Roadha Mihaaru
ފިލްމު ކްރޫއަކު މަރުވުން "ރަސްޓް" ގެ ޓީމަށް ދައުވާ

ފިލްމު ސެޓްގައި ހިނގި މަރާ ގުޅިގެން "ރަސްޓް" ގެ ޓީމަށް ކްރޫ މެމްބަރަކު ދައުވާކޮށްފި

12 ނޮވެމްބަރ 2021

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އެލެކް ބޯލްޑްވިންގެ ފިލްމު "ރަސްޓް" ގެ ސެޓްގައި މިދިޔަ މަހު ބަޑިއެއް ގެންގުޅެނިކޮށް އެލެކް އަށް ނޭނގި ނޭދުވުނު "ހަމަލާއެއްގައި" ފިލްމުގެ ސިނަމޮޓޯގްރާފަރު މަރުވުމުން ފިލްމުގެ ކްރޫ މެމްބަރަކު އެލެކް ހިމެނޭ ގޮތަށް އޭގެ ޓީމަށް ދައުވާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އެލެކް ބޯލްޑްވިންގެ ފިލްމު "ރަސްޓް" ގެ ސެޓްގައި މިދިޔަ މަހު ބަޑިއެއް ގެންގުޅެނިކޮށް އެލެކް އަށް ނޭނގި ނޭދުވުނު "ހަމަލާއެއްގައި" ފިލްމުގެ ސިނަމޮޓޯގްރާފަރު މަރުވުމުން ފިލްމުގެ ކްރޫ މެމްބަރަކު އެލެކް ހިމެނޭ ގޮތަށް އޭގެ ޓީމަށް ދައުވާކޮށްފި އެވެ.

ފިލްމުގެ ކްރޫގައި ޗީފް ލައިޓުން ޓެކްނިޝަނެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ސާޖީ ސްވެޓްނޯއި ލޮސް އެމެރިކާގެ ލޮސް އެންޖަލިސްގެ ކޯޓަކަށް ހުށަހެޅި މައްސަލާގައިވާ ގޮތުން ދައުވާލިބޭ މީހުންގެ ތެރޭެގައި އެލެކްގެ އިތުރުން ފިލްމުގެ ޕްރޮޑިއުސަރުންނާއި އެސިސްޓެންޓް ޑައިރެކްޓަރު ޑޭވިޑް ހޯލްސް އާއި ފިލްމުގެ ހަތިޔާރުތަކާ ހަވާލުވެގެން ހުރި ހަނާ ގުޓިރޭޒް ހިމެނެ އެވެ.

ދައުވާގައި ބުނެފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ނިއު މެކްސިކޯގައި ފިލްމުގެ އަންހެން ސިނަމޮޓޯގްރާފަރު ހަލީނާ ހަޗިންސްގެ މަރުވެ، އެތައް ބަޔަކު ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލީ "ރަސްޓް" ގެ ޓީމުންގެ ޒިންމާދާރުކަން ކުޑަކަމުން ކަމަށެވެ.

ހަލީނާއާ އެކު ސާޖީ.

ހަލީނާއާ އެކު ސާޖީ.

އަސްލު ހަތިޔާރާއި ވަޒަން ސެޓަށް ގެނެސް އެ އެޗިއްސާ ކުޅެމުން ދިޔަ އިރު، ރައްކާތެރިކަމުގެ ގޮތުން ހަރުދަނާ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށާއި އަދި ހަލީނާ މަރުވި ހާދިސާ އަކީ ފިލްމުގައި މަސައްކަތް ކުރަމުން ދިޔަ އެތައް ބަޔަކަށް ނަފުސާނީ ގޮތުން ވެސް ބަލިކަށި ކޮށްލި ކަމެއް ކަމަށް ދައުވާގައިވެ އެވެ.

ދައުވާގައިވާ ގޮތުން ފިލްމުގެ ސެޓަށް ހަތިޔާރުތައް ގެނެސް އެ އެއްޗެހި ރަނގަޅަށް ބަލަހައްޓައި، ރައްކާކުރެވޭނެ އިންތިޒާމުތަކެއް ވެސް ޕްރޮޑިއުސަރުން ހަމަޖައްސަ ދިފައި ނެތް އިރު، އެ އެއްޗެހި ގެންގުޅުނީ އުސޫލުތަކާ ވެސް ހިލާފަށެވެ. އެވެ. އަދި އެއީ ޒިންމާދާރުކަން ކުޑަކަމުގެ އިންތިހާ ކަމަށް ބުނެފައިވެ އެވެ.

ސާޖީ ބުނި ގޮތުގައި ހަލީނާގެ ގަޔަށް ވަޒަން އެރި ހާދިސާގައި އޭނާގެ ވެސް ސަލާމަތްވީ ހަމަ ކިރިޔާ އެވެ. އެ ހާދިސާގައި ފިލްމުގެ ޑައިރެކްޓު ޖޮއެލް ސޫޒާ ވެސް ޒަހަމްވެ، އެޑްމިޓްކޮޑް ފަރުވާދިނެވެ.

ހަލީނާ މަރުވި ހާދިސާ ހިނގި "ރަސްޓް" ގެ ސެޓް.

ހަލީނާ މަރުވި ހާދިސާ ހިނގި "ރަސްޓް" ގެ ސެޓް.

ސާޖީ ބުނީ އޭނާ އަކީ ހަލީނާއާ އެކު މިހާތަނަށް ނުވަ ޕްރޮޖެކްޓެއްގައި މަސައްކަތްކުރި ވަރަށް ކުޅަދާނަ ސިނަމަޓޯގްރާފަރެއް ކަމަށާއި އޭނާގެ ވަކިވުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. އަދި މިކަމުގެ ހުރިހާ ޒިންމާއެއް ފިލްމުގެ އިސް ޓީމުން ނަގަން ޖެހޭ ކަމަށް ބުންޏެވެ.

ސާޖީ ބުނީ "ރަސްޓް" ގެ ސެޓްގައި ހަތިޔާރުތައް ގެންގުޅުނު ގޮތާ މެދު ކަންބޮޑުވެ ބިރުހީވެގެން އެ ވާހަކަ ޕްރޮޑަކްޝަން ޓީމްގައި އިސްކޮށް މަސައްކަތް ކުރަމުން ދިޔަ އެތައް ބައެއްގެ ގާތުގައި އެ ވާހަކަ ދެއްކި އެވެ. އެކަމަކު މީހެއްގެ ފުރާނަ ގެއްލިގެން ދިޔައީ އެއިން އެއްވެސް ކަމަށް ފިލްމުގެ ޓީމުން އަޅާނުލައި ފަރުވާ ކުޑަކޮށްލުމުން ކަމަށް ބުންޏެވެ.

ސާޖީ އާއި އޭނާގެ ވަކީލު ގެރީ ޑޯޑިކް.

ސާޖީ އާއި އޭނާގެ ވަކީލު ގެރީ ޑޯޑިކް.

ސާޖީގެ ދައުވާއާ ގުޅިގެން ގުޓިރޭޒްގެ ވަކީލު ޖޭޒަން ބޯލްސް ވިދާޅުވީ އެ ދައުވާ ގުޓިރޭޒްގެ މައްޗަށް ނުކުރެވޭ ކަމަށާއި އެ ހާދިސާ ހިނގި ތަނަކަށް ފުލުހުން ދިޔަ އިރު ވެސް އެއީ އެތައް "ގަޑުބަޑެއް" ހިނގާފައި އޮތް ކަމަށެވެ. އެހެންޗެ ދައުވާ އަކީ ގުޓިރޭޒް ފްރޭމްކުރަން ކުރާ ދައުވާއެއް ކަމަށް ވިދާޅުވި އެވެ.

"ރަސްޓް" ގެ ސެޓްގައި ހިނގި ހާދިސާ އަށް ފަހު، ފިލްމީ ސެޓްތަކުގެ ރައްކާތެރިން ކަށަވަރުކޮށް ދޭން އެ އިންޑަސްޓްރީގައި މަސައްކަތްކުރާ އެތައް ބަޔަކު މިހާރު އަންނަނީ ގޮވާލަމުންނެވެ. އަދި އެ ހާދިސާ ކަމާ ބެހޭ ފަތާތްތަކުން އަންނަނީ ތަހުގީގު ކުރަމުން އަންނަ އިރު، އެލެކް ވަނީ ތަކުރާރުކޮށް މާފަށް އެދި، ހަލީނާގެ އާއިލާއާ އެކީގައިވާ ކަމަށް ބުނެފަ އެވެ.