12 ޑިސެމްބަރ 2022
އިންސާނުން ހަނދަށް ގެންދިއުމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ފަށާފައިވާ "އާޓެމިސް" ޕްރޮގްރާމްގެ ދަށުން، މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ހަނދުގެ ކައިރިއަށް ފޮނުވި ޖައްވީ އުޅަނދު (ކެޕްސޫލް) އޮރިއަން، އިއްޔެ އެނބުރައި ބިމަށް ގެނެސްފި އެވެ.
އިންސާނުން ހަނދަށް ގެންދިއުމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ފަށާފައިވާ "އާޓެމިސް" ޕްރޮގްރާމްގެ ދަށުން، މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ހަނދުގެ ކައިރިއަށް ފޮނުވި ޖައްވީ އުޅަނދު (ކެޕްސޫލް) އޮރިއަން، އިއްޔެ އެނބުރައި ބިމަށް ގެނެސްފި އެވެ.
އޮރިއަން ކެޕްސޫލްގެ ޖައްވީ ދަތުރު ފުރިހަމަ ކުރުމަށް ފަހު އެނބުރި ބިމަށް ތިރިކުރީ، އެމެރިކާ ގަޑިން އިއްޔެ ހެނދުނު 9:40ގައި ޕެސިފިކް ކަނޑުގެ ތެރެއަށެވެ. އޮރިއަންގެ މި ދަތުރުގައި ހަނދުގެ ފަލަކަށް ދަތުރުކުރީ، އިންސާނުންގެ އެވްރެޖް ބަރުދަނާއި ބައްޓަމަށް އުފައްދައި، މައުލޫމާތު އެއްކުރުމުގެ ބޭނުމުގައި އޭގައި ތަފާތު ސެންސަރުތައް ހަރުކޮށްފައިވާ ތިން ބުދެވެ.
Splashdown.
— NASA (@NASA) December 11, 2022
After traveling 1.4 million miles through space, orbiting the Moon, and collecting data that will prepare us to send astronauts on future #Artemis missions, the @NASA_Orion spacecraft is home. pic.twitter.com/ORxCtGa9v7
އޮރިއަންގެ މިދަތުރު ނިންމައި ބިމަށް ތިރިކުރުމަށްޓަކައި މި ބިމުގެ ވައިގެ ފަށަލައިގެ ތެރެއަށް ވަދެގެން އައީ ގަޑިއަކު 39400 ކިލޯމީޓަރުގެ ބާރުމިނުގަ އެވެ. އެ ބާރުމިނުގައި ބިމުގެ ވައިގެ ފަށަލައިގެ ތެރެއަށް ވަދެގެން އަންނާނީ، 2760 ޑިގްރީ ސެލްސިއަސްގެ ހޫނުގެ ތެރެއިންނެވެ.
އާޓެމިސް 1ގެ މި ދަތުރުގައި އޮރިއަން ކެޕްސޫލް ޖައްވުގައި ހޭދަކުރި 25 ދުވަހުގެ ތެރޭގައި، ހަނދުގެ ފަލަކުގައި ދަތުރުކޮށް، ހަނދުގެ ބިންގަނޑާ 127 ކިލޯމީޓަރަށް ކައިރި ކުރި އެވެ. އޮރިއަންގެ މި ދަތުރުގައި މި ބިމާ އެންމެ ދުރަށް ދިޔައީ، މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން، މި ބިމުން ފެށިގެން 434500 ކިލޯމީޓަރު ދުރަށެވެ.
This is a live view of the Earth from a distance of 15,000 miles away.
— NASA (@NASA) December 11, 2022
The @NASA_Orion spacecraft is mere hours away from arriving home. #Artemis pic.twitter.com/jyq7Hnv0Zp
އޮރިއަންގެ މި ދަތުރާ ބެހޭ ގޮތުން ނާސާގެ އެޑްމިނިސްޓްރޭޓާ ބިލް ނެލްސަން ވިދާޅުވީ އެޕޯލޯގެ ދަތުރުތަކުގައި ނާސާ އިން ކުރި ކަމަކީ، ކުރުން މުސްތަހީލު ކަންކަން، ކުރެވޭނެ ކަންކަމަށް ހެދުން ކަމަށެވެ.
"މިހާރު އަނެއްކާ އަހަރެމެން މި ކުރަނީ އެ ކަންތައް. ނަމަވެސް މުޅިން ތަފާތު މަގްސަދެއްގައި. ސަބަބަކީ، މިފަހަރު އަހަރެމެން ހަނދަށް އެނބުރި މި ދަނީ، އިތުރު ހޯދުންތައް ހޯދުމަށްޓަކައި ޖައްވަށް ދިއުމުގެ ގޮތުން، ހަނދުގައި ދިރިއުޅޭނެ ގޮތް ދަސްކޮށް، އެތަނުގައި މަސައްކަތްކޮށް، އުފެއްދުންތައް އުފައްދައި އީޖާދުތައް ކުރަން،" ބިލް ނެލްސަން ވިދާޅުވި އެވެ.
We're back after a 1.4 million mile journey around the Moon. pic.twitter.com/f3e5Ov1M2E
— Orion Spacecraft (@NASA_Orion) December 11, 2022
"އަހަރެމެންގެ ރޭވުމަކީ 2030ގެ ފަހުކޮޅުގެ އަހަރުތަކުގައި މާސް އަށް ދަތުރުކޮށް، އަދި އެއަށް ވުރެ ވެސް ދުރަށް ދަތުރުކުރުން."
އަޖުމަ ބެލުމުގެ ގޮތުން ނާސާ އިން މިފަހަރު ފޮނުވި އޮރިއަން ކެޕްސޫލްގެ އެންމެ ބޮޑު ބޭނުމަކީ، ބިމުގެ ވައިގެ ފަށަލައިގެ ތެރެއަށް އެނބުރި ވަންނައިރު، ކުރިމަތިވާ ގަދަފަދަ ހޫނުން އެ ކެޕްސޫލާއި އޭގެ އެތެރޭގައި ތިބޭ ޖައްވީ ފަޅުވެރިން ރައްކާތެރިކުރުމަށް އޭގެ ދަށް ފަރާތުގައި ލާފައިވާ ފަށަލައިގެ އަޖުމަ ބެލުމެވެ. އޮރިއަންގެ ދަށް ފަރާތުގައި ލާފައިވާ ފަށަލަ އުފައްދާފައިވަނީ، މީގެ ކުރިން ޖައްވަށް ގޮސް އެނބުރި އައުމަށް ބޭނުންކުރި އުޅަނދުތަކުގައި ބޭނުންކުރި ފަށަލަތަކުގެ ލިބުނު ތަޖުރިބާގެ އަލީގައި މުޅިން އާ ގޮތަކަށް ފަރުމާ ކުރި ފަށަލައެކެވެ.
އާޓެމިސް 1 ގެ ދަތުރު ރޭވިފައިވާ ގޮތް
ޖައްވީ އުޅަނދު އޮރިއަން ހަނދުގެ ފަލަކަށް މި ކުރި ދަތުރުން އެނބުރި ބިމަށް އައި ތާރީޚަކީ، އެންމެ ފަހުން ހަނދަށް ދިޔަ އިންސާނުން ހަނދަށް ފޭބިތާ 50 އަހަރު ފުރުނު ދުވަހެވެ. އިންސާނުން ހަނދަށް ގެންދިއުމަށް ނާސާ އިން ފެށި އެޕޯލޯ ޕްރޮގްރާމްގެ ދަށުން، އެންމެ ފުރަތަމަ އިންސާނުން (ނީލް އާމްސްޓްރޯންގް، ބަޒް އެލްޑްރިން) ހަނދަށް ފޭބީ ޖުލައި 20، 1969ގައި ކުރި އެޕޯލޯ 11ގެ ދަތުރުގަ އެވެ.
އޭގެ ފަހުން ނޮވެމްބަރު 14-24، 1969 ގައި ކުރި އެޕޯލޯ 12ގެ ދަތުރުގައި، އެމެރިކާގެ އެހެން ދެ އެސްޓްރޮނޯޓެއް، ނޮވެމްބަރު 14، 1969 ގައި ހަނދަށް ފައިބައި ހަނދުގައި އެއް ދުވަހާއި ހަތް ގަޑިއިރު ހޭދަކުރި އެވެ. އަދި ފެބްރުއަރީ 1971 ގައި ކުރި އެޕޯލޯ 14ގެ ދަތުރުގައި ވެސް އެމެރިކާގެ ދެ އެސްޓްރޮނޯޓުން، ފެބްރުއަރީ 5، 1971 ގައި ހަނދަށް ފޭބި އެވެ.
އާޓެމިސް 2 ގެ ދަތުރު ރޭވިފައިވާ ގޮތް
މީގެ އިތުރުން، ޖުލައި 26-އޮގަސްޓް 7، 1971ގައި ކުރި އެޕޯލޯ 15ގެ ދަތުރުގައި ވެސް އެމެރިކާގެ ދެ އެސްޓްރޮނޯޓުން ހަނދަށް ފައިބައި ދިރާސާތައް ކުރި އެވެ. އޭގެ ފަހުން، އެޕްރީލް 16-27، 1972 ގައި ކުރި އެޕޯލޯ 16ގެ ދަތުރުގައި ވެސް ދެ އެސްޓްރޮނޯޓުން ހަނދަށް ފައިބައި، ހަނދުގައި 71 ގަޑިއިރު ހޭދަކުރި އެވެ.
އެޕޯލޯ ޕްރޮގްރާމްގެ ކާމިޔާބު ފަސް ދަތުރަށް ފަހު، އެޕޯލޯ ސިލްސިލާގެ ދަށުން އެންމެ ފަހުން އިންސާނުން ހަނދަށް ފޭބީ، ޑިސެމްބަރު 7-19، 1972ގައި ކުރި އެޕޯލޯ 17ގެ ދަތުރުގައި، ޑިސެމްބަރު 11 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިހާތަނަށް އެއްވެސް އިންސާނަކު ހަނދަކަށް ނުފައިބަ އެވެ.
އާޓެމިސް 3 ގެ ދަތުރު ރޭވިފައިވާ ގޮތް
އާޓެމިސް ޕްރޮގްރާމަކީ، އިންސާނުން އެންމެ ފަހުން ހަނދަށް ދިޔަތާ 50 އަހަރު ފަހުން، އަނެއްކާ ވެސް އިންސާނުން ހަނދަށް ގެންދިއުމަށް، ތިން މަރުހަލާއެއްގެ މައްޗަށް ނާސާ އިން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. ނާސާއާ އެކުގައި މި ޕްރޮގްރާމްގައި ބައިވެރިވަނީ، ޔޫރަޕިއަން ސްޕޭސް އޭޖެންސީ (އީއެސްއޭ) އާއި ޖަޕާން އައެރޯސްޕޭސް އެކްސްޕްލޮރޭޝަން (ޖޭއޭއެކްސްއޭ) އާއި ކެނެޑިއަން ސްޕޭސް އޭޖެންސީ (ސީއެސްއޭ) އެވެ.
އިންސާނުން ހަނދަށް ގެންދިއުމަށް ނާސާ އިން ފަށާފައިވާ އާޓެމިސް ޕްރޮގްރާމްގައި ހިމެނެނީ މައިގަނޑު ތިން ފިޔަވައްސެކެވެ. އޭގެ ތެރެއިން އިއްޔެ މި ފުރިހަމަވީ އާޓެމިސް 1 އެވެ. މި މަރުހަލާގައި އޮތީ، ހަނދަށް އިންސާނުން ގެންދިއުމަށް އީޖާދު ކުރި ޖައްވީ އުޅަނދު، އޮރިއަން، މީހުންނާ ނުލައި ހަނދަށް ފޮނުވައި، ހަނދުގެ ފަލަކުގައި ވަށައިގެން ބުރެއް ޖެހުމަށް ފަހު، އަނބުރައި ބިމަށް ގެނައުމެވެ.
އާޓެމިސް 2 ގައި އޮރިއަން ޖައްވަށް ދާނީ ތިން އެސްޓްރޮނޯޓުން ގޮވައިގެންނެވެ. އެ ދަތުރުގައި ބައިވެރިވާ އެސްޓްރޮނޯޓުން ހަނދަށް ނުފައިބައި، ދިރާސާ ދަތުރެއްގައި ހަނދުގެ ފަލަކުގައި ވަށައިގެން ބުރެއް ޖެހުމަށް ފަހު، އެނބުރި ބިމަށް އަންނާނީ އެވެ. އާޓެމިސް 3ގެ ދަތުރުގައި އޮރިއަންގައި ދާ އެސްޓްރޮނޯޓުން ހަނދަށް ފައިބާނެ އެވެ.
10 އަހަރު ތެރޭ ހަނދުގައި ދިރިއުޅެން ފެށިދާނެ
ނާސާ ހަނދަށް ދިއުމުގެ ދަތުރު ފަށައިފި
އާޓެމިސް ޖައްވަށް އުދުއްސައިލުން އަނެއްކާވެސް ފަސްކޮށްފި
އެމެރިކާ އަނެއްކާ ހަނދަށް ދަނީ
ހަނދު ވަށައި ބުރެއް ޖަހަން ފޮނުވާ ޓީމް ހާމަކޮށްފި
ނާސާ އިން ހަނދަށް ފޮނުވާ ރޮކެޓް ދައްކާލައިފި
އީލޮން، ބެޒޯސް އަށް:ކޯޓަށް ދިޔަޔަސް ހަނދަށް ނުދެވޭނެ
އެންމެ ބޮޑު މަހުޖަނު ނާސާ އަށް ދައުވާކޮށްފި
ހަނދަށް ދާ އުޅަނދަށް ބްލޫ އޮރިޖިނުން އާ ހުށަހެޅުމެއް
ހަނދަށް ފޮނުވާ ބުދަށް ކިޔާނެ ނަމެއް ހޮވަނީ