މީހުންގެ ސިފަ އާއި ފިންގަޕްރިންޓުން އެ މީހުންނާ ބެހޭ ހުރިހާ މައުލޫމާތެއް ހޯދައިލެވޭ ގޮތަށް ޑާޓާ ބޭހެއް ހަދަން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުން ލަފާދޭން ނިންމައިފި އެވެ.
07 ނޮވެމްބަރ 2021
މީހުންގެ ސިފަ އާއި ފިންގަޕްރިންޓުން އެ މީހުންނާ ބެހޭ ހުރިހާ މައުލޫމާތެއް ހޯދައިލެވޭ ގޮތަށް ޑާޓާ ބޭހެއް ހަދަން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުން ލަފާދޭން ނިންމައިފި އެވެ.
ރާއްޖޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ސައިންސް އަދި ކޮމިއުނިކޭޝަން ދާއިރާގެ ހާލަތު ދެނެގަންނަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ހެދި އެސެސްމަންޓަކަށް ފަހު މި މަހުގެ އެކެއްގައި އެކުލަވައިލި ރިޕޯޓްގައިވާ ގޮތުން، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މިހާރު ނުކުރެވި ހުރި ގިނަ ކަންތައްތަކެއް ކުރަން މަޖިލީހުން ސަރުކާރަށް ލަފާ ދޭނެ އެވެ.
އައިޓީ ދާއިރާ އޮޮތް ގޮތް ބަލަން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން އެސެސްމެންޓެއް ހެދީ އެ ކޮމިޓީގެ މެމްބަރު އަދި ދިއްގަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިކްރާމް އެކަަމަށް އެދިވަޑައިގެން ހުށަހެޅުއްވުމުންނެވެ. އެ ދާއިރާގެ ހާލަތު ދެނެގަތުމަށް، ފުޅާ ދާއިރާއެއްގައި ކަމާ ބެހޭ އެންމެހާ މުއައްސަސާތަކާ މަޝްވަަރާ ކުރުމަށް ފަހު ކޮމިޓީން އެކުލަވައިލި ރިޕޯޓްގައި އޮތީ ތަފާތު ތިން ކެޓަގަރީއަކުން މަސައްކަތްތަކެއް ކުރަން ސަރުކާރަށް ލަފާދޭން މަޖިލީހުން ފާސްކުރަން އެދޭށެވެ.
އެއީ ޓެކްނޮލޮޖީގެ ދާއިރާ އާއި ކޮމިއުނިކޭޝަންގެ ދާއިރާ އާއި ޕްލޭނިންް ދާއިރާ އެވެ.
- ދައުލަތުގެ އިދާރާތަކަށް ބޭނުންވާ ހުރިހާ ސޮފްޓްވެއާތައް ޑިޒައިންކުރުމަށާއި ތަރައްގީކުރުމަށް، މުޅި ނިޒާމު އެއް ނެޓްވޯކަކުން ގުޅާލާފައިވާ ޑިޖިޓަލް އެޖެންސީއެއް ގާއިމްކުރުން.
- ދައުލަތުގެ އިދާރާތަކުގެ އައިޓީ މުވައްޒަފުން، ޑިޖިޓަލް އެޖެންސީގެ ދަށަށް ގެނެސް، (ވާޗުއަލްކޮށް) އެއް ތަނެއްގައި މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
- މީހާގެ ސިފަ އާއި ފިންގަޕްރިންޓުން، އެމީހާގެ އައިޑެންޓިޓީ ވެރިފައިކުރެވޭ، އަދި މީހާގެ ހާލަތު ބަދަލުވަމުން އަންނަ ގޮތް، އެމީހަކު އަމިއްލައަށް އަޕްޑޭޓްކުރެވޭ ގޮތަަށް ސެންޓްރަލް ޑާޓާބޭހެއް ގާއިމްކުރުން.
- އައިޓީ ދާއިރާގެ މުވައްޒަފުން ވަޒީފާތަކުގައި ހިފެހެއްޓުމަށް ޓަކައި އެކަށީގެންވާ މުސާރައެއް ލިބޭ ގޮތަށް މުސާރައިގެ އޮނިގަނޑު ހެދުން.
ރާއްޖޭގެ އައިޓީ ދާއިރާގެ ހާލަތު ދެނެގަތުމަށް ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މިދިޔަ އަހަރު އޮކްޓޯބަރުމަހުން ފެށިގެން ކުރިއަށް ގެންދިޔަ އެސެސްމެންޓްގައި ދައުލަތުގެ ގިނަ އިދާރާތަކެއްގެ ކަމާ ބެހޭ މުވައްޒަފުންނާ ބައްދަލުކޮށް މައުލޫމާތު އެއްކޮށްފައި ވެ އެވެ. ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުން އިންފޮމޭޝަން ޓެކްނޮލޮޖީއަށް ހަރަދުކުރާ ވަރު ވެސް ކޮމިޓީން ބެލި އެވެ. ކޮމިޓީގެ އެސެސްމެންޓްގައި ފާހަގަކުރެވުނު ގިނަ މައްސަލަތަކެއް ވެސް ރިޕޯޓްގައި ހިމަނާފައި ވެ އެވެ.
ކޮމިޓީއަށް ފާހަގަ ކުރެވުނު ކަމަށް ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ސައިންސްގެ ދާއިރާއިން މަސައްކަތްކުރަމުން އަންނަނީ އެންމެ ފައިދާހުރި ގޮތަކަށް ނޫނެވެ. އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ޓެލެކޮމިއުނިކޭޝަން އަދި ސައިންސަށް ހާއްސަ މިނިސްޓްރީއަކާއި ނެޝަނަލް ސެންޓަފޯ އިންފޮމޭޝަން ޓެކްނޮލޮޖީ ހުރުމާއި އެކުގައި ރައީސް އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރެއް ވެސް ހުރުމުން މަސައްކަތުގެ ދާއިރާ ފުށު އަރާ ކަން ފާހަގަކުރެވުނު ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.
ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ ރިޕޯޓް، ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ފޮނުވާާނީ މަޖިލީހުގެ ތަޅުމުގައި އެ ރިޕޯޓަށް ބަހުސްކޮށް ފާސްކުރުމަށް ފަހުގަ އެވެ.
އީޖާދުތައް ހިމާޔަތްކުރާ ޕޭޓެންޓް ގާނޫނެއް ހަދަނީ
"ޓްރޭޑްމާކް ބިލަކީ ވިޔަފާރިތަކަށް ބޮޑު ކާމިޔާބީއެއް"
ބަޖެޓް ހުށަހަޅާ ޖަލްސާ މާދަމާއަށް ތާވަލުކޮށްފި
ޑީބީއެމް ވަރަށް އަވަހަށް އޮޕަރޭޝަނަލައިޒް ވާނެ: ސައީދު
ގިނަ ދަރިން ހޯދަން ބާރުއަޅަން އިނާޔަތް ދޭން ގޮވާލައިފި
ޕިރަމިޑް ސްކީމްތަކާއި ސްކޭމްގެ މައްސަލަތައް ބަލަނީ
ސޯޝަލް މީޑިއާގައި ބޭއަދަބީ އަމަލު ހިންގާތީ މަޖިލީހަށް
"ގައުމު މި ހާލަތަށް ވައްޓާލީ ކުރީގެ ސަރުކާރުތަކުން"
މައުލޫމާތުގެ ގާނޫނު އިސްލާހުކުރަނީ ހުރަސް އަޅާކަށްނޫން
ޖޭއެސްސީ ބަދަލުކޮށް، މެމްބަރުން ލިމިޓްކުރަން އިސްލާހެއް