މިދިޔަ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު މަގާމުން ދުރުކޮށް، ގޭ ބަންދުގައި ހުންނެވި ބޮޑުވަޒީރު އަބްދުﷲ ހަމްދޫކަށް އަލުން އެ މަގާމު ދިނުމަށް، އެ ގައުމުގައި މިހާރު ވެރިކަން ކުރާ އަސްކަރީ ވެރިން އެއްބަސްވެއްޖެ އެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު މަގާމުން ދުރުކޮށް، ގޭ ބަންދުގައި ހުންނެވި ބޮޑުވަޒީރު އަބްދުﷲ ހަމްދޫކަށް އަލުން އެ މަގާމު ދިނުމަށް، އެ ގައުމުގައި މިހާރު ވެރިކަން ކުރާ އަސްކަރީ ވެރިން އެއްބަސްވެއްޖެ އެވެ.
ސޫދާނުގައި މިހާރު އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތައް ހައްލު ކުރުމުގެ މަސައްކަތް ކުރާ މެދުވެރިން ހަބަރު ދޭ ގޮތުގައި، މިކަމަށް އެއްބަސްވީ، ވެރިކަން ކުރާ އަސްކަރީ ސަރުކާރާއި ސިޔާސީ ޕާޓީތަކުގެ އިސް ލީޑަރުންނާއި ކުރީގެ ހަނގުރާމަވެރި ޖަމާއަތުގެ ވެރިންނާ ދެމެދު ކުރެވުނު މަޝްވަރާތަކުންނެވެ. އެއްބަސްވެފައިވަނީ ހުރިހާ ސިޔާސީ ގައިދީން މިނިވަންކުރުމަށް ފަހު، ކުރީގެ ބޮޑުވަޒީރު މަގާމަށް އައްޔަންކޮށް އާ ސަރުކާރެއް އެކުލަވައިލުމަށެވެ.
އޮކްޓޫބަރު 25 ވަނަ ދުވަހު، އޭރު އޮތް އިންތިގާލީ ސަރުކާރު އުވާލައި، ބޮޑުވަޒީރު އަބްދުﷲ ހަމްދޫކާއި އޭނާގެ ބައެއް ވަޒީރުން ހައްޔަރު ކުރުމަށް ފަހު، ސިފައިން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފަ އެވެ. އަދި އެ ދުވަހުން ފެށިގެން ސޫދާނުގައި ވެރިކަން ކުރަމުން އަންނަނީ، ޖެނެރަލް އަބްދުލް ފައްތާހް އަލް ބުރުހާން އިސްވެ ހުންނަވައިގެން އެކުލަވައިލާފައިވާ، ވެރިކަންކުރާ ސިޔާދަތީ މަޖިލީހުންނެވެ.
ސިފައިން ވެރިކަން އަތުލުމާއެކު އާންމުން މަގުތަކަށް ނުކުމެ ކުރަމުން އަންނަ މުޒާހަރާތަކަށް މަސް ދުވަސް ވާން ކައިރިވެފައިވާ އިރު، މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ސިފައިންނާއި ފުލުހުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން މަދުވެގެން 40 މީހަކު ވަނީ މަރުވެފަ އެވެ.
ޖެނެރަލް އަބްދުލް ފައްތާހް އަލް ބުރުހާން
ކުރީގެ ބޮޑުވަޒީރު މަގާމަށް އަލުން އައްޔަން ކުރުމަށް ސިފައިންގެ ވެރިން އެއްބަސްވީ ރޭގައި ބޭއްވި މަޝްވަރާތަކުގަ އެވެ. އަދި މިއަދުގެ ވަގުތެއްގައި އޭނާ އަލުން މަގާމަށް އައްޔަން ކުރާނެ އެވެ. އެއްބަސްވެފައިވާ ގޮތުގެ މަތިން، އަބްދުﷲ ހަމްދޫކު މިހާރު ވަނީ، ގޭ ބަންދުން މިނިވަން ކޮށްފަ އެވެ.
ސޫދާންގެ ސިޔާސީ ހަމަނުޖެހުން ހުއްޓުވުމަށް އެކުލަވާލަފައިވާ މެދުވެރިންގެ ގުރޫޕުގައި ހިމެނެނީ، ތައުލީމީ ދާއިރާގެ މީހުންނާއި ނޫސްވެރިންނާއި ސިޔާސީ ދާއިރާގެ ބައެއް މީހުންނެވެ. މެދުވެރިންގެ ގުރޫޕުން ނެރެނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، އަލުން ވެރިކަމަށް ވަޑައިގަތުމަށް، އަބްދުﷲ ހަމްދޫކު ކަނޑައެޅުއްވި ޝަރުތުތަކުގެ ތެރޭގައި، އިތުރު ލޭއޮހޮރުވުންތަކަށް މަގު ފަހިނުވާނެ ފަދަ ޝަރުތުތަކެއް އެބަ ހުއްޓެވެ.
ސިޔާސީ ގައިދީން މިނިވަންކުރުމުގެ އިތުރުން، ސޫދާނުގައި ޑިމޮކްރެސީ ގާއިމުކުރުމަށްޓަކައި ކަނޑައަޅާފައިވާ އިންތިގާލީ މަރުހަލާގެ ގަވާއިދުތަކަށާއި އުސޫލުތަކަށް އަލުން އަމަލު ކުރަން ފެށުމަށް ވެސް، އަސްކަރީ ވެރިން މިހާރު ވަނީ އެއްބަސްވެފަ އެވެ.
ޖެނެރަލް ބުރުހާން އިސްވެ ހުންނަވައި، ސަރުކާރު އުވައިލެއްވުމުން ބައިނަލްއަގުވާމީ މުޖްތަމައުން އެކަން ސިފަކޮށްފައިވަނީ ސިފައިން ގެނައި އަސްކަރީ އިންގިލާބެއްގެ ގޮތުގަ އެވެ. ނަމަވެސް ޖެނެރަލް ބުރުހާން ވަނީ އެކަމަށް އިންކާރު ކުރައްވައިފަ އެވެ.
ސޫދާންގެ ސިޔާސީ ގައިދީން ދެ ދުވަސްތެރޭ މިނިވަންކުރަނީ
ސޫދާންގެ މުޒާހަރާތަކުން ފަސް މީހަކު މަރާލައިފި
މަދަނީ ސަރުކާރެއްގައި ބައިވެރިއެއް ނުވާނަން: ބުރުހާން
ސޫދާންގެ މަދަނީ ބަސްނޭހުން ފުޅާކުރަނީ
ސޫދާން ހަނގުރާމައިގެ ހަގީގަތަކީ ކޮބާ؟
ސޫދާނުގައި އާ ސަރުކާރެއް އެކުލަވައިލަނީ
ސޫދާންގެ ބޮޑުވަޒީރު ގޮތް ހުސްވެ އިސްތިއުފާ ދެއްވައިފި
ސޫދާން ސަރުކާރަށް އެހީވެގެން ނުވާނެ: އާންމުން
އިންތިހާބަށް ފަހު ސިފައިން ސިޔާސީ ކަންކަމާ ދުރުވާނެ
ބޮޑުވަޒީރު އަލުން މަގާމަށް، މުޒާހަރާ ހުއްޓުމެއް ނެތް