Roadha Mihaaru
މި އަހަރުގެ ބަޖެޓު ފައިނޭންސިން އަށް ދަތިތަކެއް!

މިއަހަރުގެ ބަޖެޓު ފައިނޭންސިން އަށް ދަތިތައް އެބަހުރި: ޝަފީގު

26 ޖޫން 2024

މި އަހަރުގެ ބަޖެޓް ޑެފިސިޓު ހަމަޖެއްސުމަށް ބޭނުންވާ ފައިނޭންސިން އަށް ވަރަށް ބޮޑު ދަތިތަކެއް އެބަހުރި ކަމަށް ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރުގެ ބަޖެޓް ޑެފިސިޓު ހަމަޖެއްސުމަށް ބޭނުންވާ ފައިނޭންސިން އަށް ވަރަށް ބޮޑު ދަތިތަކެއް އެބަހުރި ކަމަށް ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މިހާރުގެ މާލީ ހާލަތު ބަޔާން ކޮށްދިނުމަށް ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރު ވެސް ފާސްކޮށްފައި އޮތީ ޑެފިސިޓް ބޮޑު ބަޖެޓެއް ކަމަށާއި މި އަހަރު ވެސް އޮތީ 14 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެއް ކަމަށެވެ. އޭނާ ވިދާޅުވީ، ކުންފުނިތަކުން ކުރާ ހޭދަ އިންތިހާ އަށް މައްޗަށް ގޮސްފައިވާ އިރު މި އަހަރު ތެރޭގައި ހަރަދުތައް ކުޑަކުރުމަށް އިސްލާހުތައް ގެންނަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ، ސަރުކާރުން ހަރަދުތައް ކުޑަކުރުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. ކުންފުނިތަކަށް ދޭ ސަބްސިޑީ ކުޑަކުރުމަށް ވެސް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

ޝަފީގު ވިދާޅުވި ގޮތުގައި، ކުންފުނިތައް މި ވަގުތު ހިންގަނީ އެންމެ އެފިޝަންޓްކޮށް ނޫނެވެ. އަދި ކުންފުނިތަކުން ހަރަދު ކުޑަކުރުމަށް ވެސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމުން ލިބޭ ފައިދާ މިސާލެއްގެ ގޮތުގައި މިނިސްޓަރު ނެންގެވީ އާރުޑީސީ އެވެ. އެ ކުންފުނީގެ ހަރަދުތައް ކުޑަކޮށްގެން މިހާރު ވެސް 17 މިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު ޝަފީގާއި އެ މިނިސްޓްރީގެ އިސްވެރިން -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ފިނޭންސް މިނިސްޓަރު ޝަފީގާއި އެ މިނިސްޓްރީގެ އިސްވެރިން -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"މިހާރު ކުރިއަށް ދަނީ ޓައިމްލައިނެއް ހަދާފައި އިމްޕްލިމެންޓޭޝަން ކުރިއަށް ގެންދިއުމަށް. މި ރިފޯމު ކުރުމަކީ މިހާރު އަޅުގަނޑުމެންނަށް އޮޕްޝަނެއް ނޫން. މި ކަމުގައި މަޖިލީހުންގެ މެންބަރުންގެ އެއްބާރުލުން ބޭނުން،" އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ ޖުމްލަ ބަޖެޓު 49.8 ބިލިއަން ރުފިޔާ އަށް އަރާ އިރު އޭގެ ތެރެއިން 70 ޕަސެންޓު ހޭދަކުރަނީ ރިކަރަންޓް ހަރަދަށެވެ. މި އަހަރުގެ މިހާތަނަށް ބަޖެޓުން ވަނީ 18 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. އަދި އާމްދަނީގެ ގޮތުގައި ވަނީ 15 ބިލިއަން ލިބިފައިވެ އެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މިހާރު އޮތް ހާލަތުން އެހެން ހާލަތަކަށް ބަދަލުކުރުމަށް. މިހާރު އޮތް ރިފޯމު އެޖެންޑާގެ މަސައްކަތް ލަސްކުރެވޭކަށް ނެތް،" އޭނާ ވިދާޅުވި އެވެ.

ޝަފީގު ވިދާޅުވީ، މާލީ ހާލަތު ހަމަޔަކަށް އެޅުވުމަށް، ވީ އެންމެ އަވަހަކަށް ރިފޯމުތައް އަވަސް ކުރުމަށްޓަކައި އެ މިނިސްޓްރީން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ. ބަޖެޓު ފޮތުގައިވާ ގޮތުން މި އަހަރުގެ ޖުލައި މަހުން ފެށިގެން ހަރަދު ކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ފަށާނެ އެވެ. އޭގެ ތެރޭގައި ޓާގެޓް ސަބްސިޑީ އަށް ބަދަލު ކުރުމާއި އެސްއޯއީތައް ރިފޯމު ކުރުން ވެސް އެބަހުއްޓެވެ.