Roadha Mihaaru
ގޮޅާ އައްޔަގެ ސިލްސިލާ އަކީ "ބީވުން"

ގޮޅާ އައްޔަގެ ސިލްސިލާ އަކީ "ބީވުން"

10 ނޮވެމްބަރ 2021

އެތައް ފިލްމަކާއި ޑްރާމާއެއް ކެމެރާ ކޮށްފައިވާ އަލީ ރަޝީދު (ގޮޅާ އައްޔަ) ޑައިރެކްޓްކޮށް، ގެނެސްދޭން މަސައްކަތް ކުރަމުން އަންނަ ސިލްސިލާ "ބީވުން" ގެ ޓީޒާ ޓްރެއިލާއެއް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެތައް ފިލްމަކާއި ޑްރާމާއެއް ކެމެރާ ކޮށްފައިވާ އަލީ ރަޝީދު (ގޮޅާ އައްޔަ) ޑައިރެކްޓްކޮށް، ގެނެސްދޭން މަސައްކަތް ކުރަމުން އަންނަ ސިލްސިލާ "ބީވުން" ގެ ޓީޒާ ޓްރެއިލާއެއް ދައްކާލައިފި އެވެ.

އަސަރު ގަދަ ލޯބީގެ ވާހަކައަކަށް ހަދާ މި ސިލްސިލާ އަކީ އޭނާގެ އަންހެނުން އައިމިނަތު ރިޒާނާގެ ސްކްރީންޕްލޭއަކަށް ހަދާ އެއްޗެކެވެ. މިދިޔަ އަހަރު އަލީ ސީޒަން ޑައިރެކްޓްކޮށް، އައިސް ޓީވީން ގެނެސްދިން ޑްރާމާ "ފުރަބަންދު" އާއި ބައިސްކޯފުން ސްޓްރީމްކުރި އަމްޖަދު އިބްރާހީމް (އަމްޖޭ) ގެ ވެބް ސީރީޒް "ހަނާ" އަކީ ވެސް ރިޒާނާގެ ސްކްރީންޕްލޭތަކަށް ގެނެސްދިން އެއްޗިއްސެވެ.

އަދިވެސް ޝޫޓްކުރުމުގެ މަސައްކަތް ކުރިއަށްދާ "ބީވުން" އަކީ އައްޔަ ޑައިރެކްޓްކޮށް، ކެމެރާ ވެސް ކުރާ އެއްޗެކެވެ.

މީގެ ލީޑް ކާސްޓުންނަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) 2018 ގައި ގެނެސްދިން ފިލްމު "ދެވަންސޫރަ" އިން ތައާރަފުކޮށް، މިހާރު ގިނަ އުފެއްދުންތަކުން ފެންނަމުން އަންނަ ބަތަލާ މަރިޔަމް ޝިފާ އާއި މިހާރު ގިނަ ސީރީޒްތަކުން ފެންނަ އެންމެ އާންމު އެއް އެކްޓަރު ކަމަށްވާ އަހުމަދު ޝާރިފެވެ.

"ބީވުން" ގެ އިތުރު ކާސްޓުންގެ ތެރޭގައި އަލީ ޝަމީލާއި މަރިޔަމް ހަލީމާއި އޭނަގެ ފިރިމީހާ އަލީ ފާރޫގް ވެސް ހިމެނެ އެވެ.

ބެލުންތެރިންނަަށް ގެނެސްދޭނެ އިރެއް އަދި ހާމަނުކުރާ 13 އެޕިސޯޑްގެ މި ސިލްސިލާ އަކީ "ހަތަރު ހަޅަ" އާއި "ފީހާލީ" ފަދަ އުފެއްދުންތަކުގެ ޕްރޮޑިއުސަރު މުހައްމަދު ފުއާދު (ފޯޑް) އެވެ.