ފައިނަލްގައި ކުޅުދުއްފުށީ ޔޫތު ރެކްރިއޭޝަން ކްލަބުގެ މައްޗަށް ކާމިޔާބު ހޯދައި، ކްލަބް ގްރީން ސްޓްރީޓުން ގައުމީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިފާއުކޮށްފި އެވެ.
06 ޑިސެމްބަރ 2021
ފައިނަލްގައި ކުޅުދުއްފުށީ ޔޫތު ރެކްރިއޭޝަން ކްލަބުގެ މައްޗަށް ކާމިޔާބު ހޯދައި، ކްލަބް ގްރީން ސްޓްރީޓުން ގައުމީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިފާއުކޮށްފި އެވެ.
އެންމެ ފަހުން ގައުމީ ނެޓްބޯޅަ މުބާރާތް ބޭއްވީ، 2019 ގަ އެވެ. އެ އަހަރުގެ މުބާރާތް ވެސް ގްރީން އިން ކާމިޔާބު ކުރީ ފައިނަލްގައި ކުޅުދުއްފުށި ބަލި ކުރުމަށް ފަހު އެވެ. ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު ނެޓްބޯޅައިގެ އެއްވެސް މުބާރާތެއް ބާއްވައިފައެއް ނުވެ އެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި ރޭ ކުޅުނު ފައިނަލް މެޗު، ގްރީން އިިން ކާމިޔާބުކުރީ 20 ޕޮއިންޓްގެ ބޮޑު ތަފާތަކުންނެވެ. އެ ޓީމުން ވަނީ 52 ޕޮއިންޓް ހޯދައިފަ އެވެ. ކުޅުދުއްފުށީ ޓީމަށް ހޯދުނީ 32 ޕޮއިންޓެވެ. އެންމެ ގިނަ ޕޮޮއިންޓް ހޯދައިގެން ކްއީން އޮފް ދަ މެޗުގެ މަގާމު ހޯދީ ކުރީގެ އެއްވަނަ ކުޅުންތެރިޔާ ގްރީންގެ އާއިޝަތު ނާޒިމާ އެވެ.
ގްރީން ސްޓްރީޓުގެ ކުޅުންތެރިން ގައުމީ މުބާރާތުގެ ތަށި ދިފާއު ކުރުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: ގްރީން
ގްރީންއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބުކޮށްގެންނެވެ. މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި އެ ޓީމުގެ ދެ ކުޅުންތެރިން ވަނީ ހިމެނިފަ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ގްރީންގެ ރީމް ޝާމް އެވެ. މިދިޔަ މަހު ބޭއްވި އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ވެސް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އޭނާ ވަނީ ހޯދައިފަ އެވެ.
އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ގްރީންގެ އަނެއް ކުޅުންތެރިޔަކީ ސްރީ ލަންކާގެ ކުރީގެ ގައުމީ ކެޕްޓަން ގަޔާނީ ޑިސަޔަނަކަ އެވެ.
ފައިނަލްގެ ކާމިޔާބަށް ފަހު ގްރީންގެ ކޯޗު ލޫނާ މޫސާ ބުނީ މުބާރާތަށް އޭނާގެ ޓީމު ތައްޔާރުވުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. އޭނާ ބުނީ 2019 ގައި އޮތް ޓީމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވުމުން ކުޑަ ވަގުތު ކޮޅެއްގެ ތެރޭ މުބާރާތަށް ތައްޔާރުވުމުގައި ދަތިތަކެއް ހުރި ކަމަށެވެ.
"އެކަމަކު މުޅި މުބާރާތުގައި ކުޅުންތެރިން ކުރި މަސައްކަތާ ނެރުނު ހިތްވަރާމެދު ފަހުރުވެރިވަން،" ލޫނާ ބުންޏެވެ.
ނެޓްބޯޅަ މުބާރާޓުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ކުޅުދުއްފުށި ޓީމެވެ. ފައިނަލްގައި އެ ޓީމު ކާމިޔާބު ހޯދީ ކްލަބު މެޓްރިކްސް ބަލި ކުރުމަށް ފަހު އެވެ.
ނެޓްބޯޅައިގެ ދެވަނަ ޑިވިޝަންގެ ތަށި ނެޓާސްއިން ހޯދައިފި
ގައުމީ ފައިނަލްގައި ކުޅުދުއްފުށްޓާއި ގްރީން ސްޓްރީޓްސް
ނެޓްބޯލް އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަނަކަށް ކުޅުދުއްފުށި
ގައުމީ ނެޓްބޯޅަ މުބާރާތް ޒެނިތު ކާމިޔާބުކޮށްފި
އީޝަލް: ކިޔެވުމުގައި ވިދަމުން، ކުޅިވަރުގައި ފިޔަޖަމުން
ޖަޕާން ބަލިކޮށް ރާއްޖޭން ސެމީގެ އުއްމީދު ދަމަހައްޓައިފި
ނެޓްބޯޅައިގައި ރާއްޖޭން އިންޑިއާ ވެސް ބަލިކޮށްފި
ސައުދީ އަތުން ގައުމީ ނެޓްބޯޅަ ޓީމަށް ތަފާތުބޮޑު މޮޅެއް
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ނެޓްބޯޅަ ވޯލްޑްކަޕް ހޯދި ޝާނީ ލޭޓަންގެ އެހީ ރާއްޖެއަށް