މާލޭގެ ސްކޫލެއްގައި ހަތަރު އަހަރުގެ އަންހެން ކުއްޖަކު ފާހާނާއަށް ގެންދަން ހަވާލުކުރުމުން ޖިންސީ އަނިޔާދީފައިވާ މައްސަލައިގައި، އެކަން ކުރި މީހަކު މިހާތަނަށް ވެސް ދެނެގަނެވިފައި ނުވާތީ ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ކަންބޮޑުވެއްޖެ އެވެ.
31 އޮކްޓޯބަރ 2021
މާލޭގެ ސްކޫލެއްގައި ހަތަރު އަހަރުގެ އަންހެން ކުއްޖަކު ފާހާނާއަށް ގެންދަން ހަވާލުކުރުމުން ޖިންސީ އަނިޔާދީފައިވާ މައްސަލައިގައި، އެކަން ކުރި މީހަކު މިހާތަނަށް ވެސް ދެނެގަނެވިފައި ނުވާތީ ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ކަންބޮޑުވެއްޖެ އެވެ.
އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ މީޑިއާތަކުންނާއި އެކި ގޮތްގޮތުން މިހާތަނަށް ލިބޭ މައުލޫމާތުތަކަށް ބަލާއިރު މައްސަލަ ކޮޅެއްގައި ޖެހޭ ތަނެއް ނުފެންނަ ކަމަށެވެ. އެކަން ކުރި ކަމަށް ތުހުމަތުވާ މީހަކު ވެސް ދެނެގަނެވިފައި ނުވާކަން ފާހަގަކުރެއްވި އެވެ.
ރޮޒެއިނާ ކޮމިޓީގައި ހުށަހެޅުއްވީ ކަމާބެހޭ އިދާރާތަކަށް ލިއެގެން ނަމަވެސް އެ މަސައްކަތް ގޮސްފައި އޮތް ހިސާބެއް ހޯދުމަށެވެ. މައްސަލަ ލަސްވާ ނަމަ ސަބަބު ދެނެގަތުމަށް ވެސް އޭނާ ހުށަހެޅުއްވި އެވެ.
އެ ހުށަހެޅުއްވުމަށް ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ ތާއީދު ކުރެއްވުމުން ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދު ވިދާޅުވީ ދެ ދުވަހުގެ ތެރޭގައި އެ މައުލޫމާތު ހިއްސާކުރަން ކަމާބެހޭ އިދާރާތަކުގައި އެދިވަޑައިގަންނަވާނެ ކަމަށެވެ. އަދި ތަހުގީގަށް ލިބުނު ކުރިއެރުމާއި މިފަދަ ކަމެއް ދެ ވަނަ ފަހަރަށް ތަކުރާރުވިޔަ ނުދިނުމަށް އަޅާފައިވާ އަދި އަޅަމުން އަންނަ ފިޔަވަޅުތައް ދެނެގަތުމަށް ކަމާބެހޭ އިދާރާތަކުން ބައްދަލުކުރައްވާނެ ކަމަށެވެ.
އޭގެތެރޭގައި ޖެންޑާ މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ އާއި ފުލުހުން ހިމަނާނެ ކަމަށް ވިދާޅުވި އެވެ. މި ބައްދަލުވުން ބާއްވަން ހަމަޖައްސާފައި އޮތީ މި ހަފުތާ ތެރޭގަ އެވެ.
ސްކޫލުގައި އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ލިބުނު ކަަމަށް ތުހުމަތުކުރަނީ އަންހެން މުވައްޒަފެއްގެ ފަރާތުންނެވެ. އެ ކުއްޖާއަށް އަނިޔާ ލިބިފައިވާކަން ޑޮކްޓަރުގެ ރިޕޯޓުގައިވެ އެވެ.
މި ހާދިސާއާ ގުޅިގެން ސްކޫލުގެ މަސައްކަތު ހުރިހާ އަންހެނުން ވަނީ ސަސްޕެންޑްކޮށްފަ އެވެ.
ދަރިވަރު ހަވާލުކުރެވުނީ ކާކާ ކަން ނޭނގޭ ކަމަށް ސްކޫލުން ބުނާތީ ސީސީޓީވީ ކެމެރާ ހޯދަން ބެލެނިވެރިން ހުށަހެޅިއިރު އެތަނުގައި ކެމެރާއެއް ނެތެވެ. އެކަމަކު ސްކޫލުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި ގިނަ އަދަދެއްގެ ކެމެރާ ސްކޫލުގައި މިހާރު ހަރުކޮށްފައިވާ ކަމަށެވެ.
އާއިލާގެ ކަންބޮޑުވުމަކީ ކުއްޖާއަށް އަނިޔާ ލިބުން މާބޮޑު ކަމަކަށް ނުހަދައި، މުއައްސަސާތައް ބަދުނާމުވެދާނެ ކަމުގެ ބިރަށް އެކަން ނުހިނގާ ކަމެއްގެ ގޮތުގައި ވާހަކަ ދައްކައި ފޮރުވަން މުއައްސަސާތަކުން މަސައްކަތް ކުރުމެވެ.
އާއިލާ އިން "މިހާރު"އަށް ބުނެފައިވާ ގޮތުގައި މިކަހަލަ ތުހުމަތެއް ކުރެވުމުން އަނިޔާ ލިބުނު ކުއްޖާ އާއި އެހެން ކުދިންނަށްޓަކައި ވެސް ވީގޮތް ބެލުމަކީ ސްކޫލާއި އެޑިއުކޭޝަން މިނިސްޓްރީން ވެސް ކުރަން ޖެހޭ ކަމެކެވެ.
އާއިލާ އިން ބުނެފައިވާ ގޮތުގައި ކުއްޖާއަށް އަނިޔާ ލިބުނީ ކާކުގެ ފަރާތުން ކަން ވެސް ނުހޯދި، މި މައްސަލައިގައި ކުއްޖާ އަށް އިތުރު އަނިޔާތަކެއް ލިބި ތައުލީމުން މަހްރޫމުން ފަދަ ހައްގުތައް ދަނީ ގެއްލެމުންނެވެ.
ފުލުހުން ވަނީ މި މައްސަލައިގެ ތަހުގީގަށް ބަޔާންތަކެއް ނަގައިފަ އެވެ.
"ޖިންސީ އަނިޔާގެ ހެކި ނުލިބެނީ ފުލުހުން އަޅާނުލާތީ"
އިތުރު ސިފައިންގެ މީހަކަށް ތުހުމަތު އޮތްކަމެއް ނޭނގޭ
ނުރައްކާ އޮތް އާއިލާތަައް މޮނިޓާކުރަން އަންގަނީ
ސިހުރާއި ރުގްޔާގެ ތެރެއިން ޖިންސީ ގޯނާގެ މައްސަލަތަކެއް
ޖިންސީ ގޯނާގެ ހުރިހާ މައްސަލަތަކެއް ބަލާނަން: މަޖިލިސް
ކުޑަކުއްޖަކާ ބެހުނު މީހަކު 25 އަހަރަށް ޖަލަށް
ޓީޗަރަކު ދަރިވަރުންތަކެއް ގްރޫމްކުރި މައްސަލައެއް
ޖިންސީގޯނާގެ 17 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެއްޖެ
ދަރިންނާ ބެހުނު ބައްޕަ 30 ދުވަހަށް ބަންދުކޮށްފި
ޝަރީއަތް ނިމެންދެން ޓީޗަރު ބަންދަށް!