ސޫދާނުގައި ހުންނެވި އިންތިގާލީ މަރުހަލާގެ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކު މިދިޔަ އާދީއްތަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އާ ބޮޑުވަޒީރަކު އައްޔަންކޮށް، ސަރުކާރެއް އެކުލަވައިލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް، ސޫދާންގެ ވެރިކަން ކުރާ ސިޔާދަތީ މަޖިލީހުން އިއްޔެ ބުނެފި އެވެ.
ސޫދާނުގައި ހުންނެވި އިންތިގާލީ މަރުހަލާގެ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކު މިދިޔަ އާދީއްތަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އާ ބޮޑުވަޒީރަކު އައްޔަންކޮށް، ސަރުކާރެއް އެކުލަވައިލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް، ސޫދާންގެ ވެރިކަން ކުރާ ސިޔާދަތީ މަޖިލީހުން އިއްޔެ ބުނެފި އެވެ.
ސިފައިންގެ އިސް ޖެނެރަލުން ހިމެނޭ، ވެރިކަންކުރާ ސިޔާދަތީ މަޖިލީހުން އާ ސަރުކާރެއް އެކުލަވައިލުމަށް މަސައްކަތް ކުރަމުން އަންނަ އިރު، ވެރިކަމުގެ ކަންތަކުން ސިފައިން ދުރުކުރަން މަސައްކަތް ކުރާ ސިޔާސީ ފަރާތްތަކުން ބުނަމުން އަންނަނީ، އަސްކަރީ އިންގިލާބުގެ ވެރިންގެ ބާރު ކަނޑުވައިލުމުގެ މަސައްކަތް ނުހުއްޓާނެ ކަމަށެވެ.
ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރާނެ ބޭފުޅަކާ ބެހޭ ގޮތުން، ސިފައިންގެ އިސް ވެރިންގެ މެދުގައި އިއްޔެ މަޝްވަރާތަކެއް ބޭއްވި އެވެ. މި މަޝްވަރާތަކުގައި، ވެރިކަންކުރާ ސިޔާދަތީ މަޖިލީހުން ނިންމާފައިވަނީ، އެ ގައުމުގެ ސިޔާސީ ހުރިހާ ވިސްނުމެއް ޝާމިލްވާ ފަދަ ސަރުކާރެއް، ވީ އެންމެ އަވަހަކަށް އެކުލަވައިލުމަށެވެ.
އެގޮތުން، ސޫދާންގެ ސިޔާސީ ޕާޓީތަކާ އެކުގައި މަޝްވަރާކުރުމަށް، ތިން މެމްބަރުންގެ ކޮމިޓީއެއް އެކުލަވައިލުމަށް، ވެރިކަން ކުރާ މަޖިލީހުން އިއްޔެ ނިންމި އެވެ.
ސިފައިންގެ އިސް އޮފިސަރުންނާ އެކު އިއްޔެ ބޭއްވި ބައްދަލުވުމެއްގައި، ވެރިކަންކުރާ ސިޔާދަތީ މަޖިލީހުގެ ވެރިޔާ ޖެނެރަލް އަބްދުލްފައްތާހް އަލްބުރުހާން ވިދާޅުވި ގޮތުގައި މިނިވަން މުސްތަގިއްލު ސަރުކާރެއް އެކުލަވައިލުމަކީ މި ވަގުތަށް ވަރަށް މުހިންމު ކަމެކެވެ. އަލަށް އެކުލަވައިލާ ސަރުކާރު މަސައްކަތްކުރާނީ ވަކި ކަންތައްތަކެއް ހާސިލް ކުރަން ކަމަށް ޖެނެރަލް ބުރުހާން ވިދާޅުވި އެވެ.
ކުރީގެ ރައީސް އުމަރުލް ބަޝީރުގެ ވެރިކަން ވައްޓައިލި އިންގިލާބު ހިމާޔަތްކޮށް އެ އިންގިލާބުގެ ލަނޑުދަނޑިތައް ހާސިލްކުރުން މަތީ ދެމިހުންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އާ ސަރުކާރު އެކުލަވައިލުމާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކާ އެކުގައި މަޝްވަރާކުރުމަށް އެކުލަވައިލާ ތިން މެމްބަރުންގެ ކޮމިޓީގެ ރިއާސަތު ބަލަހައްޓަވާނީ، ވެރިކަންކުރާ ސިޔާދަތީ މަޖިލީހުގެ މެންބަރެއް ކަމަށްވާ ލެފްޓިނެންޓް ޖެނެރަލް ޔާސިރުލް އަތާ އެވެ.
ސިޔާދަތީ މަޖިލީހުގެ އިއްޔެގެ ބައްދަލުވުމުގައި މެމްބަރުން ވަނީ، މިހާރު ކުރަމުންދާ މުޒާހަރާތައް ކޮންޓްރޯލް ކުރުމުގައި ގެންގުޅޭނެ ސިޔާސަތުތަކެއް ވެސް ކަނޑައަޅައިފަ އެވެ. އެ ގޮތުން، މިހާރު އަމަލު ކުރަމުން އަންނަ އުސޫލުތައް ބަދަލުކޮށް، މުޒާހަރާގެ ވަގުތުގައި ވެސް އިންޓަނެޓްގެ ހިދުމަތާއި ފޯނުގެ ހިދުމަތް މެދުކަނޑައިނުލުމަށާއި ބްރިޖްތަކާއި ހައިވޭތައް ބަންދުނުކުރުމަށް ނިންމި އެވެ.
އިންތިގާލީ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކު އިސްތިއުފާ ދެއްވުމާ ގުޅިގެން، އިދިކޮޅު ކޯލިޝަނުން ބުނި ގޮތުގައި ބޮޑުވަޒީރުގެ އިސްތިއުފާއަކީ މިދިޔަ އޮކްޓޫބަރު މަހު ފަހުކޮޅު ސިފައިން ގެނައި ބަގާވާތަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބެކެވެ. ސިފައިންގެ ބަގާވާތް ނިމުމަކަށް ގެނެސް މަދަނީ ސަރުކާރެއް ގާއިމުކުރުމަށް މިހާރު ކުރަމުންދާ މަސައްކަތް ހުއްޓާނުލައި ކުރިއަށް ދާނެ ކަމަށް ވެސް އެ ކޯލިޝަނުން ބުންޏެވެ.
ސޫދާންގެ ބޮޑުވަޒީރު ގޮތް ހުސްވެ އިސްތިއުފާ ދެއްވައިފި
ސޫދާން ސަރުކާރަށް އެހީވެގެން ނުވާނެ: އާންމުން
ސޫދާންގެ ސުލްހައިގެ ވާހަކަތަކުން އުންމީދު ބޮޑު
ސޫދާނުން 800000 ރެފިއުޖީން ނުކުންނާނެ: އދ
ސޫދާން: ހަމަލާތައް 72 ގަޑިއިރަށް މެދުކަނޑާލައިފި
ސޫދާން ހަނގުރާމައިގެ ހަގީގަތަކީ ކޮބާ؟
ބޭރުގެ ޑިޕްލޮމޭޓުން ސޫދާނުން ބޭރަށް
ސޫދާންގެ އެތައް ހާސް ބަޔަކު ވެރިރަށުން ބޭރަށް
ސޫދާން ހަނގުރާމައިގައި 185އަށް ވުރެ ގިނަ މަރު
ސޫދާން އިންގިލާބު ފާހަގަކުރަން ބޮޑު މުޒާހަރާއެއް