Roadha Mihaaru

އެމެރިކާއިން ދެ މިލިއަން ޑޮލަރުގެ އެހީއެއް ރާއްޖެއަށް

ޔުއެސް އެއިޑުން ރާއްޖަށް އިތުރު ދެ މިލިއަން ޑޮލަރު (30 މިލިއަން ރުފިޔާ)ގެ ހިލޭ އެހީއެއް ދީފި އެވެ.

އެމެރިކާއިން ދެ މިލިއަން ޑޮލަރުގެ އެހީއެއް ރާއްޖެއަށް
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

03 ނޮވެމްބަރ 2021

ޔުއެސް އެއިޑުން ރާއްޖަށް އިތުރު ދެ މިލިއަން ޑޮލަރު (30 މިލިއަން ރުފިޔާ)ގެ ހިލޭ އެހީއެއް ދީފި އެވެ.

މި އެހީ ދީފައިވަނީ ކޮވިޑްގެ ހާލަތުން އަރައިގަަތުމަށް ބޭނުންވާ ލެބޯޓަރީ ކެޕޭސިޓީ އިތުރުކުރުމަށެވެ. މީގެ އިތުރުން އޮކްސިޖަން އިތުރުކުރުމަށާއި ރަށްރަށުގެ ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ފެންވަރު ރަނގަޅު ކުރުމަށް މި އެހީ ބޭނުން ކުރާނެ އެވެ.

ޔޫއެސްއެއިޑްގެ ޑެޕިއުޓީ މިޝަން ޑިރެކްޓާ ޑެބްރާ މޯސެލް ވިދާޅުވީ، ކޮވިޑް ބަލި ކޮންޓްރޯލް ކުރުމަށް ރާއްޖެ އަށް ވީ އެހީގެ ތެރެއިން ސިއްހީ ދާއިރާ އަށް މުހިއްމު ގިނަ ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ.

ކޮވިޑާ ގުޅިގެން މިދިޔަ އަހަރުން ފެށިގެން ހަތް މިލިއަން ޑޮލަރު (107 މިލއަން ރުފިޔާ) ހަރަދުކޮށްފައިވެ އެވެ. މި ފޯރުކޮށްދިން އެހީއާ އެކު ސިއްހީ ހިދުމަތަށް ބޭނުންވާ ތަކެތި ލިބޭނެ އެވެ.

ކޮވިޑާ ގުޅިގެން ރާއްޖެ އަށް ބޭރުގެ އެކި ފަރާތްތަކުން ވަނީ ބޮޑެތި އެހީތައް ދީފަ އެވެ. މިހާތަނަށް 519 މިލިއަން ޑޮލަރު (އަށް ބިލިއަން ރުފިޔާ) އެވެ.