Roadha Mihaaru
ވެބް ސީރީޒް "ދަރަކަ" ޓީޒާއެއް

ވެބް ސީރީޒް "ދަރަކަ" ޓީޒާއެއް

21 ޑިސެމްބަރ 2021

ވީޑިއޯ ލަވަތަކުން ޑައިރެކްޝަނަށް ނުކުތް އަޒުހާން އިބްރާހީމް ލިޔެ، ޑައިރެކްޓްކޮށްފައިވާ ފުރަތަމަ ވެބް ސީރީޒް " ދަރަކަ" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ވީޑިއޯ ލަވަތަކުން ޑައިރެކްޝަނަށް ނުކުތް އަޒުހާން އިބްރާހީމް ލިޔެ، ޑައިރެކްޓްކޮށްފައިވާ ފުރަތަމަ ވެބް ސީރީޒް " ދަރަކަ" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

ކުށުގެ ވެށީގެ ހާދިސާތަކެއް ފެނިގެން ދާނެ މި ސީރީޒަކީ ބައިސްކޯފުން "މަޒުލޫމް" ގެ ނަމުގައި ބައިތަކަކަށް ގެނެސްދެމުން އައި ކުރު ފިލްމުތަކުގެ މޭސްތިރިން ކަމަށްވާ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ގެ އައި ފިލްމްސް އާއި ޕްރޮޑިއުސަރު އާސިމް އަލީގެ ކަޒްމިކް އިންޓަނޭޝަނަލް ގުޅިގެން ގެނެސްދޭ ސީރީޒެކެވެ.

ސްޓްރީމް ކުރާނެ ޕްލެޓްފޯމަކާއި ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި އިއުލާން ނުކުރާ 8 އެޕިސޯޑްގެ މި ސީރީޒްގެ ކާސްޓްގައި އިބްރާހީމް ޖިހާދު (ޖިމީ) އާއި "ބަވަތޮ" ގެ ބަތަލު އިފްނާޒް ފިރާގާއި "ތިން ބިބީ" އިން ވިދި ވާޝިޔާ މުހައްމަދު (ޝިޔާ) އާއި ނަތާޝާ ޖަލީލާއި އަލީ އުސާމް (ދޮނާ) އާއި އައިޝަތު އަލީގެ އިތުރުން ބައިސްކޯފުން ގެނެސްދިން ވެބް ސީރީޒް "ގަމިނި" ގެ ރޯލެއް ކުޅުނު ސޫޒަން އިބްރާހިމް ހިމެނެ އެވެ.

ކަޒްމިކްގެ ވެބް ސީރީޒް "ދަރަކަ" ގެނެސްދޭން ތައްޔާރުވާ އިރު، އެ ސްޓޫޑިއޯ އިން މިހާރު ވަނީ އަލަށް ހަދާ ފީޗާ ފިލްމު އިއުލާންކޮށްފަ އެވެ. އެއީ އިއްލެ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ "ޖޯޑެއްގެ ސާފު ލޯބި" އެވެ. "ދަރަކަ" ގެ ޑައިރެކްޓަރު އަޒްހާނަކީ "ހީލީމާ" އާއި "ހޯދޭތޯ މަންޒިލެއް" ފަދަ ލަވަތަކުގެ މޭސްތިރިޔާ އެވެ.