Roadha Mihaaru
ބޯލްޑްވިންގެ އަތުން ފިލްމު ސެޓްގައި މަރެއް

އެކްޓަރު ބޯލްޑްވިންގެ އަތުން ފިލްމު ސެޓެއްގައި މަރެއް

23 އޮކްޓޯބަރ 2021

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އެލެކް ބޯލްޑިވިން ފިލްމު ސެޓެއްގައި ބަޑިއެއް ގެންގުޅެނިކޮށް އޭނާގެ އަތުން ހިނގި ހާދިސާއެއްގައި ފިލްމު ކްރޫގެ މެމްބަރަކު ބުރާސްފަތި ދުވަހު މަރުވެ ފިލްމުގެ ޑައިރެކްޓަރު ވެސް ޒަހަމްވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އެލެކް ބޯލްޑިވިން ފިލްމު ސެޓެއްގައި ބަޑިއެއް ގެންގުޅެނިކޮށް އޭނާގެ އަތުން ހިނގި ހާދިސާއެއްގައި ފިލްމު ކްރޫގެ މެމްބަރަކު ބުރާސްފަތި ދުވަހު މަރުވެ ފިލްމުގެ ޑައިރެކްޓަރު ވެސް ޒަހަމްވެއްޖެ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި "ރަސްޓް" ކިޔާ ފިލްމުގެ ސެޓްގައި ހިނގި ހާދިސާގައި މަރުވީ ފިލްމުގެ ސިނަމަޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ޔުކްރޭނަށް އުފަން އެމެރިކާގެ ހަލީނާ ހަޗިންސް، 42، އެވެ. މި ހާދިސާއާ ގުޅިގެން ވަގުތުން އެނާ ހެލިކޮޕްޓަރެއްގައި ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ލިބުނު ޒަހަމްތަކާ އެކު ހަލީނާ މަރުވެފައިވެ އެވެ. މި ހާދިސާގައި ޒަހަމްވި ފިލްމުގެ ޑައިރެކްޓަރު ޖޮއެލް ސޫޒާ، 48، އަށް އަންނަނީ ހޮސްޕިޓަލްފައި ފަރުވާ ދެމުންނެވެ. އެކަމަކު އޭނާ އަށް ސީރިއަސް ގެއްލުމެއް ނުލިބެ އެވެ.

މި ހާދިސާ ފުލުހުން މިހާރު ތަހުގީގު ކުރަމުން ދިޔަ، ނަމަވެސް އިތުރު އެއްވެސް ތަފުސީލެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

ބޯލްޑްވިން ބަޑިއާ ކުޅެނިކޮށް "ދެވުނު ހަމަލާގައި" މަރުވި ހަލީނާ އަކީ މިދިޔަ އަހަރުގެ ސުޕަހީރޯ މިސްޓްރީ ތުރިލާ "އާކްއެނެމީ" ގެ ވެސް ސިނަމަޓޯގްރާފެރެވެ. އޭނާގެ މަރާ ގުޅިގެން އެ ފިލްމުގެ ޑައިރެކްޓަރު އެޑަމް އިޖިޕްޓް މޯޓިމާ ހިތާމަ ފާޅުކޮށް ޓްވީޓް ކޮށްފައިވެ އެވެ.

ސެޓްގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ބޯލްޑްވިންގެ ތަރުޖަމާނު އެސޯސިއޭޓް ޕްރެސް (އޭޕީ) އަށް ވިދާޅުވީ އެކްޓަރުގެ އަތުން ވަޒަން ޖެހުނީ ބަޑިއާ ކުޅެނިކޮށް ނޭނގުމެއްގެ ތެރޭގައި ކަމަށެވެ.

ހަލީނާގެ މަރާ ގުޅިގެން އިންޓަނޭޝަނަލް ސިނަމަޓޯގްރަފާސް ގިލްޑް އިން ނެރުނު ބަޔާނެއްގައި ބުނީ ފިލްމު ސެޓެއްގައި ސިނަމަޓޯގްފަރަރަކު މަރުވި ޚަބަރަކީ ވަރަށް ވެސް ހިތްދަތި ހިތާމަވެރި ޚަބަރެއް ކަމަށެވެ.

"މި ހާދިސާއާ ބެހޭ އިތުރު ތަފުސީލު ހޯދުމަށް އަހަރެމެން މި އަންނަނީ މަސައްކަތް ކުރަމުން." ގިލްޑްގެ ރައީސް ޖޯން ލިންޑްލީ ވިދާޅުވި އެވެ.