Roadha Mihaaru
ސަލްމާންގެ ޗުލްބުލް އާއި އަޖޭގެ ސިންގަމް ގުޅިދާނެ

ސަލްމާންގެ ޗުލްބުލް އާއި އަޖޭގެ ސިންގަމް ގުޅިދާނެ

02 ނޮވެމްބަރ 2021

ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމެއްގައި ސަލްމާން ޚާން މަސައްކަތް ކުރުމާ ބެހޭ ގޮތުން ކުރިން ވެސް އެތައް ވާހަކައެއް ދެކެވިފައިވެ އެވެ. މިހާރު އަނެއްކާ ވެސް މިއޮތީ މި ދެ މީހުން އަތު ގުޅައިލަން އުޅޭ ވާހަކަ އެވެ. މި ވާހަކައެއް މި ފަހަރު ދެކެވުނީ އަންނަ ހުކުރު ދުވަހު ރިލީޒްކުރާ ރޯހިތުގެ އާ ފިލްމު "ސޫރިޔަވަންޝީ" ގެ ޕްރޮމޯޓް ކުރަން ސަލްމާން ހޯސްޓްކުރާ "ބިގް ބޮސް 15" ގެ ސެޓްގަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަކްޝޭ ކުމާރު ލީޑް ރޯލު ކުޅެފައިވާ ފިލްމުގެ ޕްރޮމޯޝަނަށް ރޯހިތާ އެކު، ފިލްމުގެ ބަތަލާ ކެޓްރީނާ ކައިފް ވެސް ދިޔަ އެވެ. މި މީހުންގެ ތެރޭގައި ދެކެވުނު ވާހަކަތަކުގެ ތެރެއިން އެންމެ ހާއްސަ ވާހަކައަށްވީ ސަލްމާނާ އެކު މަސައްކަތް ކުރަން ރޯހިތު ކެތްމަދުވެފައި ހުރި ކަމަށާއި ރޯހިތާ އެކު މަސައްކަތް ކުރަން ސަލްމާން ވެސް ބޭނުންވެފައި ހުރި ވާހަކަ އެވެ.

މީގެ ތެރެއިން ދެން އެންމެ ފާހަގަ ކުރެވެނީ ރޯހިތުގެ ކޮޕް ޔުނިވާސްގެ ތެރެއަށް ސަލްމާންގެ "ދަބަންގް" ފްރެންޗައިޒްގެ ކެރެކްޓާ ޗުލްބުލް ޕާންޑޭ ގެނެސްދާނެ ކަމުގެ ވާހަކަ އެވެ. އެގޮތުން އަޖޭގެ ފުލުސް ކެރެކްޓާ ސިންގަމް އާއި ޗުލްބުލްގެ ކްރޮސް-އޯވަ ފިލްމަކަށް ޝައުގުވެރިކަން އޮތް ވާހަކަ ދެކެވުނެވެ. އަޖޭއާ އެކު ރޯހިތު ވަނީ ސިންގަމްގެ ދެ ފިލްމެއް ގެނެސްދީފަ އެވެ. އެއީ 2011 ގެ "ސިންގަމް" އާއި 2014 ގެ "ސިންގަމް ރިޓާންސް" އެވެ.

މީގެ އިތުރުން ރޯހިތުގެ ކޮޕް ޔުނިވާސްގެ ތިން ވަނަ ކެރެކްޓާ އަކީ ރަންވީރު ސިންގްއާ އެކު 2018 ގައި ގެނެސްދިން "ސިމްބާ" އެވެ. އަކްޝޭގެ "ސޫރިޔަވަންޝީ" އަކީ ރޯހިތުގެ ތިން ވަނަ ފުލުސް ކެރެކްޓާ އެވެ.

އެެހެންވެ އޭނާގެ މި ކޮޕް ޔުނިވާސްގެ ތެރެއަށް ސަލްމާންގެ ޗުލްބުލް ގެނެސް ފިލްމެއް ގެނެސްދިނުމަކީ ވަރަށް ތަފާތު އަދި އެހާމެ ހާއްސަ ކަމަކަށް ވާނެ އެވެ. އެހެންވެ ދެން އިންތިޒާރު ކުރަންވީ އަޖޭގެ ސިންގަމް އާއި ސަލްމާންގެ ޗުލްބުލް އެއް ފިލްމަކުން ގެނެސްދޭނެ އިރަކަށެވެ. ސަލްމާންގެ ޗުލްބުލް ކެރެކްޓާއާ އެކު ތިން ފިލްމެއް މިހާތަނަށް ގެނެސް ދީފައިވެ އެވެ.

އެ ދެ ތަރިންނަކީ ކުރިން ވެސް އެކީގައި މަސައްކަތް ކޮށްފައިވާ ބައެކެވެ. އެގޮތުން 1999 ގެ "ހަމް ދިލް ދޭ ޗުކޭ ސަނަމް" އާއި 2009 ގެ "ލަންޑަން ޑްރީމްސް" އަކީ އަޖޭ އާއި ސަލްމާން އެކީގައި މަސައްކަތްކުރި ފިލްމުތަކެވެ.

އަކްޝޭއާ އެކު "ސޫރިޔަވަންޝީ" ގެނެސްދޭ އިރު އެ ފިލްމުގެ ހާއްސަ ފެނިލުންތަކުން އަޖޭ އާއި ރަންވީރު ވެސް އެ މީހުންގެ ފުލުސް ކެރެކްޓާތަކާ އެކީ ފެންނާނެ އެވެ. މި ފިލްމުގެ ފަހުން ރޯހިތު ގެނެސްދޭން އޮތް ފިލްމަކީ މިހާރު ޝޫޓިން ގާތްގަނޑަކަށް ނިމިފައިވާ ރަންވީރުގެ ކޮމެޑީ ފިލްމު "ސާކަސް" އެވެ.