Roadha Mihaaru
ނެޓްބޯލް އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަނަކަށް ކުޅުދުއްފުށި

ގްރީން ބަލިކޮށް ނެޓްބޯލް އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަންކަން ކުޅުދުއްފުށި ހޯދައިފި

13 ނޮވެމްބަރ 2021

ފައިނަލްގައި ކްލަބު ގްރީން ސްޓްރީޓް ބަލިކޮށް ނެޓްބޯލް އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ޔޫތު އެންޑް ރެކްރިއޭޝަން ކްލަބް ހޯދައިފި އެވެ.

ފައިނަލްގައި ކްލަބު ގްރީން ސްޓްރީޓް ބަލިކޮށް ނެޓްބޯލް އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ޔޫތު އެންޑް ރެކްރިއޭޝަން ކްލަބް ހޯދައިފި އެވެ.

އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗު ކުޅުދުއްފުށި ކާމިޔާބު ކުރީ 44-36 އިންނެވެ.

ކުޅުދުއްފުށި ފައިނަލަށް ދަތުރުކުރީ އެފްސީ ޝައިނިން ސްޓާގެ މައްޗަށް 39-31 އިން ކާމިޔާބު ހޯދައިގެންނެވެ. ގްރީން ސްޓްރީޓް ފައިނަލަށް ދަތުރުކުރީ ސެމީގައި ޔޫތު ޔުނައިޓެޑް ސްޕޯޓްސްގެ މައްޗަށް 56-36 އިން ކާމިޔާބު ހޯދައިގެންނެވެ.

މިބާރާތުގައި 10 ޓީމު ވާދަކުރި އެވެ. މުބާރާތް ކުރިއަށް ގެންދިޔައީ ދެ ގުރޫޕަށް ބަހަލައިގެންނެވެ. ސެމީ އަށް ދަތުރުކުރީ ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ޓީމެވެ.

މިއީ ކޮވިޑް19 އާ ގުޅިގެން ސޯޝަލް ސެންޓަރުގެ އިންޑޯ ބޭނުން ކުރިން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ހުއްޓާލި ފަހުން ސޯޝަލްގައި ބޭއްވި ފުރަތަމަ މުބާރާތެވެ.

މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިންޑޯ ހޯލް ބޭނުން ކުރަމުން ދިޔައީ ކޮވިޑްގެ ވެކްސިން ސެންޓަރެއްގެ ގޮތުގަ އެވެ. ކުޅިވަރުތަކަށް އިންޑޯ ހޯލް ދޫކޮށްލަން ހެލްތު މިނިސްޓްރީން ނިންމީ، ނެޓްބޯލް އެސޯސިއޭޝަނާއި ވޯލީބޯލް އަދި ބާސްކެޓްބޯލް އެސޯސިއޭޝަނުން ހޯލް ހުސްކޮށް ދިނުމަށް ސްޕޯޓްސް މިނިސްޓްރީގައި އެދުމުންނެވެ.