މި ގެއަށް ވަދެވުނީ އެ ދުވަހުގެ އިރުއޮއްސެން ކައިރިވެފައި ހުއްޓަ އެވެ. ގދ. ގައްދޫގައި ތުނޑުކުނާ ވިޔަން އެންމެ މަޝްހޫރު އެކަކު ކަމަށްވާ މަރިޔަމް ފާއިޒާގެ ގެ އެވެ. އޭރު ފާއިޒާ އާއި މިކަމުގައި އޭނާ އަށް އަތްގާތް ކޮށްދޭ ބައިވެރިން މިއަދަށް މަސައްކަތް ނިންމާލައި، ގޯތިތެރެ ސާފުކުރަނީ އެވެ.
06 މާޗް 2025
މި ގެއަށް ވަދެވުނީ އެ ދުވަހުގެ އިރުއޮއްސެން ކައިރިވެފައި ހުއްޓަ އެވެ. ގދ. ގައްދޫގައި ތުނޑުކުނާ ވިޔަން އެންމެ މަޝްހޫރު އެކަކު ކަމަށްވާ މަރިޔަމް ފާއިޒާގެ ގެ އެވެ. އޭރު ފާއިޒާ އާއި މިކަމުގައި އޭނާ އަށް އަތްގާތް ކޮށްދޭ ބައިވެރިން މިއަދަށް މަސައްކަތް ނިންމާލައި، ގޯތިތެރެ ސާފުކުރަނީ އެވެ.
އެ ވަގުތު ގޭގެ ދޮރުމަތީގައި ހުއްޓިލައިގެން ހުރި ފާއިޒާ ބުނީ ދެން މަސައްކަތް ފަށާނީ މާދަމާ ހެނދުނު ކަމަށެވެ. އެއީ ކޮންމެ ދުވަހެއްގެ ވެސް ޝެޑިއުލެވެ. ހެނދުނު މަސައްކަތް ފަށައިގެން ނިންމާލަނީ އިރުއޮއްސޭހާއިރަށެވެ. ބޮޑު އޯޑަރެއް ލިބިއްޖެ ނަމަ ރޭގަނޑު ވެސް އެ މަސައްކަތުގައި އުޅެ އެވެ.
އެއީ އެހާ ގިނަ ވަގުތު ހޭދަކުރަންޖެހޭ ވަރަށް ބުރަ މަސައްކަތެކެވެ.
ފާއިޒާ ވިޔެފައި ހުރި ބައެއް ތުނޑުކުނާތައް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ތުނޑުކުނަލަކީ ގައްދޫގެ ފަހުރެވެ. އެހެންވެ، ގައްދު އަށް އާދެވުމުން ފާއިޒާއާ ބައްދަލު ނުކޮށް ނުވީ އެވެ. ފާއިޒާގެ ވާހަކަ މީގެ ކުރިން ވެސް އަހަރެމެން ގެނެސްދިނީމެވެ. އެކަމަކު، މި ފަހަރު އަހަރެމެން ބޭނުންވީ ފާއިޒާގެ މި ކަވި މަސައްކަތުން އެންމެން އާޝޯހު ކޮށްލާ ގޮތް ބަލައި ވީޑިއޯކޮށްލާށެވެ.
އަހަރެމެންގެ މި ހުށަހެޅުމަށް ވަރަށް އެކުވެރިކަމާ އެކު ފާއިޒާ އިޖާބަދިނެވެ. ޖެހިގެން އައި ދުވަހުގެ ވަރަށް ހެނދުނު އެ ގެއަށް ދާން ދައުވަތު ދިނެވެ.
"ހަމަ ކޮއްކޮމެން ބޭނުން ވަރަކަށް ވީޑިއޯ ނަގައިގެން ދާންވީ،" އޭނާ ބުންޏެވެ.
ފާއިޒާ މި މަސައްކަތް ދަސްކުރީ ވަރަށް ޅަފުރާގައި، އޭނާގެ މަންމަ ކައިރިންނެވެ. މި މަސައްކަތަށް ފަރިތަ ރައްޓެހިގެން އެހީތެރިކަމާ އެކުގަ އެވެ. އުމުރުން މިހާރު 61 އަހަރުގެ ފާއިޒާއަކީ ގައްދޫގައި މި މަސައްކަތް ކުރާ މަދު މީހުންގެ ތެރެއިން އެކަކެވެ. މި މަސައްކަތަށް އެންމެ ކުޅަދާނަ ވެސް އެކަކެވެ.
ފާއިޒާ ވިޔެފައި އޮތް ތުނޑުކުނަލެއްގެ ފޮޓޯއެއް އޭނާގެ ފޯނުން ދައްކާލަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ޖެހިގެން އައި ދުވަހުގެ ހެނދުނު އަހަރެމެން ފާއިޒާގެ ގެއަށް ވަނުމާ އެކު މަސައްކަތް ފެށި އެވެ. އެ މަސައްކަތުގައި އުޅެމުން މިކަން ކުރާގޮތް ކިޔައިދެމުން ދިޔަ އެވެ.
އަހަރެމެންނަށް ފާހަގަވި ގޮތުގައި ތުނޑުކުނަލުގެ ހިތަކީ "ހާ" އެވެ. އެއީ ތުނޑުކުނާ ވިޔުމަށް ބޭނުންކުރާ ހާއްސަ އެއްޗެކެވެ. ހާ ކިޔަނީ ޗަސްބިމުގައި ހެދޭ ގަހަކަށެވެ. ތުނޑުކުނާ ވިޔަން ބޭނުންކުރަނީ ތިރިކޮށް ހެދިފައި ހުންނަ މި ގަހުގެ ބައިތަކެވެ. ނުވަތަ އެ ގަހުގެ ފަތްތަކޭ ވެސް ބުނެވިދާނެ އެވެ.
މި އަތޮޅުގައި ހާ ހައްދަން އެންމެ މަޝްހޫރު ރަށަކީ ފިޔޯރި އެވެ. ފިޔޯރީގައި ހާ ދަނޑުތައް ބައިވަރު އެބައޮތެވެ. ފިޔޯރީގައި ހައްދާ ހާގެ އެންމެ ބޮޑު މާކެޓަކީ ވެސް ގައްދޫ އެވެ. އަހަރެމެން ފިޔޯރީގެ ހާ ދަނޑުތަކަށް ގޮސް މި ހައްދާ ގޮތް ވެސް ބެލީމެވެ. އެކަމަކު، އެ ވާހަކަ އެހެން ދުވަހަކަށް ބާއްވާނީ އެވެ.
މި މަސައްކަތް ކުރަންޏާ ވަރަށް ސިކުނޑި ތަރައްގީވާނެ. ދައްތަމެން ސަރުކާރު ވަޒީފާއިން ރިޓަޔާކުރީމަ 65 އަހަރު ވިޔަސް، މި މަސައްކަތް ހުއްޓާނުލާ ކުރަން. އަބަދުވެސް ސިކުނޑި އަށް ރަނގަޅުވާތީ، ހަމަޖެހުން ލިބޭތީ: ފޫޅުމަޔަކަށް ކުރިން އުޅުނު ވަހީދާ
ތުނޑުކުނާ ވިޔަން ފެށުމުގެ ކުރިން އެންމެ ފުރަތަމަ ކުރާ ކަމަކީ ހާ ފެނަށް އަޅައިގެން ކެއްކުމެވެ. ހާއްސަ އުކުޅުތައް ބޭނުންކޮށްގެން ބޭނުންވާ ކުލައެއް ވެސް އޭގައި ޖައްސަ އެވެ.
ތުނޑުކުނާ ވިޔަން ބޭނުންކުރާ ހާ ކައްކައި އޭގައި ކުލަ ޖެއްސުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ހާ ބޭނުންކުރެވޭ ވަރަށް ތައްޔާރުކުރަން ބައި ގަޑިއެއްހާއިރު ކައްކަން ޖެހެ އެވެ.
ތުނޑުކުނާ ވިޔަން ބޭނުންކުރާ ހާ ކައްކައި، ކަޅުކުލަ ޖައްސައި ހިއްކަން އަޅައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"މިހެން ކައްކާފައި ދެ އަހަރު، ތިން އަހަރު ދުވަހަށް ވެސް ބެހެއްޓޭނެ، ރައްކާކޮށް، ޕެކްކޮށްފައި އެއްވަރަކަށް ވެސް ހަލާކު ނުވެ،" ފާއިޒާ ބުންޏެވެ.
"މިއީ ވަރަށް ބުރަ މަސައްކަތެއް. މީގެ ތެރެއަށް އަތްލައިގެން މި ކުރާ މަސައްކަތުން އަތްވެސް ވަރަށް ހަޑިވާނެ. އަޅުގަނޑު ބުނާނީ މިހާރު ގިނަ ކުދިން މި މަސައްކަތް ނުކުރަނީ ވެސް މިހެން ވީމައޭ. އަދި ގިނަ ވަގުތު އިންތާނގައި އިނދެގެން ކުރާ މަސައްކަތެއް ވެސް ވީމައޭ."
އެކަމަކު، މި މަސައްކަތް ޒުވާން ކުދިންނަށް ދަސްކޮށްދިނުމަށް ފާއިޒާ ވަރަށް މަސައްކަތް ކުރެ އެވެ. މިހާރު ވެސް ރަށުގައި އޭނާ ކުދިންނަށް ކުލާސްތައް ނަގައިދެވެ. މި މަސައްކަތް ކުރާ ގޮތް ވެސް ފޮތެއްގައި ލިޔެގެން ގެންގުޅެ އެވެ. މަގުސަދަކީ ޒުވާން ކުދިން މިކަމަށް ނެރުމެވެ.
ފާއިޒާ ތުނޑުކުނާ ވިޔަނީ: އޭނާ މިކަން ކުރަނީ ގޭގެ ފެންޑާގައި މިކަމަށް ހާއްސަ ހަރެއް ބަހައްޓައިގެން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ހާ ކެއްކުމަށް ފަހު ދެން އޮތީ ވެސް އެހާމެ ބުރަ މަސައްކަތެކެވެ. މި މަސައްކަތުގެ އެންމެ ކަވި ހިސާބެވެ. ތުނޑުކުނާ ވިޔުމެވެ.
ފާއިޒާ ތުނޑުކުނާ ވިޔަނީ ގޭގެ ފެންޑާތެރޭގައި މިކަމަށް ހާއްސަކޮށް ހަދައިފައި ހުރި ހަރެއްގަ އެވެ. އޭނާ މިކަމަށް ވަރަށް ފަރިތަ އެވެ. ބޭނުން ޑިޒައިންތަކަށް ކުނާތައް ގަތައިލަ އެވެ.
ފާއިޒާ ބުނި ގޮތުގައި، މި މަސައްކަތް އޭނާ ކުރަން ފެށިއިރާ ބަލާއިރު މިހާރު ވަރަށް ބޮޑެތި ބަދަލުތައް އަތުވެއްޖެ އެވެ. ޒަމާނީ ވަސީލަތްތަކާ އެކު ކުރިއަށް ވުރެ މަސައްކަތް ލުއިވެއްޖެ އެވެ. އެކަމަކު، އަދިވެސް ފަސޭހަ ކަމެކޭ ނުބުނެވޭނެ އެވެ.
ފާއިޒާ ތުނޑުކުނާ ވިޔަނީ: އޭނާ މިކަން ކުރަނީ ގޭގެ ފެންޑާގައި މިކަމަށް ހާއްސަ ހަރެއް ބަހައްޓައިގެން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ފާއިޒާގެ އެންމެ ގާތް އެކުވެރިޔާ އަދި މި މަސައްކަތުގައި އޭނާގެ އެއް ބައިވެރިޔާ ކަމުގައިވާ އައިމިނަތު ވަހީދާ ބުނީ މިއީ އެ މީހުންނަށް ހަމައެކަނި މަސައްކަތެއް ނޫން ކަމަށެވެ. ކިތައްމެ ބުރަ ކަމަކަށް ވިޔަސް، ކުނާ ވިޔަން ފެށުމުން ސިކުނޑި އަށް ލިބޭ ހަމަޖެހުން ވަރަށް ބޮޑު ކަމަށް އޭނާ ބުންޏެވެ.
"މި މަސައްކަތް ކުރަންޏާ ވަރަށް ސިކުނޑި ތަރައްގީވާނެ. ދައްތަމެން ސަރުކާރު ވަޒީފާއިން ރިޓަޔާކުރީމަ 65 އަހަރު ވިޔަސް، މި މަސައްކަތް ހުއްޓާނުލާ ކުރަން. އަބަދުވެސް ސިކުނޑި އަށް ރަނގަޅުވާތީ، ހަމަޖެހުން ލިބޭތީ،" ފޫޅުމަޔަކަށް ކުރިން އުޅުނު ވަހީދާ ބުންޏެވެ.
"މި ވިޔުމަކީ ވަރަށް ވިސްނައިގެން ކުރަން ޖެހޭ ކަމެއް، އެ ބޭނުންވާ ޑިޒައިނެއް ގެނައުމަށް. ސިކުނޑި ވަރަށް ބޮޑަށް ބޭނުންކުރަން ޖެހޭ."
މި ހުނަރު ބޭނުންކޮށްގެން ފާއިޒާ ވިޔެފައި އޮތް އަތްދަބަހެއް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ފާއިޒާ ބުނީ މިފަހުން މީގެ މާކެޓް ވަރަށް ބޮޑަށް ދަށްވެފައި އޮތުމަށް ފަހު އަނެއްކާވެސް ޑިމާންޑް ރަނގަޅުވާން ފަށާފައިވާ ކަމަށެވެ. ތުނޑުކުނާގެ އޯޑަރުތައް އެންމެ ގިނައިން ލިބެނީ ރިސޯޓުތަކުން ކަމަށް އޭނާ ބުންޏެވެ.
"މިހާރު މިކަން ކުރެވޭ ވަރަށް ވުރެ ގިނައިން އޯޑަރު އާދޭ،" އޭނާ ބުންޏެވެ.
އާންމުކޮށް، އެންމެ ބޮޑުކޮށް ވިޔާ ތިން ފޫޓު، ހަ ފޫޓުގެ ކުނަލެއް ވިއްކަނީ 7،000ރ. އާއި 8،000ރ. އާ ދެމެދުގެ އަގެއްގަ އެވެ. އެއަށް ވުރެ ބޮޑެތި އަދި ކުދި ކުނާތައް ވެސް ވިޔެ އެވެ. އަދި ކުނަލެއް ގަތަން ޖެހޭ ގޮތުން ނުވަތަ ޑިޒައިނާ އެކު ވެސް އަގަށް ބަދަލުތައް އާދެ އެވެ.
"ބައެއް ފަހަރު ބައި ލައްކައިން، ލައްކައިން ވެސް އޯޑަރު ލިބޭ ކުނާ ވިޔަން،" އޭނާ ބުންޏެވެ.
ފާއިޒާ ތުނޑުކުނާ ވިޔަނީ: އޭނާ މިކަން ކުރަނީ ގޭގެ ފެންޑާގައި މިކަމަށް ހާއްސަ ހަރެއް ބަހައްޓައިގެން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މި މަސައްކަތްކުރާ ގޮތް ކިޔައިދިނުމަށް ފާއިޒާ އާއި ވަހީދާ ގަޑިއެއްހާއިރު އަހަރެމެންނާ އެކު ހޭދަކުރި އެވެ. އެ މީހުން ގެންގުޅޭ ތަފާތު އެކި އުކުޅުތައް ކިޔައިދިނެވެ. އެއީ، މިހެން ލިޔުމެއްގައި ލިޔެވޭ ވަރަށް ވުރެ ވެސް މާ ގިނަ ވާހަކަތަކެވެ.
މި މަސައްކަތަށް އެ މީހުންގެ ހިތުގައި އޮތް ލޯބި އެ ކުޑަ ވަގުތުކޮޅުގެ ތެރޭގައި ހާމަވި އެވެ. މި މަސައްކަތުގައި ކުރިމަތިވި ތަފާތު އެކި ކަންކަން ކިޔައިދިނެވެ. ލިބުނު ފިލާވަޅުތަކާއި ދިމާވި މަޖާ ކަންކަން ވެސް މެ އެވެ. އެ އަށް ވުރެ ވެސް ބޮޑަށް އަހަރެމެން ޝައުގުވެރިވީ އެކަކު އަނެކަކަށް ކުރާ އިހުތިރާމެވެ. މި ލިޔުމުގައި އެ ވާހަކަތައް ތަފުސީލުކޮށް ނުހިމެނިޔަސް، ދިރިއުޅުމުގައި އެކި މަރުހަލާތަކުގައި މި މަސައްކަތުން މި ދެ އެކުވެރިން ވަރަށް ހިތްވަރު ހޯދި އެވެ. މި ގުޅުން ދަމަހައްޓައިިދިން ސިއްރަކީ ވެސް މުޅި ގައްދޫ ފަހުރުވެރިވާ ތުނޑުކުނަލެވެ.
މި މަންމަގެ ކެތްތެރިކަމާއި ހިތްވަރަށް ނިމުމެއް ނެތް!
އެނދުގައި އޮންނަންޖެހޭނެއޭ ބުންޏަސް މި ހުރީ ތެދުވެ
ހައްޖު ހަދިޔާއަށް ކާފަ ދިން މުސްހަފުން އަލިވީ ހަޔާތެއް
ހާ ށަވިޔަންޏަށް ފަހު އަމަތު އާންޓީގެ އާ ފިލާވަޅުތަކެއް
ނަސީރު: ޖަރުމަނުން މިލިއަނަރަކަށް ނުވަނީސް ވައްޓާލީ!
ކަނޑުފަޅު ފީނައިގެން އަފްރާހް މި ނަގަނީ "ފައިސާ"
ޒުވާނުންނަށް ޒުވާން ޝައިހެއް
މިއަށް ވުރެ ހިތްދަތިކަމެއް ނެތް: ހުރިހާ ދަރިން މަރު
ކުއްޅަވައް މޮހީޓޯ އިން ލަންދޫ ފަހުރުވެރިކޮށްލި ޖައުފަރު
އެސްޓީއޯއިން ހޯލްސޭލުކޮށް ކާށި ވިއްކަނީ