Roadha Mihaaru
ސޫދާންގެ މަދަނީ ބަސްނޭހުން ފުޅާކުރަނީ

ސޫދާންގެ މަދަނީ ބަސްނޭހުން ފުޅާކުރަނީ

02 ނޮވެމްބަރ 2021

ސޫދާންގައި އޮތް ވަގުތީ ސަރުކާރު އުވާލައި، ގައުމުގެ ވެރިކަން ވެރިކަން ސިފައިންގެ ބާރުގެ ދަށަށް ގެނައި އަސްކަރީ އިންގިލާބާ ދެކޮޅު ހެދުމުގެ ގޮތުން، އެ ގައުމުގައި ކުރިއަށް ގެންދާ މުޒާހަރާތައް އިތުރަށް ފުޅާ ކުރާނެ ކަމަށް، ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.

ސޫދާންގައި އޮތް ވަގުތީ ސަރުކާރު އުވާލައި، ގައުމުގެ ވެރިކަން ވެރިކަން ސިފައިންގެ ބާރުގެ ދަށަށް ގެނައި އަސްކަރީ އިންގިލާބާ ދެކޮޅު ހެދުމުގެ ގޮތުން، އެ ގައުމުގައި ކުރިއަށް ގެންދާ މުޒާހަރާތައް އިތުރަށް ފުޅާ ކުރާނެ ކަމަށް، ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.

މިދިޔަ މަހުގެ ފަހުކޮޅު ސިފައިން ގެނައި އިންގިލާބުގައި ވެރިކަން ބަދަލުކޮށްފައިވާ އިރު، ގައުމުގެ ކަންކަމާ ހަވާލުވެ ހުންނެވި އަސްކަރީ ވެރިޔާ ޖެނެރަލް އަބްދުލްފައްތާހް އަލްބުރުހާން ވިދާޅުވީ ވަރަށް އަވަހަށް މަދަނީ ސަރުކާރެއް އެކުލަވައިލާނެ ކަމަށެވެ. އަދި މި މައްސަލަ އަށް ހައްލެއް ހޯދުމަށް، އދ.ގެ މަންދޫބުން މިހާރު ވެސް ގެންދަވަނީ ސޫދާންގެ އަސްކަރީ ސަރުކާރާ އެކުގައި މަޝްވަރާ ކުރަމުންނެވެ.

އަސްކަރީ އިންގިލާބާ ދެކޮޅަށް އެކުލަވާލާފައިވާ އިއްތިހާދުން އިއްޔެ ބުނީ، އޮކްޓޫބަރު 25 ވަނަ ދުވަހު ސިފައިން ނެރުނު ގަރާރުގެ ކުރިން ގައުމު އޮތް ހާލަތަށް، ގައުމުގެ ވެރިކަން ބަދަލު ނުވަނީސް، އަސްކަރީ ވެރިންނާ އެކުގައި އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށެވެ. އަދި އެ ދުވަހު ސިފައިން ނެރުނު ގަރާރާއެކު، ހައްޔަރުކޮށްފައިވާ ހުރިހާ ސިޔާސީ ބޭފުޅުން މިނިވަންކޮށް، މަގާމުން ދުރުކޮށްފައި ހުރި ބޮޑުވަޒީރު މަހްމޫދު ހަމްދޫކު އަލުން އެ މަގާމަށް އައްޔަން ކުރުމަށް ވެސް އިއްތިހާދުން ގޮވައިލި އެވެ.

ސިފައިން އިސް ވެރިޔާ ޖެނެރަލް އަބްދުލްފައްތާހް ބުރްހާން

ސިފައިން އިސް ވެރިޔާ ޖެނެރަލް އަބްދުލްފައްތާހް ބުރްހާން

އިދިކޮޅު އިއްތިހާދުން ބުނީ، ސިފައިން އެމީހުންގެ ނިންމުން ބަދަލު ނުކުރާހާ ހިނދަކު، މިހާރު ފަށާފައިވާ މަދަނީ ބަސްނޭހުމުގެ ހަރަކާތްތައް ކުރިއަށް ދާނެ ކަމަށާއި، މުޒާހަރާތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށެވެ. އާންމު ރައްޔިތުން ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް މަގު ފަހިކުރުމުގެ ގޮތުން، އަސްކަރީ ވެރިންގެ އިސް ބޭފުޅުން އިއްޔެ ވެސް، ކުރީގެ ބޮޑުވަޒީރު މަހްމޫދު ހަމްދޫކްއާ ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވި އެވެ.

އޭގެ ތެރޭގައި ސިފައިން އިސް ވެރިޔާ ޖެނެރަލް ބުރްހާން އާއި ސިފައިންގެ ރެޕެޑް ސަޕޯޓް ފޯސްގެ ކޮމާންޑަރު މުހައްމަދު ހަމްދާން ދަގަލޯ (ހަމީދަތީ) އާއި ޖަސްޓިސް އެންޑް އިކުއަލިޓީ މޫވްމެންޓްގެ ވެރިޔާ ޖިބްރީލް އިބްރާހީމް އާއި ސޫދާން ފްރީޑަމް މޫވްމަންޓްގެ ރައީސް މުނާ އަރްކޯ މުނާވީ ހިމެނެ އެވެ.

ނަމަވެސް އެ ބޭފުޅުންނާ އެކު ބޭއްވި މަޝްވަރާތައް ނާކާމިޔާބުވީ، އޮކްޓޫބަރު 25ގެ ކުރިން އޮތް ހާލަތަށް ގައުމުގެ ވެރިކަން ބަދަލުކުރުމަށް، ބޮޑުވަޒީރު ހަމްދޫކް ޝަރުތު ކުރައްވާތީ އެވެ. އޭނާ ވިދާޅުވި ކަމަށްވަނީ، މަދަނީ ސަރުކާރާ ވެރިކަން ހަވާލުކުރުމުގެ ކުރިން، އެއްވެސް ކަމަކަށް އެއްބަސްވެވަޑައިނުގަންނަވާނެ ކަމަށެވެ.