Roadha Mihaaru
އޯލެވެލް ގަދަ 10ގައި 400 އަށްވުރެ ގިނަ ދަރިވަރުން

އޯ ލެވެލް ގަދަ 10 ގައި 400 އަށް ވުރެ ގިނަ ދަރިވަރުން

19 ނޮވެމްބަރ 2021

އޯ ލެވެލް އިމްތިހާނުގެ ގަދަ 10 ގައި 400 އަށް ވުރެ ގިނަ ދަރިވަރުން ހިމެނި، ދުނިޔޭގެ އެއްވަނަ ރާއްޖޭގެ ފަސް ދަރިވަރަކަށް ލިބިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޯ ލެވެލް އިމްތިހާނުގެ ގަދަ 10 ގައި 400 އަށް ވުރެ ގިނަ ދަރިވަރުން ހިމެނި، ދުނިޔޭގެ އެއްވަނަ ރާއްޖޭގެ ފަސް ދަރިވަރަކަށް ލިބިއްޖެ އެވެ.

މީގެ ދެ އަހަރުކުރިން، އޮކްޓޯބަރު، 2019 ގައި ހެދި އޯ ލެވެލް އިމްތިހާނުގައި 4،987 ދަރިވަރުން ބައިވެރިވި އެވެ. އޭގެ ތެރެއިން 419 ދަރިވަރަކު ރާއްޖޭގެ ގަދަ 10 ގައި ހިމެނިފައިވެ އެވެ.

ޓެސްޓު ހެދި އަށް މާއްދާއިން އޭ ސްޓާ ހޯދައިގެން ރާއްޖެއިން އެއްވަނަ 10 ދަރިވަރުން ހޯދާފައިވާއިރު، ދުނިޔޭގެ އެކި ވަނަތަކުގައި 42 ދަރިވަރުން ހިމެނިފައިވެ އެވެ.

އޯ ލެވެލްގައި އެއްވަނަ ލިބުނު ދަރިވަރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ މެޑަލް ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޯ ލެވެލްގައި އެއްވަނަ ލިބުނު ދަރިވަރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ މެޑަލް ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދުނިޔެއިން އެއްވަނަ ހޯދި ދަރިވަރުން

- އީމާން ސަހީލް ޖަލީލް، ޓްރެވެލް އެންޑް ޓޫރިޒަމް އިން އެއްވަނަ، އަމީނިއްޔާ ސްކޫލް

- ޝާއިން މުހައްމަދު ރިފްއަތު، ބަޔޮލޮޖީން އެއްވަނަ، ޖަމާލުއްދީން ސްކޫލް

- ރިއާ ހުސެއިން ފިރާޒު، ބިޒްނަސް އިން އެއްވަނަ، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް

- ފާތިމަތު ޒައިނާ ނައީމް، ހިސްޓްރީން އެއްވަނަ، އަމީނިއްޔާ ސްކޫލް

- އައިޝާ ރަޒާ ނާޒިމް، މެރިން ސައިންސް އިން އެއްވަނަ، ޝަރަފުއްދީން ސްކޫލް

ރާއްޖެއިން އެއްވަނަ ހޯދި ދަރިވަރުން

- އައިޝަތު ޝައިބާން، ހުޅުމާލެ، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް

- އީމާން ސަހީލް ސަލީލް، މާލެ، އަމީނިއްޔާ ސްކޫލް

- ފާތިމަތު ނަބާހާ ހުސެއިން، ސ. ހިތަދޫ، ޝަރަފުއްދީން ސްކޫލް

- ފާތިމަތު ޝާހާ ހުސެއިން، ނ. ހޮޅުދޫ، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް

- މަރިޔަމް ޖަނާ ޖިނާން، މާލެ، އަމީނިއްޔާ ސްކޫލް

- މަރިޔަލް ލައިސާ ހުސެއިން ހަމީދު، ދ. ކުޑަހުވަދޫ، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް

- މުހައްމަދު މީކާއިލް ޔާސިރު، ސ. ފޭދޫ، މަޖީދިއްޔާ ސްކޫލް

- މުހައްމަދު ނާހިލް އަހުމަދު، ބ. އޭދަފުށީ، ބ. އަތޮޅު ތައުލީމީ މަރުކަޒް

- މުހައްމަދު ޒައުލް އަޒްމީލް، ގދ. ތިނަދޫ، އިސްކަންދަރު ސްކޫލް

- ޝާއިން މުހައްމަދު ރިފްއަތު، ބ. އޭދަފުށީ، ޖަމާލުއްދީން ސްކޫލް

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ބައިވެރިވި މާއްދާގެ ތެރެއިން ތިން މާއްދާއިން 67 ޕަސެންޓް ދަރިވަރުން ފާސްވިއިރު ފަސް މާއްދާއަށްވުރެ ގިނައިން 68 ޕަސެންޓު ދަރިވަރުން ފާސްވެފައިވާ ކަމަށެވެ.