Roadha Mihaaru
ޓްރާންސްޕޯޓުގެ ހިދުމަތް މިނިސްޓަރަށް ލަހެއް ނޫން!

ޓްރާންސްޕޯޓުގެ ހިދުމަތް ލަހެއް ނޫން, ރަނގަޅު ކުރެވިއްޖެ: މިނިސްޓަރު

01 ނޮވެމްބަރ 2021

ޓްރާންސްޕޯޓް އޮތޯރިޓީއަކީ ހިދުމަތް ދިނުމުގައި އެންމެ ލަސް އަދި އެންމެ އުނދަގޫ އެއް ތަން ކަމަށް ޝަކުވާ ބޮޑުވެފައި އޮތަސް އެ ތަނުގެ ހިދުމަތް މިހާރު ލަހެއް ނުވާނެ ކަމަށް މިނިސްޓަރު އާއިޝަތު ނަހުލާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޓްރާންސްޕޯޓް އޮތޯރިޓީއަކީ ހިދުމަތް ދިނުމުގައި އެންމެ ލަސް އަދި އެންމެ އުނދަގޫ އެއް ތަން ކަމަށް ޝަކުވާ ބޮޑުވެފައި އޮތަސް އެ ތަނުގެ ހިދުމަތް މިހާރު ލަހެއް ނުވާނެ ކަމަށް މިނިސްޓަރު އާއިޝަތު ނަހުލާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ، ހިދުމަތް ލަސްވާތީ އާއްމުންގެ ކަންބޮޑުވުންތަކާ ގުޅިގެން، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޓްރާންސްޕޯޓް އޮތޯރިޓީގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި، ލައިސަންސް ލިބުން ލަސްވުމާއި އުޅަނދުތައް ރަޖިސްޓަރީ ކުރުމާއި ކަނޑުދަތުރުގެ ހިދުމަތްތައް ލަސްވެ، ވިޔަފާރިތަކަށް ބުރޫއަރައި ޓްރާންސްޕޯޓް މިނިސްޓްރީއާ މެދު ރައްޔިތުން ނާއުއްމީދުވެ، މާޔޫސްވެފައިވާ ކަމަށް ކޮމިޓީ ފައްޓަވަމުން މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަލާހް ވިދާޅުވި އެވެ.

Transport: Las hidhumathuge namoonaa 1 office

Transport: Las hidhumathuge namoonaa 1 office

The most trusted news source in the Maldives

Mihaaru

ޓްރާންސްޕޯޓުގެ ހިދުމަތްތަކުގައި ރައްޔިތުންނަށް ދިމާވާ އުނދަގޫތަކާއި ކުރާ ޝަކުވާތަކާ ގުޅޭ ގޮތުން "މިހާރު"ގައި ޝާއިއުކުރި ރިޕޯޓް.

އެ ކަންބޮޑުވުމާ ގުޅިގެން، މިނިސްޓަރު ނަހުލާ ވިދާޅުވީ ހިދުމަތް ލަސްވެ ގިނަ ބައެއްގެ ޝަކުވާ ލިބެމުންދާތީ ކަމަށް ބުނެ ކޮމިޓީން ބައްދަލުކުރަން ސިޓީއެއް ލިބުމާ އެކު، ލަސްވަނީ ކޮން ކަމެއްތޯ އަދި ޝަކުވާތަކުގެ ތަފުސީލު ހޯދަން އެދިވަޑައިގަތް ކަމަށެވެ. އެކަމަކު، ބައްދަލުވުމަށް ވަޑައިގަތް އިރު ވެސް އެ ކަމެއް އެނގިވަޑައިނުގަތް ކަމަށާއި އެކަން ސާފުވި ނަމަ ޖަވާބު ދެއްވަން ފަސޭހަވާނެ ކަމަށް ވިދާޅުވި އެވެ.

ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޒިޔާދަށް ލިބިވަޑައިގަތް ފުރުސަތުގައި އޭނާ ހަނދާން ކޮށްދެއްވީ، ޓްރާންސްޕޯޓުގައި ޒަމާންތަކެއް ވަންދެން ހުރި ހަޑި ސާފުކުރަން ދުވަސް ނަގާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާ ކަމެވެ. އެހެން ވިދާޅުވިތާ ވެސް ދެ އަހަރެއްހާ ދުވަސް ފާއިތުވި އިރު ވެސް ހަޑި ސާފުކޮށް، ރައްޔިތުން އެދޭ ވަރުގެ ހިދުމަތެއް ނުދެވުނީ ކީއްވެތޯ ޒިޔާދު އެއްސެވި އެވެ.

މާނައަކީ ހަތަރު ޕަސެންޓުގެ މަސައްކަތް ޕެންޑިންގައި މިވަގުތު މިނިސްޓްރީގައި މަސައްކަތް ކުރެވެމުން ދަނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ހިދުމަތް ލަހެއް ނޫން މިހާރު. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހިދުމަތްތައް ރަނގަޅު ވެސް ކުރެވިއްޖެ. -- ނަހުލާ

މިނިސްޓަރު ނަހުލާ ވިދާޅުވީ، މަގާމާ ހަވާލުވެވަޑައިގަތް ފަހުން މިހާތަނަށް ވަރަށް ގިނަ ކަންކަން ބަދަލުކުރެވިއްޖެ ކަމަށެވެ. ކޮވިޑްގެ އުނދަގޫ ހާލަތުގައި ހިދުމަތް މެދުނުކެނޑި ކުރިއަށް ގެންދަން ހިދުމަތްތައް އޮންލައިން ޕޯޓަލްގެ ތެރެއިން ދޭ ގޮތަށް ބަދަލުކުރެއްވި ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މުއްދަތުގައި 91,060 އަށް ވުރެ ހިދުމަތަށް އެދިފައިވެ އެވެ. މީގެ ތެރެއިން 96 ޕަސެންޓުގެ ހިދުމަތް ނިމިފައިވާ ކަމަށް ވިދާޅުވި އެވެ.

"އޭގެ މާނައަކީ ހަތަރު ޕަސެންޓުގެ މަސައްކަތް ޕެންޑިންގައި މި ވަގުތު މިނިސްޓްރީގައި މަސައްކަތް ކުރެވެމުން ދަނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ހިދުމަތް ލަހެއް ނޫން މިހާރު. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހިދުމަތްތައް ރަނގަޅު ވެސް ކުރެވިއްޖެ،" ނަހުލާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހިދުމަތަށް އެދެން ވެސް ރައްޔިތުންނަށް މިހާރު ފަސޭހަވާނެ ކަމަށެވެ. އެކަމަކު ހިދުމަތް ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށާއި ސަބަބަކީ މުވައްޒަފުން މަދުވުން ކަމަށް ވިދާޅުވި އެވެ.

"21 މުވައްޒަފުން ރާއްޖޭގެ ދަތުރުފަތުރުގެ ހިދުމަތް ޓްރާންސްޕޯޓް އޮތޯރިޓީގައި ދެމުން މި އަންނަނީ،" ނަހުލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހިދުމަތް ދޭން ތިބި މަދު މުވައްޒަފުންނާ މެދު ކަމެއް ގޯސް ވިޔަސް ފިޔަވަޅު އެޅޭކަށް ނޯވެ އެވެ. ސަބަބަކީ އެ ފިޔަވަޅު އަޅައިފި ނަމަ "މުވައްޒަފުން ވަކިކުރާ މިނިސްޓަރެއްގެ ގޮތުގައި ތައްގަނޑު ޖެހުމެ"ވެ.

ބަޔަކު ހިދުމަތް ހޯދަން ޓްރާންސްޕޯޓް އޮތޯރިޓީގައި: އެތަނުގެ ގިނަ ހިދުމަތްތަކެއް އަވަސްކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބަޔަކު ހިދުމަތް ހޯދަން ޓްރާންސްޕޯޓް އޮތޯރިޓީގައި: އެތަނުގެ ގިނަ ހިދުމަތްތަކެއް އަވަސްކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގާނޫނުން 40 އަށް ވުރެ ގިނަ ހިދުމަތް ދޭން މަދު މުވައްޒަފުން ތިބި މައްސަލަ އަށް ހައްލު ހޯދަން މަސައްކަތް ނުކުރައްވަންތޯ އާއި އެތަނުގައި ސިޔާސީ މުވައްޒަފުން އެއީ މިނިސްޓަރު އެދިވަޑައިގެން އައްޔަން ކުރެއްވި ބޭފުޅުންތޯ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އެއްސެވި އެވެ.

މިނިސްޓަރު ޖަވާބުގައި ވިދާޅުވި ގޮތުގައި، ސިޔާސީ ބޭފުޅުން އައްޔަން ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ހިދުމަތް ދޭ މުވައްޒަފުން މަދުވުމުގެ ވާހަކަ ފިނޭންސް މިނިސްޓްރީއާ ހިއްސާ ކުރެއްވި ކަމަށާއި އެކަން އަދި ހަމަނުޖެހި ވަނީ ގަސްދުގައި ކަަމަކަށް ވެސް ގަބޫލު ނުކުރައްވާ ކަމަށް ނަހުލާ ވިދާޅުވި އެވެ.

"މުވައްޒަފުން ނަގަން ހުއްދަތައް ވޭތުވެދިޔަ ފަސް މަހެއްހާ ދުވަހު ދެމުން އަންނަ ކަން އަޅުގަނޑު ފާހަގަކޮށްލަން،" ނަހުލާ ވިދާޅުވި އެވެ.

ސިވިލް ސާވިސް މުވައްޒަފުން މަދުކަމުން، އޭނާ އަށް އެންމެ ގިނަ އެހީތެރިކަން ލިބެނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ސިޔާސީ މުވައްޒަފުންގެ ފަރާތުންނެވެ.

ނަހުލާ ވިދާޅުވީ ހިދުމަތަށް އެދި އެޕްލިކޭޝަންތައް ހުށަހަޅާއިރު، ވަރަށް ގިނައިން ރިޖެކްޓް ކުރަން ކަމަށާއި އެއީ ހިދުމަތް ލަސްވާން ދިމާވާ ސަބަބެއް ކަމަށް ވިދާޅުވި އެވެ.

ގިނަ ފަހަރަށް ހިދުމަތް ލަސްވަނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، މައުލޫމާތު ފުރިހަމަ ނުވެގެންނެވެ.

"ބޯޑުގެ އެހީއެއް، ލަފައެއް ނުލިބޭ"

ޓްރާންސްޕޯޓުގެ ހިދުމަތްތަކާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދެއްކެވި އެ ތަނުގެ ބައެއް އިސްވެރިން ވިދާޅުވެފައިވާ ގޮތުގައި ހިދުމަތް ލަސްވާ ގިނަ ސަބަބުތަކުގެ ތެރޭގައި ސިޔާސީ ބޭފުޅުންގެ މެދުގައި އޮންނަ ހިތްހަމަނުޖެހުންތަކާއި ބޯޑު ނުހިނގުން ހިމެނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ބޯޑު އެކުލަވާލައްވާފައި އޮންނަނީ މިނިސްޓަރުގެ ލަފާގެ މަތިން ދުވަހުން ދުވަހަށް އޮތޯރިޓީ ހިންގުމަށެވެ. އެކަމަކު ބޯޑުގެ ކަންބޮޑުވުމަކީ މިނިސްޓަރުގެ އެއްބާރުލުން ނުލިބުމެވެ.

ބޯޑާ ގުޅޭ ސުވާލު ކޮމިޓީގައި މިއަދު ކުރެއްވުމުން މިނިސްޓަރު ދެއްކެވީ ބޯޑުގެ ގޯސްތަކެވެ.

މިނިސްޓަރު ވިދާޅުވީ ޓްރާންސްޕޯޓުގެ އޮތޯރިޓީގެ ބޯޑުގެ ލަފައެއް އަދި އެހީތެރިކަމެއް ވެސް ނުލިބޭ ކަމަށެވެ. ބޯޑުގެ ޖަލްސާތައް ބޭއްވުމުގެ ފުރުސަތަށް އެދި ސިޓީ ފޮނުވާފައިވާ އިރު، އެއްވެސް އިރެއްގައި ބައްދަލުވުމަށް ދަތި ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވި ގޮތުގައި ބޯޑު ހިނގަމުން ދިޔައީ މިނިވަންކޮށެވެ.

"އަޅުގަނޑަށް ޓެކްނިކަލް އެހީތެރިކަމެއް ލަފައެއް ނުލިބޭތީ އެކަން ދަންްނަވަން،" ނަހުލާ ވިދާޅުވި އެވެ.

ކޮމިޓީ މިއަދު ނިންމައިލީ ދެން އޮންނަ ބައްދަލުވުމަަކަށް ބޯޑުގެ މެމްބަރުން ހާޒިރުކުރާގޮތަށެވެ.