Roadha Mihaaru
ޓްރަޕްމްގެ ބަޔޮޕިކްގައި އޭނާގެ ރޯލަށް ސެބަސްޓިއަން

ޓްރަޕްމްގެ ހަޔާތަށް ހަދާ ފިލްމުގައި އޭނާގެ ރޯލަށް ސެބަސްޓިއަން

01 ޑިސެމްބަރ 2023

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަޕްމްގެ ހަޔާތަށް ހަދާ ފިލްމުގައި އޭނާގެ ރޯލު ކުޅުމަށް ހޮލީވުޑްގެ އެކްޓަރު ސެބަސްޓިއަން ސްޓޭން ހަމަޖައްސައިފި އެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަޕްމްގެ ހަޔާތަށް ހަދާ ފިލްމުގައި އޭނާގެ ރޯލު ކުޅުމަށް ހޮލީވުޑްގެ އެކްޓަރު ސެބަސްޓިއަން ސްޓޭން ހަމަޖައްސައިފި އެވެ.

"ދަ އެޕްރެންޓިޝް" ކިޔާ އެ ފިލްމުގެ ޝޫޓިން މި ހަފުތާގައި ވަނީ ފަށައިފަ އެވެ. މި ފިލްމުގައި ސްޓާ ކާސްޓެއް ހިމެނޭ ކަމަށް ރިޕޯޓްތައް ބުންޏެވެ.

މި ފިލްމުގައި ދައްކާނީ ޓްރަމްޕް ނިއު ޔޯކްގައި އޭނާގެ ރިއަލް އެސްޓޭޓް ވިޔަފާރި ފަށައި އެ ވިޔަފާރި ފުޅާކުރި ގޮތެވެ. އަދި އޭނާ މަހުޖަނަކަށް ވި ގޮތެވެ.

"ދަ އެޕްރެންޓިޝް"ގެ ޑައިރެކްޓަރަކީ "ޝެލީ" އާއި "ބޯޑާ" ކަހަލަ ފިލްމުތައް ގެނެސްދިން އީރާނުގެ ޑައިރެކްޓަރު އަލީ އައްބާސީ އެވެ. މިދިޔަ އަހަރު އޭނާ ޑައިރެކްޓުކުރި "ހޯލީ ސްޕައިޑާ" އަށް ވަނީ އޮކްސް އެވޯޑުގެ ނޮމިނޭޝަނެއް ވެސް ލިބިފަ އެވެ. އަދި މި އަހަރު އެޗްބީއޯ އިން ގެނެސްދިން ސީރީޒް "ދަ ލާސްޓް އޮފް އަސް"ގެ ދެ އެޕިސޯޑު ވެސް އޭނާ ޑައިރެކްޓުކުރި އެވެ.

މި ފިލްމުގެ ވާހަކަ ލިޔުނީ ފޮކްސް ނިއުސްގެ ޖާނަލަސްޓް ގެބްރިއަލް ޝާމަން އެވެ.

ސެބަސްޓިއަން މަޝްހޫރުވީ މާވެލް ސްޓޫޑިއޯސްގައި އޭނާ ކުޅުނު ބާކީ ބާނާސްގެ ރޯލުންނެވެ. އޭނާ އަކީ ރޮމޭނިއަން-އެމެރިކަން އެކްޓަރެކެވެ.

މި ފިލްމުގެ ކާސްޓުގައި ދެން ހިމެނޭ ތަރިންނަކީ ޖެރެމީ ސްޓްރޯންގް އާއި މާރިއާ ބަކަލޯވާ އެވެ.