Roadha Mihaaru
ޑެނީގެ ދަރިފުޅުގެ އަލަތު ފިލްމު ނޮވެމްބަރު 12 ގައި

ޑެނީގެ ދަރިފުޅުގެ އަލަތު ފިލްމު އަންނަ މަހުގެ 12 ގައި

31 އޮކްޓޯބަރ 2021

އާންމުކޮށް ހިންދީ ފިލްމުތަކުގައި ނުބައިބައި ރޯލުތައް ކުޅޭ މަޝްހޫރު އެކްޓަރު ޑެނީ ޑެންޒޯންގްޕާގެ ދަރިފުޅު ރިންޒިން ޑެންޒޯންގްޕާ ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ސްކޮޑް" ގެ ޕޯސްޓަރު ހޮނިހިރު ދައްކާލައި، އަންނަ މަހުގެ 12 ގައި އެ ފިލްމު ޒީ5 އިން ޕްރީމިއާ ކުރަން ނިންމިކަން އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާންމުކޮށް ހިންދީ ފިލްމުތަކުގައި ނުބައިބައި ރޯލުތައް ކުޅޭ މަޝްހޫރު އެކްޓަރު ޑެނީ ޑެންޒޯންގްޕާގެ ދަރިފުޅު ރިންޒިން ޑެންޒޯންގްޕާ ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ސްކޮޑް" ގެ ޕޯސްޓަރު ހޮނިހިރު ދައްކާލައި، އަންނަ މަހުގެ 12 ގައި އެ ފިލްމު ޒީ5 އިން ޕްރީމިއާ ކުރަން ނިންމިކަން އިއުލާންކޮށްފި އެވެ.

ފިލްމުގެ ޓްރެއިލާ މާދަމާ އާންމު ކުރަން ނިންމާފައިވާ އިރު މި އެކްޝަން ތުރިލާގެ ބަަތަލާ އަކީ މަލްވިކާ ރާޖެވެ. އޭނާ އަކީ ކަރަން ޖޯހަރްގެ 2001 ގެ "ކަބީ ހުޝީ ކަބީ އަމް" ގައި ކަރީނާ ކަޕޫރްގެ ކުޑައިރުގެ ރޯލު ކުޅުނު ކުއްޖާ އެވެ. "ސްކޮޑް" އަކީ މިހާރު އުމުރުން 28 އަހަރުގެ މަލްވިކާ ވެސް ލީޑް ބަތަލާއެއްގެ ގޮތުގައި ތައާރަފުކުރާ ފިލްމެވެ.

ނިލޭޝް ޒަހީދާ ސަހޭ ލިޔެ، ޑައިރެކްޓްކޮށް އަދި ޕްރޮޑިއުސްކޮށްފައިވާ "ސްކޮޑް" އަކީ ކުޑަ އަންހެން ކުއްޖެއްގެ ވާހަކައެއް ކިޔައިދޭ ވަތަނީ ފިލްމެކެވެ. މީގެ ކާސްޓްގައި ޕޫޖާ ބަޓްރާ އާއި މޯހަން ކަޕޫރާއި އަމިތު ގޯރް ވެސް ހިމެނެ އެވެ.

ޑައިރެކްޓަރު ބުނެފައިވާ ގޮތުގައި ބެލާރުސްގައި ޝޫޓް ކޮށްފައިވާ "ސްކޮޑް" އަކީ ބޮލީވުޑްގެ ފިލްމަކުން އަނެއްކާ ވެސް ވަރަށް ތަފާތު އެކްޝަން މަންޒަރުތަކެއް ދައްކުވައިދޭނެ އިންޓަނޭޝަނަލް ފާޑުވެރިކަން ވަރަށް ބޮޑު ފިލްމަކަށް ވާނެ އެވެ.

އެގޮތުން ހޮލީވުޑްގެ ފިލްމުތައް ކަމަށްވާ "މޭޑް މެކްސް: ފިއުރީ ރޯޑް" އާއި "ކްއަންޓަމް އޮފް ސޮލޭސް" އާއި "ކްލޭޝް އޮފް ދަ ޓައިޓަންސް" ގެ އިތުރުން "ކިންގް އާތާ: ލެޖެންޑް އޮފް ދަ ސްވޯޑް" އަދި "ދަ ވިޗާ 3: ވައިލްޑް ހަންޓް" ފަދަ އުފެއްދުންތަކުގެ ސްޓަންޓް ޑައިރެކްޓަރުން "ސްކޮޑް" ގައި މަސައްކަތް ކޮށްފައިވެ އެވެ. އެހެންވެ "ސްކޮޑް" އިން ރިންޒިންގެ ވަރަށް ވެސް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ދައްކުވައި ދޭނެ އެވެ.

މި ފިލްމު އަންނަ މަހު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި އިރު، ފިލްމު އިއުލާންކުރީ 2018 ގަ އެވެ. ދަރިފުޅު ބޮލީވުޑަށް ނުކުންނަ އިރު ޑެނީ، 73، މިހާރު އަންނަނީ ސޫރަޖް ބަރްޖަތިއާގެ "އޫޗާއީ" ގައި މަސައްކަތް ކުރަމުންނެވެ. އޭގެ ކާސްޓްގައި އަމީތާބް ބައްޗަން، ޕަރިނީތީ ޗޯޕްޅާ، ބޮމަން އިރާނީ، އަނޫޕަމް ކޭރް، ނީނާ ގުޕްތާ އަދި ސާރިކާ ހިމެނެ އެވެ.