Roadha Mihaaru
އޯޑީއާ ހެދި އިންޕްލޭޝަނަށް ބަދަލެއް ނާންނާނެ:އަމީރު

އޯޑީއާ ހެދި އިންޕްލޭޝަނަށް ބަދަލެއް ނާންނާނެ: އަމީރު

17 ނޮވެމްބަރ 2021

ޕަބްލިކް އެކައުންޓް އޯވަޑްރޯ (އޯޑީ) ކުރިޔަސް، ނުވަތަ ފައިސާ ޗާޕުކޮށްގެން ވެސް ރާއްޖޭގެ އިންފްލޭޝަނަށް މާ ބޮޑު އަސަރެއް ނުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޕަބްލިކް އެކައުންޓް އޯވަޑްރޯ (އޯޑީ) ކުރިޔަސް، ނުވަތަ ފައިސާ ޗާޕުކޮށްގެން ވެސް ރާއްޖޭގެ އިންފްލޭޝަނަށް މާ ބޮޑު އަސަރެއް ނުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އޯވަޑްރޯ ފެސިލިޓީއާ ގުޅޭ ގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ، އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަނަށް ބަދަލެއް އަންނާނީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަމަށެވެ.

"މިހާތަނަށް 2020 ވަނަ އަހަރު ވެސް 2021 ވަނަ އަހަރު ވެސް އިންޕްލޭޝަނަރީ ޕްރެޝާ ރާއްޖެ އަށް އަންނާނީ އޯޑީ ފެސިލިޓީއަކާ ހެދިއެއް ނޫން. ރާއްޖެ އަށް ރިސްކްތައް އެބަހުރި. އެމްއެމްއޭ އިން ލަފާކުރިހެން އަޅުގަނޑުމެންގެ ވެސް އަންދާޒާއަކީ 1.1 ޕަސެންޓްގައި އިންފްލޭޝަން ހުރުން،" އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ، އެމްއެމްއޭ އިން އިތުރަށް ފައިސާ ޗާފުކޮށްގެން މާ ބޮޑު އަސަރެއް ނުކުރާނެ ކަމަށެވެ. އެހެން ނަމަވެސް މިކަން މިގޮތަށް ކުރުމުން ކޮންމެވެސް ވަރެއްގެ ރިސްކްތަކެއް އަންނާނެ ކަމަށް އަމީރު ވެސް ގަބޫލުކުރައްވަ އެވެ.

އަމީރު ވިދާޅުވީ، މޮނިޓަރީ ޕޮލިސީގެ ތެރެއިން އަޅާ ފިޔަވަޅުތަކާ އެކު އެފަދަ ކަމެއް ކުރިމަތި ނުވާނެ ގޮތަށް ސިޔާސަތުތައް ބައްޓަން ކުރާނެ ކަމަށެވެ.