Roadha Mihaaru
ޕިކްނިކް އައިލެންޑުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ކުޑަގިރި ފަޅުގައި ޕިކްނިކް އައިލެންޑުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

06 ނޮވެމްބަރ 2021

ކ. ކުޑަގިރި ފަޅުގައި ތަރައްގީ ކުރާ ޕިކްނިކް އައިލެންޑުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކ. ކުޑަގިރި ފަޅުގައި ތަރައްގީ ކުރާ ޕިކްނިކް އައިލެންޑުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.

މި މަޝްރޫއުގެ ދަށުން ޕިކްނިކް އައިލެންޑް ހަދަން އަށް ހެކްޓަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެ އެވެ.

މިއީ 41.48 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް މި ޕްރޮޖެކްޓުގެ މަސައްކަތް އަންނަ އަހަރުގެ އޭޕްރިލް މަހުގެ ކުރިން ނިންމުމަށް މަސައްކަތް ކުރާ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވި އެވެ.

ޕިކްނިކް އައިލެންޑުގެ މަސައްކަތް ތާރީހަށް ނިންމަން މަސައްކަތް ކުރާމެ ކަމަށް ބުނެ އާޒިމް ކުރެއްވި ޓްވީޓް--

ޕްލޭނިން މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 150 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މިދިޔަ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފުތާގަ އެވެ.

މާލެއާ ގާތްގަނޑަކަށް 10.5 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަގިރި ފަޅުގައި ދެ ރަށް ހިއްކަން ވަނީ ރާވައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އަށް ހެކްޓަރުގެ ޕިކްނިކް އައިލެންޑާއި ސޭންޑްބޭންކެއް ގޮތަށް ހަދާ 1.5 ހެކްޓަރުގެ ރަށެކެވެ. އެކަމަކު ސޭންޑްބޭންކް ހެދުމުގެ މަސައްކަތް އަދި ހަވާލެއް ނުކުރެ އެވެ.

ރާއްޖޭގެ އެކި ރަށްތަކުގައި އެމްޓީސީސީން މަޝްރޫއުތައް ހިންގަމުން އަންނައިރު މިއަހަރުގެ މިހާތަނަށް އެ ކުންފުނިން ވަނީ 17 މަޝްރޫއެއްގެ މަސައްކަތް ނިންމައިފަ އެވެ.