ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ މަގާމުގެ ޒިންމާ އަދާނުކުރައްވާ ކަމަށް ތުހުމަތު ކުރައްވައި އޭނާ ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީ އަށް ހާޒިރު ކުރައްވަން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އިއްޔެ އެދިވަޑައިގެންފި އެވެ.
23 މެއި 2020
ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ މަގާމުގެ ޒިންމާ އަދާނުކުރައްވާ ކަމަށް ތުހުމަތު ކުރައްވައި އޭނާ ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީ އަށް ހާޒިރު ކުރައްވަން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އިއްޔެ އެދިވަޑައިގެންފި އެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ނަހުލާ ހާޒިރު ކޮށް، ސުވާލު ކުރެއްވުމަށް އެދިވަޑައިގެން އެ ކޮމިޓީގެ މުގައްރިރު، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހަށް ފޮނުއްވި ސިޓީގައި ޖާބިރު ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގެ ބަނދަރުތައް ބޭނުން ކުރާނެ ގަވައިދެެއް ޓްރާންސްޕޯޓް މިނިސްޓްރީން އޮތީ ނުހަދައި ކަމަށާއި އެހެންވެ، ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ، ބަނދަރުތައް ބޭނުން ކުރުމުގައި ހަމައެއް ލަމައެއް ނެތް ކަމަށެވެ. މަސްވެރި އުޅަނދު ތަކުގައި ބިދޭސީން ގިނަ ކަމަށް ވެސް ސިޓީގައި ޖާބިރު ވިދާޅުވި އެވެ.
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު. ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ޒިންމާ އަދާނުކުރައްވާ ކަމަށް ތުހުމަތުކުރައްވައި އޭނާ ހާޒިޒުކުރަން ޖާބިރު ވަނީ އެދިވަޑަައިގެންފައި.
"...ވީމާ މިކަން މިގޮތަށް ދިމާވާ ސަބަބު ބެލުމާއި ޒިންމާ އަދާ ނުކުރެވި މިނިސްޓަ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަލްފާޟިލާ އާއިޝަތު ނަހުލާ އޮތަތީ ކޮމިޓީ އަށް ހާޒިރުކޮށް، ސުވާލުކުރަން އަޅުގަނޑު ބޭނުންވާތީ އެކަން ހަމަޖައްސަވައިދެއްވުން އެދި ދެންނެވީމެވެ،" ޑީއާރުޕީގެ ލީޑަރު ޖާބިރުގެ ސިޓީގައި ވެ އެވެ.
ނަހުލާ، މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުކޮށްދެއްވުން އެދި ޖާބިރު ސިޓީ ފޮނުއްވީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީގެ މުގައްރިރަށް ކަމަށް ވިޔަސް މަޖިލީހުގެ އުސޫލަކީ އެފަދަ ކަންތައްތަކުގައި މަޖިލީހުގެ ރައީސަށް ދެންނެވުމެވެ. އެހެންވެ، ޖާބިރުގެ ސިޓީއާ މެދު އަމަލުކުރާނެ ގޮތެއް އަދިއެއް ނޭނގެ އެވެ.
އޮޅުވާލައިގެން ވެހިކަލް ރަޖިސްޓްރީކުރަނީ ބަޔަކާ ގުޅިގެން
ވިލާއާ ގުޅޭ ކަމެއްގައި ބައިވެރިވުމެއް ނޯންނާނެ: ނަހުލާ
ޓްރާންސްޕޯޓުގެ ހިދުމަތް މިނިސްޓަރަށް ލަހެއް ނޫން!
ސިފައިންގެ އުޅަނދުތައް ފުލުހުން ޗެކްކުރާ ސަބަބު ހޯދަނީ
ޓެކްސީ ޑްރައިވަރުންނަށް ސަރުކާރުން އެހީވާނެ: ނަހުލާ
މަސައްކަތް ނުފެންނަނީ ފޮޓޯނުނަގާތީ ކަމަށްވެދާނެ: ނަހުލާ
ނަހުލާ ކޮމެޓީއަށް ހާޒިރު ނުކުރެވޭތީ މެމްބަރުން ރަތަށް!
އޮޓޯ ރިކްޝޯ ރާއްޖޭގައި ދުއްވަން ހުއްދައެއް ނުދޭނެ
"ކުރިން ކޮރަޕްޝަންގެ ހާއްޔެއް، މޫތައް ލުހެލެވިއްޖެ"
ފިއްތުންތަކާ ހެދި ޓްރާންސްޕޯޓުގެ ޕީއެސް އިސްތިއުފާ!