އިންޑިއާއިން ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރުކޮށް، އެ ގައުމުގައި ރާއްޖެއަށް އޮތް މަގުބޫލުކަން އިތުރުކުރަން އެމްއެމްޕީއާރުސީން ކެމްޕޭނެއް ފަށައިފި އެވެ.
12 ނޮވެމްބަރ 2021
އިންޑިއާއިން ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރުކޮށް، އެ ގައުމުގައި ރާއްޖެއަށް އޮތް މަގުބޫލުކަން އިތުރުކުރަން އެމްއެމްޕީއާރުސީން ކެމްޕޭނެއް ފަށައިފި އެވެ.
މިދިޔަ ހަފުތާގައި މި ކެމްޕޭން ފެށީ އިންޑިއާގެ ޓްރެވަލް އެޖެންސީއެއް ކަމަށްވާ "ޔާތުރާ" އާއި އެ ގައުމުގެ އެއާލައިނެއް ކަމަށްވާ "ގޯ ފަސްޓް" އާ ގުޅިގެންނެވެ. މި ކެމްޕޭނު ތިން މަސް ދުވަހަށް ކުރިއަށްދާނެ އެވެ.
މި ކްމެޕޭނުގެ ދަށުން، ރާއްޖެއަކީ ރައްޖާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރާނެ އެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ޕްރޮޑަކްޓުތަކަށް ކަމަށްވާ، ރިސޯޓާއި ގެސްޓު ހައުސް އާއި ހޮޓަލާއި ލިވަބޯޑު އިޝްތިހާރުކޮށް ރާއްޖޭން ލިބެން ހުންނަ ތަޖުރިބާތައް ވެސް ޕްރޮމޯޓުކުރާނެ އެވެ.
މި ކެމްޕޭނުން އިންޑިއާގެ 5.8 މިލިއަނަށް ވުރެ ގިނަ މީހުންނަށް ރާއްޖެ އިޝްތިހާރު ވާނެ ކަމަށާއި އަލަށް 7،383 ބުކިން ލިބޭނެ ކަމަށް އެމްއެމްޕީއާރުސީން ލަފާކުރެ އެވެ.
އިންޑިއާ އަކީ މިހާރު ވެސް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. މިއަހަރުގެ މިހާތަނަށް އެ ގައުމުން 238،290 ޓޫރިސްޓުން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފަ އެވެ. މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ 22 ޕަސެންޓެވެ.
މިއަހަރުގެ މިހާތަނަށް 1.06 މިލިއަން ޓޫރިސްޓުން ވަނީ ރާއްޖެ ޒިޔާރަތްކޮށްފަ އެވެ.
ބޮލީވުޑްގެ ފަންނާނުންނާ އެކު ރާއްޖެ ޕްރޮމޯޓްކޮށްފި
"އަހަރު ނިމޭ އިރު އިންޑިއާ ޓޮޕް ތިނަކަށް ގެންނާނަން"
ޒުވާން ދެމަފިރިންގެ ހަނީމޫން ވީ ސަޕްރައިޒަކަށް
ރާއްޖެ އިޝްތިހާރު ކުރަން މިފަހަރު އިންޑިއާގެ ނޫސްވެރިން
އިންޑިއާގެ ސާޓޭ ފެއާގައި ރާއްޖެ އިން ބައިވެރިވެއްޖެ
ގޮންޖެހުންތަކާއެކު ވެސް ޝިއުރީގެ ޔަގީންކަން ބޮޑު
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ބޮޑު ހަރަކާތެއް!
ޓޫރިޒަމުން 5 ބިލިއަން ޑޮލަރު ހޯދަން އަމާޒު ހިފައިފި
ރާއްޖޭގައި ފިލްމުތައް ޝޫޓްކުރަން ބޮލީވުޑަށް ރައީސްގެ ހާއްސަ ދައުވަތެއް!
"މާސްޓަ ޝެފް" ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަނީ