ގޫގުލްގެ ހިދުމަތްތަކާއި މަސައްކަތްތައް އޮސްޓްރޭލިއާގައި ފުޅާކުރުމުގެ ގޮތުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެ ގައުމުގައި 470 މިލިއަން ޑޮލަރު (އެއް ބިލިއަން އޮސްޓްރޭލިއާ ޑޮލަރު) އިންވެސްޓް ކުރަން ނިންމައިފި އެވެ.
17 ނޮވެމްބަރ 2021
ގޫގުލްގެ ހިދުމަތްތަކާއި މަސައްކަތްތައް އޮސްޓްރޭލިއާގައި ފުޅާކުރުމުގެ ގޮތުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެ ގައުމުގައި 470 މިލިއަން ޑޮލަރު (އެއް ބިލިއަން އޮސްޓްރޭލިއާ ޑޮލަރު) އިންވެސްޓް ކުރަން ނިންމައިފި އެވެ.
މިއާއާ އެކު އެކަން ވެފައި ވަނީ އޮސްޓްރޭލިއާގައި ގޫގުލް ހިންގާ އެންމެ ބޮޑު އިންވެސްޓްމަންޓަށެވެ.
"ޑިޖިޓަލް ފިއުޗާ އިނިޝިއޭޓިވް" ގެ ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ އިންވެސްޓްމަންޓްގެ ދަށުން ރިސާޗް ހަބަކާއި ކްލައުޑް ކޮމްޕިއުޓިން ކެޕޭސިޓީ އިތުރު ކުރުމާއި އޮސްޓްރޭލިއާގެ އެކި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން ޕާޓްނަޝިޕް ޕްރޮޖެކްޓްތައް ހިންގުން ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާގެ ކޮމަންވެލްތު ސައިންޓިފިކް އެންޑް އިންޑަސްޓްރިއަލް ރިސާޗް އޮގަނައިޒޭޝަން (ސީއެސްއައިއާރްއޯ) ހިމެނެ އެވެ.
ގޫގުލް އިން ބުނި ގޮތުގައި އޮސްޓްރޭލިއާގައި ހިންގާ މި އިންވެސްޓްމަންޓާ އެކު އެ ގައުމުގައި ސީދާކޮށް 6،000 ވަޒީފާ އުފެދި އެއާ ގުޅުން ހުރި 28،000 އެއްހާ ފުރުސަތުތައް ހުޅުވިގެން ދާނެ އެވެ.
Proud to announce the Digital Future Initiative in Australia - a A$1B commitment in infrastructure, research, and partnerships to help more Australians access the benefits of technology & lead the next wave of global innovations. https://t.co/iUk9zZzibl
— Sundar Pichai (@sundarpichai) November 15, 2021
"ޑިޖިޓަލް ފިއުޗާ އިނިޝިއޭޓިވް" ލޯންޗް ކުރަން ސިޑްނީގައި ބޭއްވި ހަފުލާފައި ގޫގުލްގެ ސީއީއޯ ސުންދަރު ޕީޗާއީ ވިދާޅުވީ އޮސްޓްރޭލިއާ އަކީ ކުރިއަށް އޮތް ތަނުގައި ޓެކްނޮލޮޖީގެ ދާއިރާ އިން ވަރަށް ބޮޑު ކުރިއެރުމެއް ހޯދާނެ އަދި އެކަމުގެ މުސްތަގުބަލު ވަރަށް ބޮޑަށް އޮތް ގައުމެއް ކަމަށެވެ.
"މީގެ ޒަރީއާއިން އެތައް ބައެއްގެ ދިރިއުޅުމުގެ ހާލަތު ވެސް ވަރަށް ބޮޑުތަނުން ރަނގަޅުވެގެން ދާނެ." އޭނާ ވިދާޅުވި އެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކް ކުންފުނި އޮސްޓްރޭލިއާގައި ބޮޑު އިންވެސްޓްމަންޓެއް ހިންގުމަކީ ގައުމަށް ތަރައްގީގެ ދުވެއްޔަށް ލިބޭ އިތުރު ބާރެއް ކަމަށާއި މީގެ ސަބަބުން އިގުތިސާދަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށެވެ. އެހެންވެ އެ ކުންފުންޏަން އެ ގައުމުން ދެވެން އޮތް ހުރިހާ އެއްބާރުލުމަކާއި އެހީތެރިކަމެއް ސަރުކާރުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
"މިހާރު ވެސް ގޫގުލް އަކީ އޮސްޓްރޭލިއާ އިން އެންމެ ބޮޑު ފައިދާއެއް ލިބޭ ޓެކް ކުންފުންޏަށް ވާނެ." ބޮޑުވަޒީރު ވިދާޅުވި އެވެ. "އެ ކުންފުނިން ބޮޑު އިންވެސްޓްމަންޓެއް ކުރިއަށް ގެންދަން ނިންމުމަކީ އަހަަރެމެން ވަރަށް ބޮޑަށް މަރުހަބާ ކިޔާ ކަމެއް."
ގޫގުލް ޗެޓްބޮޓްގެ ޖަވާބަކުން 100 ބިލިއަން ގެއްލުން
ގޫގުލް އިން "ޗެޓްޖީޕީޓީ" އާ ވާދަކުރަން ޗެޓް ބޮޓެއް
ޓެކް ކުންފުނިތަކުން މުވައްޒަފުން މަދުކުރަނީ ކީއްވެ؟
ގޫގުލްގެ ސީއީއޯގެ މައްސަލައެއް ފުލުހުންނަށް
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
ޓްވިޓާގެ އިތުރު ވެރިންތަކެއް ކުންފުންޏާ ދުރަށް
ގޫގުލް އިން އަންނަ އަހަރު ސްމާޓް ގަޑި ނެރެނީ
ޔޫޓިއުބްގައި ޑިސްލައިކް އަދަދު ނުފެންނަ ގޮތް ހަދާލެވޭނެ
ޓެސްލާ ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް
ޕިކްސެލް 6 ސީރީޒް އެންޑްރޮއިޑް 12 އާ އެކު