މަރުކަޒީ ބޭންކް އެމްއެމްއޭގެ ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުން ނުވަތަ ފައިސާ ޗާޕްކުރުމަކީ ރައްޔިތުންނަށް އެއްވެސް މަންފާއެއް ވާނެ ކަމެއް ނޫން ކަމަށާއި އެއީ ރައްޔިތުންނަށް ސަރުކާރުން ދޭ ލަނޑެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.
16 ނޮވެމްބަރ 2021
މަރުކަޒީ ބޭންކް އެމްއެމްއޭގެ ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުން ނުވަތަ ފައިސާ ޗާޕްކުރުމަކީ ރައްޔިތުންނަށް އެއްވެސް މަންފާއެއް ވާނެ ކަމެއް ނޫން ކަމަށާއި އެއީ ރައްޔިތުންނަށް ސަރުކާރުން ދޭ ލަނޑެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.
ޕަބްލިކް އެކައުންޓް އޯވަޑްރޯކުރަން ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުުރުކޮށްދޭން އެދުނު މައްސަލައިގެ ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އާދަމް ޝަރީފު ވިދާޅުވީ އެގޮތަށް ކަންތައް ކުރުމުން ރާއްޖޭގެ އިގްތިސާދު އިތުރަށް ހަލާކުވާނެ ކަމަށެވެ. ޕައިސާ ޗާޕްކުރުމުން ރައްޔިތުންނަށް ލިބޭނީ އިތުރު ގެއްލުންތަކެއް ކަަމަށާއި އެކަމުގެ ސަބަބުން ޑޮލަރުގެ އަގު އުފުލި ދިވެހި ފައިސާގެ އަގު ދަށަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިކަހަލަ ކަންތައް ކުރީމާ މިއަކަށް ދެނެއް މިއީ ތާހިރު ކަންތަކެކޭ ނުކިޔޭނެ އިއްޒަތްތެރި ރައީސް. މިއަށް ކިޔޭނީ މިއީ މުޑުދާރު ކަންތައްތަކޭ. އެމްޑީޕީގެ ވެރިކަމަށް ތިން އަހަރު މިއަދު މިފުރެނީ. ތިން އަހަރު ފުރޭ އިރުގައި އެމްޑީޕީގެ ސަރުކާރުން މިއަދު ރައްޔިތުންނަަށް މިދެނީ ބޮނޑިއެއް. ލަނޑެއް މިދެނީ،" އާދަމް ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ރަނގަޅުވަމުން އަންނަ ކަމަށާއި ބޭރުގެ އެހީ ވެސް ލިބޭ ވާހަކަ ސަރުކާރުން ބުނެފައިވާ ކަމަށާއި މިފަދަ ހުއްދައަކަށް އެދުމުން އެ ދެ ވާހަކަ ދިމާނުވާ ކަމަށާއި ސަރުކާރަަށް މިވާގޮތް އެނގޭކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. ބަޖެޓް މެނޭޖްކުރަން ދަތިވެއްޖެއްޔާ ދެން ކުރަން ޖެހޭނެ ފުރަތަމަ ކަމަކީ ސިޔާސީ މީހުން މަދުކޮށް، ދައުލަތުގެ ރިކަރަންޓް ހަރަދު ކުޑަކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަމަ އެއާ އެކީގައި ދެން ކުރަން ޖެހޭނެ ކަމަކީ އަޅުގަނޑުމެން، މެމްނަރުންނާއި ސަރުކާރުގެ ސިޔާސީ އިސް މަގާމުތަކުގައި ތިބި މީހުންގެ މުސާރަ ދަށްކުރުން،" އާދަމް ޝަރީފު ވިދާޅުވި އެވެ.
ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ފައިސާ އިތުރަށް ޗާޕްކޮށްގެން ސަރުކާރުން ހަރަދުކުރަނީ ރަނގަޅަށް ނޫން ކަމަށާއި، ފައިސާ ހަރަދުކުރަނީ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދިނުމަށާއި ސިޔާސީ މީހުންނަށް ދޭން ކަމަށެވެ. ފައިސާ ޗާޕްކޮށްފައި ރައްްޔިތުންނަށް ބެހިޔަސް އެއަށް ވުރެ މާރަނގަޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަަދައްކަވަަނީ. އޭނާ މިއަދު ވިދާޅުވީ ފައިސާ ޗާޕްކޮށްގެން ސަރުކާރުން ހަރަދުކުރަނީ ރަނގަޅަށް ނޫންކަމަށް.. ފޮޓޯ: ރައްްޔިތުންގެ މަޖިލިސް.
ފައިސާ ޗާޕްކުރަން ނުވަތަ ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރަން ހުއްދަދޭން ސަރުކާރުން އެދުމުން، މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އެކަމާ ދެކޮޅު ހެއްދެވި ކަމަށާއި އެކަމަކު އަދިވެސް މަގާމުގައި އެބަ ހުންނެވި ކަމަށް ވިދާޅުވެ، ޝިޔާމް އޭނާއަށް ވެސް ފާޑުވިދާޅުވި އެވެ.
"އަޅުގަނޑު އިން ކޮމިޓީއެއްގައި ގަވަރުނަރު ވިދާޅުވި ތިމަން މަނިކުފާނު ގަވަރުނަރަކަށް ހުންނަވައިގެން މިކަން ނުކުރައްވާނަމޭ. މިއީ އެހާ ވެސް ނުރައްކާތެެރިކަމެކޭ، ދިވެހި ގައުމަށް، ދިވެހި ގައުމުގެ ރައްޔިތުންނަށް އެހާވެސް ނުރައްކާތެރިކަމެކޭ. ތިން ފަހަރު ޗާޕްކުރާ އިރު ވެސް އެމަނިކުފާނު އަދިވެސް އެހުންނެވީ އެމްއެމްއޭގެ ގަވަރުނަރަކަށް،" ޝިޔާމް ވިދާޅުވި އެވެ.
ފައިސާ ޗާޕްކޮށްގެން ސަރުކާރުން ކުރީ ކޮން ހޭދައެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ. ޕަބްލިކް އެކައުންޓް އޯވަޑްރޯކުރާ އަދަދު ދަށްކުރަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ހުށަހަޅުއްވާފައިވާ ކަންތައްތަކަކީ ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮވިޑްގެ ބަލިމަޑުކަން ކޮންޓްރޯލްވީމާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަރަަށް ގިނަ މަސައްކަތް ކުރައްވާނެ ކަމަށް ހީކުރެއްވުނު ކަމަށާއި އެކަމަކު އެކަން ނުފެންނަ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
"އެހެން ނަމަވެސް ޕެންޑެމިކް ނިމިގެން ބޯޑަރުތައް ހުޅުވައިލީމާ މި ބިމުގައި ފައި ނުޖެހޭ އިއްޒަތްތެރި ރައީސް. މިގައުމުގައި މަޑުކޮށްލާނެ ވަގުތު ނުލިބޭ އިއްޒަތްތެރި ރައީސް،" ޝިޔާމް ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އަންނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ޕަބްލިކް އެކައުންޓް އޯވަޑްރޯ ނުކޮށް ކުރިއަށް ދިއުމަކީ އިގްތިސާދަށާއި ރައްޔިތުންނަށް ސަރުކާރުން ދޭ ހިދުމަތްތަކަށް އޭގެ ނުރަނގަޅު އަސަރުކުރާނެ ކަމެއް ކަމަށެވެ.
ކޮވިޑް ކޮންޓްރޯލްވެ، ބޯޑަރު ހުޅުވުމުން ޓޫރިޒަމްގެ ސިނާއަތު ކުރިއަރަން ފަށައި އިގްތިސާދީ ދުވެލި ރަނގަޅުވަމުން ދިޔަ ނަމަވެސް ބަލިމަޑުކަމުން ފުރިހަމަ އަށް އަަރައިގަނެވިފައި ނުވާތީ އާއި އިގްތިސާދީ ރިސްކުތައް އަދިވެސް މަތިކޮށް ހުރުމަކީ ވެސް އަމީރު ވިދާޅުވި ގޮތުގައި ފަައިސާ ޗާޕްކުރުމުގެ ހުއްދައަށް ސަރުކާރުން އެދުނު ސަބަބެކެވެ.
ޕަބްލިކް އެކައުންޓުން ކުރިން އޯވަޑްރޯ ކުރި ފައިސާ ކުރު މުއްދަތެއްގައި އަނބުރާ ދެއްކުމަކީ ދައުލަތުގެ ކޭޝްފްލޯ މެނޭޖު ކުރުމަށާއި ބަޖެޓް ތަންފީޒު ކުރަން ދަތިވާނެ ކަމެއް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފައިސާ ޗާޕުކުރުމުގެ ހުއްދައިގެ މުއްދަތު އިތުރުކުރަނީ
ކޮރަޕްޝަންގެ އަޑީގައި ހުރީ މިނިސްޓަރު އަމީރު: ޝިޔާމް
ވަޒީރުންނަށް އައްޔަނުކުރާ މެމްބަރުން އިސްތިއުފާދެއްވަނީ
ސަޕްލިމަންޓްރީ ބަޖެޓު ފޮނުވީ ކުރިންވެސް ފޮނުވާ ގޮތަށް
ސަޕްލިމެންޓްރީ ބަޖެޓަށް މަދުވާ މައުލޫމާތު ދޭން އެދެފި
"ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓު ގާނޫނާ ހިލާފު"
ވެންޓިލޭޓަރުގެ ފައިސާ ލިބޭނެ ކަމުގެ އުއްމީދު އެބައޮތް
ވެންޓިލޭޓަރުތަކުގެ މައްސަލާގައި އަމީރު މަޖިލިހަށް!
"ކޮވިޑް ނައި ނަމަ 20 ބިލިއަންގެ ދަރަނި ނުނަގާނެ"
ފަހު އަހަރުގެ ބަޖެޓުގައި އޮތީ ވައުދު ފުއްދުން: އަމީރު