އައިޖީއެމްއެޗްގެ ލޭގެ ޓެސްޓުތައް ހަދަން ބޭނުންކުރާ މެޝިންތަކަށް ދިމާވި މައްސަލަ އެއްކޮށް ހައްލު، އާންމު އުސޫލުން އެ ހޮސްޕިޓަލުގެ ލެބޯޓްރީގެ ހިދުމަތް ދޭން އިއްޔެ ފަށައިފި އެވެ.
14 ނޮވެމްބަރ 2021
އައިޖީއެމްއެޗްގެ ލޭގެ ޓެސްޓުތައް ހަދަން ބޭނުންކުރާ މެޝިންތަކަށް ދިމާވި މައްސަލަ އެއްކޮށް ހައްލު، އާންމު އުސޫލުން އެ ހޮސްޕިޓަލުގެ ލެބޯޓްރީގެ ހިދުމަތް ދޭން އިއްޔެ ފަށައިފި އެވެ.
އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ އަހްމަދު ސިރާޖު މިއަދު "މިހާރު" އަށް ވިދާޅުވީ މެޝިންތަކަށް ދިމާވި މައްސަލަ އެއްކޮށް، ހައްލުވުމާ އެކު ކުރިން ވެސް ލެބޯޓްރީގެ ހިދުމަތް ދެމުން އައިކޮށް ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގެ ލެބޯޓަރީގައި ލޭގެ ޓެސްޓު ހައްދަން ބޭނުންކުރާ މެޝިންތަކަށް "ކުރިން ލަފާކޮށްފައި ނުވާ ޓެކްނިކަލް މައްސަލައެއް" ދިމާވެގެން އެ ޓެސްޓުތައް ހެދުން އައިޖީއެމްއެޗުން މެދުކަނޑާލީ މި މަހު 9 ގަ އެވެ. އެނގިފައިވާ ގޮތުގައި މެޝިންތަކުގައި މައްސަލަ ޖެހުނީ އެތަނުގެ ކޫލިން ސިސްޓަމަށް ދިމާވި މައްސަލައެއްގެ ސަބަބުންނެވެ.
އެ މައްސަލަ ހައްލުވުން ލަސްވުމާ ގުޅިގެން މި މަހު 10 އިން ފެށިގެން، އައުޓްޕޭޝަންޓް ލޭގެ ޓެސްޓުތައް ހެދުމަށް ލިމިޓުކޮށްގެން، ކޮންމެ ދުވަހަކު 300 ނަންބަރު ދޫކުރި އެވެ.
އެކި ޓެސްޓްތައް ހަދަން އައިޖީއެމްއެޗްގެ ލެބަށް ދުވާލެއްގެ މައްޗަށް ހާހަކަށް ވުރެ ގިނަ މީހުން ދެ އެވެ. އަދި ލެބް ނުހުންނަ ހެލްތު ސެންޓަރުތަކުން ވެސް ޓެސްޓުތައް ހަދަން ފޮނުވަނީ މި ލެބަށެވެ.
އައިޖީއެމްއެޗްގައި އަހަރަކު 2 މިލިއަން ލެބް ޓެސްޓް
އައިޖީއެމްއެޗުގެ ޓެސްޓު ރިޕޯޓުތައް އީފާސްއިން ބެލޭނެ
އައިޖީއެމްއެޗުގެ ލެބޯޓަރީގެ ހިދުމަތް އަލުން ފަށައިފި
އައިޖީއެމްއެޗުގެ ލެބޯޓަރީގެ ހިދުމަތް ހުއްޓިއްޖެ
ޓެސްޓްތަކުގެ ނަތީޖާ އޮޅެނީ "ކްރޮސް ކޮންޓެމިނޭޓްވާތީ"
ކޮވިޑް-19ގެ ޓެސްޓު ހަދަން 16 މީހަކު ތަމްރީނުކޮށްފި
ރާއްޖޭގައި ކޮވިޑަށް ކުރަނީ ޔަގީންކަން ބޮޑު ޓެސްޓެއް
އައިޖީއެމްއެޗުގެ ލެބޯޓްރީ އަށް ޒަމާނީ މެޝިނެއް
ސޮފްޓްވެއާ މަސައްކަތަކަށް ލެބޯޓަރީ ޓެސްޓްތައް މަދުކޮށްފި
އައިޖީއެމްއެޗުން ޓެސްޓުގެ ނަތީޖާ ދެ ގަޑިއިރު ތެރޭ ދެނީ