Roadha Mihaaru
ނެޓްބޯޅައިގައި ރާއްޖޭން  އިންޑިއާ ވެސް ބަލިކޮށްފި

ގައުމީ ނެޓްބޯޅަ ޓީމުން މުބާރާތް ބާއްވާ ގައުމު އިންޑިއާ ވެސް ބަލިކޮށްފި

22 އޮކްޓޯބަރ 2024

އޭޝިއާގެ ނެޓްބޯޅަ މުބާރާތުގައި ރާއްޖޭން، މުބާރާތް ބާއްވާ ގައުމު އިންޑިއާ ވެސް ބަލިކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އޭޝިއާގެ ނެޓްބޯޅަ މުބާރާތުގައި ރާއްޖޭން، މުބާރާތް ބާއްވާ ގައުމު އިންޑިއާ ވެސް ބަލިކޮށްފި އެވެ.

ބެންގަލޫރުގައި ކުރިއަށްދާ މުބާރާތުގައި އިއްޔެ، އިންޑިއާއާ ދެކޮޅަށް ރާއްޖޭން ކާމިޔާބު ހޯދީ ހަތް ޕޮއިންޓްގެ ތަފާތަކުންނެވެ. ރާއްޖޭން 55 ޕޮއިންޓް ހޯދި އިރު އިންޑިއާ އަށް ހޯދުނީ 48 ޕޮއިންޓެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖޭން ވަނީ ސައުދީ އަރަބިއާގެ މައްޗަށް 61 ޕޮއިންޓްގެ ފަރަގަކުން ކާމިޔާބު ހޯދައިފަ އެވެ.

އެކަމަކު ރާއްޖޭގެ ދެވަނަ މެޗުގައި މެލޭޝިއާ އަތުން ބަލިވީ 64-28 ންނެވެ.

މިއަދު ރާއްޖޭން ނުކުންނާނީ ފިލިޕީންސާ ދެކޮޅަށެވެ.

މުބާރާތުގައި 14 ޓީމަކުން ބައިވެރިވި އެވެ. އެންމެ ފަހު ޗެމްޕިއަނަކީ ލަންކާ އެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ވެސް ލަންކާ އެވެ. އެ ޓީމުން ވަނީ އޭޝިއާގެ ޗެމްޕިއަންކަން ހަ ފަހަރު ހޯދައިފަ އެވެ.