު އެ ކުލި ބޮޑުވެގެން ޝަކުވާކުރުމަށް ފަހު ދެ ކޮޓަރީގެ އެ ތަންތަން ކުއްޔަށް ދޫކުރަން އިސްތިހާރުކޮށްފައި ހުރީ އެންމެ ކުޑަކޮށް ވެސް 10،000ރ. އަށެވެ.
ނަމަވެސް އެއީ އެެޗްޑީސީ އާއި ހައުސިން މިނިސްޓްރީން ވެސް މަނާކޮށްފައިވާ ކަމެކެވެ. ހިޔާ ފްލެޓުތަކުގެ އެގްރީމެންޓުގައިވާ ގޮތުން އެތަންތަން ކުއްޔަށް ދުލެއް ނުކުރެވޭނެ އެވެ.
އެޗްޑީސީން ބުނީ ފްލެޓްގެ އަގު ދައްކާ ނިމުމުގެ ކުރިން އެތަން އެއްވެސް މީހަކަށް ކުއްޔަށް ދެވޭނީ ނުވަތަ ވިއްކޭނީ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ ގާނޫނެއް ނުވަތަ ގަވާއިދެއްގެ ތެރެއިން ކަމަށެވެ.
އެގޮތަށް ފްލެޓުތައް ކުއްޔަށް ދޫކުރާނަމަ އެ ފަރާތްތަކާ މެދު އޮންނަ އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެކަމަށް ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނެފައި ވެ އެވެ.
އެހެންވެ އެފަދަ އެއްވެސް ފަރާތަކާ މެދު މިހާތަނަށް ފިޔަވަޅު އަޅާފައިވޭތޯ "މިހާރު" އިން ސުވާލުކުރުމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ފްލެޓުތައް ލިބުނު ފަރާތްތަކުން ގަވާއިދާ ހިލާފުވޭތޯ ބެލުމަކީ އެޗްޑީސީގެ ޒިންމާއެއް ކަމަށެވެ. އަދި އެގްރީމަންޓާ ހިލާފުވެގެން އެއްވެސް މީހަކަށް ފިޔަވަޅު އަޅާފައި ނުވާ ކަމަށް ވިދާޅުވި އެވެ.
ފްލެޓް ކުއްޔަށް ދޭ ނަމަ އެންމެ ފުރަތަމަ އެގޮތަަށް އަމަލު ނުކުރުމަށް އަންގައި ޖޫރިމަނާ ކުރެ އެވެ. އަދި ސޯޝަލް ހައުސިންގެ ދަށުން ލިބޭ ފްލެޓް ކުއްޔަށް ދޭ ނަމަ އަތުލުމުގެ ބާރު ވެސް އޮވެ އެވެ.
އެކަމަކު ހުޅުމާލޭ ފޭސް އެކެއްގައި އަޅާފައިވާ ފްލެޓްތައް ލިބުނު މީހުން ވެސް އެ ތަންތަން ކުއްޔަށް ދީގެން އާމްދަނީ ހޯދަ އެވެ. ދުވަހަކު ވެސް މިފަދަ ފްލެޓެއް އަތުލިކަމެއް އެނގިފައެއް ނެތެވެ.
ހިޔާ ފްލެޓްތަކުގެ ގުރުއަތުލުން ކުރިއަށް
މިހުރީ ޓަވަރެއްގައި: ރީތި މަންޒަރެއް އެކަމަކު ހާސްކަން
ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އިއުލާން ކުރަނީ
"4ޓަވަރެއްގައި ލިފްޓު ހަރުކޮށް އޭޕްރީލް މަހު ނިމޭނެ"
ޕާސްޕޯޓް ހިފެހެއްޓީ 50 ގޯތި ވިއްކިކަމަށް ތުހުމަތުކޮށް
ފަޒުލް ބެލީ ހައުސިންގެ ތެރެއިން މައްސަލަ ހައްލުކުރަން
ވެރިފައި ނުކޮށް އެއްވެސް ގޯއްޗެއް ނުދޭ: ފަޒުލް
ގޯތީގެ މައްސަލާގައި ހަރުކަށި އަދަބު ދޭން ގޮވާލައިފި
ހުޅުމާލެ ކިއޮސްކްތައް ދޫކޮށް ބޭނުންކުރަން ފަށައިފި
ކަންބޮޑުވުންތަކާހެދި ކިއޮސްކުގެ ގުރުއަތުލުން ފަސްކޮށްފި