07 ފެބުރުއަރީ 2021
އެކްޓަރު ސިދާތު މަލްއުތުރާ މިދިޔަ އަހަރުގެ ފަހުކޮޅު ސޮއިކުރި ފިލްމު "މިޝަން މަޖުނޫ" ގެ ޝޫޓިން ހޮނިހިރު ދުވަހު ފަށައިފި އެވެ.
އެކްޓަރު ސިދާތު މަލްއުތުރާ މިދިޔަ އަހަރުގެ ފަހުކޮޅު ސޮއިކުރި ފިލްމު "މިޝަން މަޖުނޫ" ގެ ޝޫޓިން ހޮނިހިރު ދުވަހު ފަށައިފި އެވެ.
ލަކްނޫގައި މަންޒަރުތައް ނަގަމުން އަންނަ މި ފިލްމަކީ ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް، ޝަންތަނޫ ބަގްޗީ ޑައިރެކްޓްކުރާ އެކްޝަން ތުރިލާއެކެވެ.
"މިޝަން މަޖުނޫ" ގައި ސިދާތާ އެކު ބަތަލާގެ ރޯލުން ފެންނާނީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ބަތަލާ ރަޝްމިކާ މަންދަނާ އެވެ. މި ފިލްމުގެ ޝޫޓިން ފެށި އިރު ސިދާތު ވަނީ މިދިޔަ މަހުގެ ތެރޭގައި އިންދަރު ކުމާރުގެ ކޮމެޑީ ފިލްމު "ތޭންކް ގޯޑް" ގެ ޝޫޓިން ވެސް ފަށައިފަ އެވެ. އެ ފިލްމުގެ ކާސްޓްގައި އަޖޭ ދޭވްގަނާއި ރަކުލް ޕްރީތު ސިންގް ހިމެނެ އެވެ.
އެންމެ ފަހުން 2019 ގެ "މަރުޖާވާ" އިން ފެނުނު ސިދާތުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޝޫޓިން އެއްކޮށް ނިމިފައިވާ "ޝޭރުޝާހް" ހިމެނެ އެވެ.
ދެން އެންމެ އަވަހަށް ޕްރަބާސް ފެންނާނެ ފިލްމު "ރާދޭ ޝާމް" ގެ މަންޒަރުތަކެއް ދައްކާލައިފި އެވެ.
ޓީ ސިރީޒުން ޕްރޮޑިއުސްކޮށް، ރާދާ ކްރިޝްނާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ފަސްޓްލުކް ބޮޑުކޮށް ދައްކައިލުން މި މަހުގެ 14 ގައި އޮންނާނެ އެވެ. "ރާދޭ ޝާމް" ގައި ޕްރަބާސްއާ އެކު ބަތަލާގެ ރޯލުން ފެންނާނީ ޕޫޖާ ހެގްޅޭ އެވެ.
PRABHAS - POOJA HEGDE... Team #RadheShyam to unveil a glimpse on 14 Feb 2021 ... Stars #Prabhas and #PoojaHegde... Directed by Radha Krishna Kumar... Produced by Bhushan Kumar, Vamsi and Pramod. #Prabhas20 #RadheShyamPreTeaser pic.twitter.com/EPuPlG9s79
— taran adarsh (@taran_adarsh) February 6, 2021
ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާން ނުކުރާ މި ފިލްމަކީ ބޮޑު ބަޖެޓަކުން ހަދާފައިވާ ރޮމޭންޓިކް ޑްރާމާއެކެވެ.
"ބާހްބަލީ" ކުޅުނު ޕްރަބާސްގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ސާހޯ" އެވެ. އޭނާ މިހާރު ވެސް އަންނަނީ ދެ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. އެއީ "އަދިޕުރުޝް" އާއި "ސަލާރު" އެވެ.
މީގެ އިތުރުން ޕްރަބާސްގެ އަތުގައި އަމީތާބް ބައްޗަނާއި ދީޕިކާ ޕަދްކޯނާ އެކު ކުޅޭ ފިލްމެއް ވެސް އެބައޮތެވެ. އެ ފިލްމުގެ ނަން އަދި އިއުލާނެއް ނުކުރެ އެވެ.
"ލަގާން" އާއި "މަންގަލް ޕާންޑޭ: ދަ ރައިޒިން" އަދި "1920" ފަދަ ފިލްމުތަކުގައި ރޯލުތައް ކުޅެފައިވާ އެކްޓަރު އަމީން ހާޖީގެ އަލަތު ޑައިރެކްޝަން އަންނަ މަހުގެ 26 ގައި ސިނަމާތަކަށް ގެންނަން ނިންމައި އޭގެ ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.
ސައިކޮލޮޖިކަލް ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ ފިލްމުގެ ނަމަކީ "ކޮއީ ޖާނޭ ނާ" އެވެ. މީގެ ލީޑް ތަރިންނަކީ ކުނާލް ކަޕޫރާއި އަމީރާ ދާސްތޫރެވެ.
ރިޕޯޓްތައް ބުނާގޮތުން އަމީންއާ ގާތް ރައްޓެހިކަމެއް އޮންނަ މަޝްހޫރު އެކްޓަރު އާމިރު ޚާންގެ "އައިޓަމް ލަވައެއް" ފިލްމުން ފެނިގެން ދާނެ އެވެ.
ނެށުމުގެ ހުނަރުން އާންމުންގެ ސަމާލުކަން ހޯދި ބޮލީވުޑްގެ ބަތަލާ ނޯރާ ފަތެހީގެ އާ ވީޑިއޯ ލަވައެއް ދައްކާލައިފި އެވެ.
A saga of vengeance is about to unfold. She is here to take revenge! #ChhorDenge Song out now. Tune in NOW:https://t.co/DG9KDbA8Wg#BhushanKumar #NoraFatehi @itsEhanBhat @SachetParampara @sachet_tandon @ParamparaTandon #YogeshDubey @arvindrkhaira #RajitDev @souravkeys
— T-Series (@TSeries) February 4, 2021
ޓީ ސީރީޒްގެ ތައްގަނޑުގައި ނެރުނު ލަވައިގެ ނަމަކީ "ޗޯޅު ދޭގޭ" އެވެ. މި ލަވަ ކިޔާފައި ވަނީ ޕަރަމްޕަރާ ޓަންޑަނެވެ. ލަވައިގެ މިއުޒިކް ހަދާފައި ވަނީ އޭނާ އާއި ސަޗެތެވެ.
ލަވައިގެ ވީޑިއޯ ޑައިރެކްޓްކުރީ އަރުވިންދު ޚައިރާ އެވެ. "ޗޯޅު ދޭގޭ" ގައި ނޯރާއާ އެކު ފެނިގެން ދަނީ އެހާ ބަޓެވެ. ނޯރާގެ އެހެން ލަވަތަކާ ހިލާފަށް މި ލަވައިގެ ނެށުމުގެ މާ ބޮޑު ފޯރިއެއް ނެތަސް މިއީ އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭ ތަންކޮޅެއް ޖަޒުބާތީ ލަވައެކެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ޕްރަބާސްގެ އަތުގައި ބޮޑެތި ފިލްމުތަކެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ދީޕިކާ އާއި ޕްރަބާސްގެ ފިލްމަކީ ސައިންސް ފިކްޝަނެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް