Roadha Mihaaru
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު ހަތް ދުވަހަށް ގޭބަންދަށް

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު ނިޔާޒް ހަތް ދުވަހަށް ގޭބަންދުކޮށްފި

09 ޑިސެމްބަރ 2016

ލޯކަލް ކައުންސިލްގެ އިންތިހާބު ފަސްކުރުމާ ގުޅިގެން އެމްޑީޕީ ހަރުގެ ކުރިމަތީގައި މިއަދު ހަވީރު ބޭއްވި އެއްވުމުގެ ތެރެއިން ފުލުހުން ހައްޔަރުކުރި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު މާލީ އަލީ ނިޔާޒް ހަތް ދުވަހަށް ގޭގައި ބަންދުކުުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

އެމްޑީޕީގެ އިސް އޮފިޝަލަކު ވިދާޅުވީ ނިޔާޒްގެ ބަންދާ މެދު ގޮތެއް ކަނޑައަޅަން މިރޭ 7:00 ގައި ކޯޓަށް ގެންދިއުމުން، އޭނާ ހަތް ދުވަހަށް ގޭބަންދުކުރުމަށް ކޯޓުން ނިންމާފައިވާ ކަމަށެވެ.

"މިކަމުގެ ސަބަބުން ޕާޓީގެ ހިންގުމަށް ވަރަށް ބޮޑަށް ދަތިވާނެ. އެހެންކަމުން، އަޅުގަނޑުމެން ގޮވާލަން ނިޔާޒް ދޫކޮށްލަން. ޕާޓީ ހިންގުމަށް މިވަގުތު ދިމާވެފައިވާ މައްސަލަ އަށް އިތުރު ގޮންޖެހުންތަކެއް އަންނާނެ އޭނާ ބަންދުކުރުމުން،" އެ އޮފިޝަލް ވިދާޅުވި އެވެ.

ނިޔާޒަކީ އެމްޑީޕީގެ މާލީ ކަންތައްތައް ބަލަހައްޓަވާ ބޭފުޅާގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އިންތިހާބަށް ލަފާދޭ ގައުމީ ކޮމިޓީގައި އެ ޕާޓީގެ ފަރާތުން ހިމެނިވަޑައިގަންނަވާ ބޭފުޅާ އެވެ. އަދި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން އަލީ ވަހީދު އިސްތިއުފާދެއްވާފައި ވުމުން ޕާޓީގެ ކަންތައްތައް ހިންގަވަނީ ޗެއާޕާސަންގެ ނައިބު މާލީ އަދި ޗެއާޕާސަންގެ ނައިބު އިދާރީ އެވެ.