Roadha Mihaaru
ނާސާގެ ޖައްވީ އުޅަނދެއް ޖައްވީ ހިލަގަނޑަކަށް މުޑިއަރުވާލަނީ

ނާސާގެ ޖައްވީ އުޅަނދެއް ޖައްވީ ހިލަގަނޑަކަށް މުޑިއަރުވާލަނީ

09 ނޮވެމްބަރ 2021

ޖައްވުގެ ތެރޭގައި ދަތުރުކުރާ ޖައްވީ ހިލަގަނޑެއް (އެސްޓްރޮއިޑް) ގައި ޖައްސައި މުޑިއަރުވާލުމަށްޓަކައި، މި މަހުގެ ތެރޭގައި ހާއްސަ ޖައްވީ އުޅަނދެއް ޖައްވަށް އުދުއްސާލާނެ ކަމަށް، އެމެރިކާގެ ޖައްވީ ދިރާސާތަކާ ބެހޭ އިދާރާ ނާސާ އިން ބުނެފި އެވެ.

ނާސާ އިން ބުނި ގޮތުގައި ޖައްވީ އުޅަނދެއް ޖައްވީ ހިލަގަނޑަކާ މުޑިއަރުވައިލަނީ، ޖައްވުގެ ތެރެއިން އެފަދަ ހިލަގަނޑެއް މި ބިމާ މުޑިއެރުމަށް އަންނަ ހާލަތެއްގައި، މި ބިން ދިފާއުކުރުމަށް ކުރެވިދާނެ ކަންތައް ދެނެގަތުމުގެ ގޮތުންނެވެ.

"ޑަބަލް އެސްޓްރޮއިޑް ރީޑައިރެކްޝަން ޓެސްޓު" (ޑާޓް)ގެ ނަން ދީފައިވާ މި މަޝްރޫއުގައި، ޖައްވީ އުޅަނދު މުޑިއަރުވައިލާނީ، މި ބިމަށް އޭގެ ނުރައްކަލެއް ނެތްކަން ކަށަވަރު ކުރެވިފައިވާ ޖައްވީ ހިލަގަނޑެކެވެ. ނާސާ އިން އުންމީދު ކުރަނީ، ޖައްވީ އުޅަނދު ބާރު ދުވެލީގައި ގޮސް، ޖައްވީ ހިލަގަނޑާ މުޑިއެރުމުން، އެ ހިލަގަނޑު ދަތުރުކުރާ މިސްރާބު ބަދަލުވެގެން ދާނެ ކަމަށެވެ.

ނާސާ އިން މިމަހުގެ 23 ވަނަ ދުވަހު ޖައްވަށް ފޮނުވާ، ޑަބަލް އެސްޓްރޮއިޑް ރީޑައިރެކްޝަން ޓެސްޓު (ޑާޓް( ގެ ނަން ދީފައިވާ ޖައްވީ އުޅަނދު މުޑިއަރުވާލުމަށް ހަމަޖެހިފައިވާ ޖައްވީ ހިލަގަނޑު ދައްކައިދޭ ކުރެހުމެއް. ފޮޓޯ ނާސާ

އަޖުމަބެލުމުގެ ގޮތުން ކުރާ މި މަސައްކަތް ކާމިޔާބު ވެއްޖެ ނަމަ، މި ބިމާ މުޑިއަރައިފާނެ ކަމަށް ބެލެވޭ ޖައްވީ ހިލަގަނޑުތަކާ ދެކޮޅަށް ބޭނުންކުރެވިދާނެ ޓެކްނޮލޮޖީއެއް އީޖާދުކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ އެވެ.

މިކަމަށްޓަކައި އުފައްދާފައިވާ ޖައްވީ އުޅަނދު ޖައްވަށް ފޮނުވައިލުމަށް ނިންމާފައިވަނީ، ސްޕޭސްއެކްސް ފެލްކަން 9ގެ ރޮކެޓެއްގައި، މިމަހުގެ 23 ވަނަ ދުވަހު އެވެ. ކެލިފޯނިއާގައި ހުންނަ ޖައްވީ އުޅަނދު އުދުއްސާ އެކުވެނިން، ރޮކެޓްގެ އެހީގައި ޖައްވީ އުޅަނދު ޖައްވުގެ ތެރެއަށް ފޮނުވައިލުމުން، މި މަސައްކަތުގައި ބޭނުންކުރާ ޖައްވީ ހިލަގަނޑާ ހަމައަށް ފޯރާނީ އަހަރެއްހާ ދުވަހުންނެވެ.

މި އަޖުމަބެލުމުގައި ބޭނުންކުރުމަށް ނިންމާފައިވާ ޖައްވީ ހިލަގަނޑަކީ، ޑިޑީމޮސް ކިޔާ ޖައްވީ ހިލަގަނޑެއްގެ ވަށައިގެން ހަނދެއްގެ ގޮތުގައި ބުރު ޖަހަމުންދާ، ޑިމޯފޮސްގެ ނަން ދީފައިވާ ޖައްވީ ހިލަގަނޑެކެވެ. ޑިޑީމޮސް ކިޔާ ހިލަގަނޑު ބުރުޖަހަމުން ދަނީ މި ބިމާ 11 މިލިއަން ކިލޯމީޓަރު ދުރުގައިވާ ބުރުޖެއްގަ އެވެ.

ޖައްވީ ހިލަގަނޑެއް

ޖައްވީ ހިލަގަނޑެއް

ޖައްވީ އުޅަނދު ދުއްވާފައި ގޮސް، ޑިމޯފޮސްއާ މުޑިއަރުވައިލާނީ މިއަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ނުވަތަ އޮކްޓޫބަރު މަހުގެ ދުވަހެއްގަ އެވެ.

ނާސާގެ ސައެންސްވެރިން ބުނާ ގޮތުގައި ޖައްވުގެ ތެރޭގައި ދަތުރުކުރަމުންދާ ހިލަގަނޑުތަކަކީ، އަޖުމަބެލުމުގެ މިފަދަ ކަމެއް ކުރަން އެންމެ ރަނގަޅު މާހައުލެވެ. އަދި މިއީ މިބިމަށް ވެއްޓޭ ހިލަގަނޑެއްގެ ސަބަބުން މިބިމުގެ ދައުރުވުމަށް ނުވަތަ ދަތުރުކުރާ މިސްރާބަށް ބަދަލެއް އަތުވެދާނެކަން ނުވަތަ ނޫންކަން ދެނެގަތުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ވެސް، ޖައްވީ ހިލަގަނޑެއްގައި ގަސްދުގައި އުޅަނދެއް ޖެއްސުން ކަމަށް ވެސް ނާސާ އިން ބުނެ އެވެ.

ދުނިޔެ ދަތުރުކުރަމުންދާ ބުރުޖާ ކައިރިން ދަތުރުކުރާ ޖައްވީ ހިލަގަނޑުތަކުގެ ތެރެއިން،މި ބިމަށް ވެއްޓިދާނެ ކަމަށް ބެލެވޭ ހިލަގަނޑުތަކުގެ ތެރޭގައި 140 މީޓަރަށް ވުރެ ބޮޑު ހިލަގަނޑެއް މިހާތަނަށް ހޯދިފައި ނެތް ކަމަށް، ނާސާ އިން ބުނެ އެވެ.