ފަހަކަށް އައިސް ގިނަ ވެބް ކޮންޓެންޓްތަކެއް ގެނެސްދެމުން އަންނަ މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) އަނެއްކާ ވެސް ބައިތަކަކަށް ބަހާލައިގެން ގެނެސްދޭ އާ ސީރީޒެއްގެ މަސައްކަތް ފަށައިފި އެވެ.
16 ނޮވެމްބަރ 2021
ފަހަކަށް އައިސް ގިނަ ވެބް ކޮންޓެންޓްތަކެއް ގެނެސްދެމުން އަންނަ މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) އަނެއްކާ ވެސް ބައިތަކަކަށް ބަހާލައިގެން ގެނެސްދޭ އާ ސީރީޒެއްގެ މަސައްކަތް ފަށައިފި އެވެ.
އެ ސީރީޒްގެ ނަމުގައި ގެނެސްދޭން ހަމަޖެހިފައިވާ އަށް އެޕިސޯޑްގެ ފުރަތަމަ ޗެޕްޓަރެއްގެ ގޮތުގައި ގެނެސްދޭން ނިންމާފައި ވަނީ "ބޭބީ" އެވެ. މީގެ ޕޯސްޓަރާއި ޓީޒާއެއް ވެސް މިހާރު އާންމު ކޮށްފައިވާ އިރު، ލީޑުން ފެންނާނީ އިބްރާހީމް ޖިހާދު (ޖިމީ) އާއި މި ފަހުން ގިނަ އުފެއްދުންތަކުން ފެންނަމުން އަންނަ އާ މޫނެއް ކަމަށްވާ ޝުހާގެ އިތުރުން އަލަށް ތައާރަފުކުރާ އިބްރާހީމް ޔައީޝް އެވެ.
އެ ސީރީޒް އަކީ ޔޫއްޕެގެ ފިލްމު ކުންފުނި، ޔޫއްޕެ ޕްރޮޑަކްޝަނާއި ޕްރޮޑިއުސަރު އިސްމާއީލް ޝަފީގުގެ ޝައި ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ އެއްޗެކެވެ. މީގެ ފުރަތަމަ ބައި "ބޭބީ" ގެ ޓީޒާއެއް އާންމުކުރި ނަމަވެސް ސްޓްރީމް ކުރާނެ ޕްލެޓްފޯމަކާއި ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް ވެސް އަދި ހާމައެެއް ނުކުރެ އެވެ.
އެ ސީރީޒްގެ ކުރިއަށް ހުރި ބައިތަކުގެ ތެރޭގައި "ފޯން ކޯލް"، "އާޓިސްޓް"، "ސާވަންޓް"، "ޝެޑޯ"، "ބެސްޓްފްރެންޑް" އަދި "ބެލް" ހިމެނެ އެވެ. ކޮންމެ ބައެއް ވެސް ގާތްގަނޑަކަށް 45-50 މިނިޓްގެ ދިގުމިނަށް ގެނެސްދޭން ނިންމާފައި އިރު، މިއީ ޔޫއްޕެ ލިޔެ، ޑައިރެކްޓްކޮށް ގެނެސްދޭ އެއްޗެކެވެ.
މި ފަހުން އޭނާ ގެނެސްދިން ވެބް ކޮންޓެންޓްތަކުގެ ތެރޭގައި ބައިސްކޯފުން ސްޓްރީމްކުރި "ހުވާކޮށްފާ ބުނަން" އާއި "އަވައްޓެރިޔާ" އަދި "ގިރިދާ" ހިމެނެ އެވެ.
ޔޫއްޕެ އަކީ ވަރަށް ކާމިޔާބު ފީޗާ ފިލްމުތަކެއް ވެސް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. އޭގެ ތެރޭގައި "އިންސާފު"، "ލޯތްބަށްޓަކައި"، "ދެވަންސޫރަ" އަދި "ދައުވަތު" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.
ވެބް ސީރީޒް "ދަރަކަ" ޓީޒާއެއް
އިއްލެގެ "މިންޖު" ގެ ޓްރެއިލާއެއް
"ހުވާކޮށްފާ ބުނަން" ފަށާނީ 27 ގައި
"ހުވާކޮށްފާ ބުނަން" އަންނާނީ ބައިސްކޯފަށް
ޔޫއްޕެގެ "ނަފުރަތުވުމުން" ބައިސްކޯފަށް
"ކަޅަކި" ގެ ޓީޒާއެއް ދައްކާލައިފި
"ހުވާ 2" ގެ ޓީޒާ ދައްކާލައިފި
"ރޮބޯމޭން"ގެ ޓްރެއިލާ ނެރެފި؛ ވަރަށް ޝައުގުވެރި
ނިއުމާގެ ބިރުވެރި ފިލްމު "ކަޅަކި" ޕްރިމިއާކޮށްފި
މި ފަހަރު "ދަރަކަ" ގެ ޕޯސްޓަރުތަކެއް