Roadha Mihaaru
އަސާސީ ބޭސްތައް ނުވިއްކާ ފާމަސީތަކަށް ފިޔަވަޅު އަޅަނީ

އަސާސީ ބޭސްތައް ލިބެން ނެތް ނަމަ، ފާމަސީތަކަށް ފިޔަވަޅު އަޅަނީ

05 ނޮވެމްބަރ 2021

ކޮންމެހެން ލިބެންޖެހޭ އަސާސީ ބޭސްތައް ވިއްކަން ނުހުންނަ ނަމަ، ފާމަސީތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮންމެހެން ލިބެންޖެހޭ އަސާސީ ބޭސްތައް ވިއްކަން ނުހުންނަ ނަމަ، ފާމަސީތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.

އެ އިދާރާ އިން ނެރުނު ބަޔާނެއްގައިވަނީ އަސާސީ ބޭސްތަކުގެ ލިސްޓުގައި ހިމެނޭ ބޭސްތަކަކީ މެދުކެނޑުމެއް ނެތި އަބަދުވެސް ފާމަސީތަކުން ލިބެންޖެހޭ ބޭސްތަކެއް ކަމަށާއި އެކަމަކު އެފަދަ ބައެއް ބޭސްތައް ލިބެން ހުންނަ ކަމުގެ ޝަކުވާ އެ އޮތޯރިޓީއަށް ލިބެމުންދާ ކަމަށެވެ.

އެހެންވެ، އަސާސީ ބޭސްތަކުގެ ލިސްޓުގައި ހިމެނޭ ހުރިހާ ބޭސްތައް އަބަދުވެސް ލިބޭނެ އިންތިޒާމު ހަމަޖައްސަން އިލްތިމާސްކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެ ބޭސްތައް ފާމަސީތަކުގައި ލިބެން ހުންނަ ވަރު ކޮންމެ ތިން މަހަކުން އެއް ފަހަރު އެމްއެފްޑީއޭއަށް ހުށަހަޅަން ޖެހޭނެ ކަމަށް ބަޔާނުގައިވެ އެވެ.

އެމްއެފްޑީއޭ އިން ބުނީ އަސާސީ ބޭސްތައް ލިބެން ނުހުންނަ ފާމަސީތަކާ މެދު އެ އޮތޯރިޓީން ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ.

އެމްއެފްޑީއޭ އިން އެގޮތަށް އެންގިއިރު، ބައެއް ބޭސްތަކުގެ އަގު ކޮންޓްރޯލް ކުރަން ވެސް ސަރުކާރުން ދާދި ފަހުން ވަނީ ނިންމައިފަ އެވެ.