Roadha Mihaaru
މަޝްހޫރު މިއުޒީޝަން ތަރަބޫޒު ރިޒާ ނިޔާވެއްޖެ

ކުޅިވަރާއި މިއުޒިކްގައި މަޝްހޫރު ތަރަބޫޒް ރިޒާ ނިޔާވެއްޖެ

24 ނޮވެމްބަރ 2021

ކުޅިވަރާއި މިއުޒިކްގެ ދާއިރާ އިން ގިނަ ހިދުމަތްތަކެއް ކޮށްފައިވާ ތަރަބޫޒު އަހުމަދު ރިޒާ އުމުރުން 67 އަހަރުގައި މިއަދު ނިޔާވެއްޖެ އެވެ.

ކުޅިވަރާއި މިއުޒިކްގެ ދާއިރާ އިން ގިނަ ހިދުމަތްތަކެއް ކޮށްފައިވާ ތަރަބޫޒު އަހުމަދު ރިޒާ އުމުރުން 67 އަހަރުގައި މިއަދު ނިޔާވެއްޖެ އެވެ.

އޭނާގެ ދަރިފުޅު މުހައްމަދު ޝިފާން "މިހާރު" އަށް ވިދާޅުވީ ބައްޕަ ނިޔާވީ ހިތުގެ ބައްޔަކަށް ފަރުވާ ކުރާތާ ގިނަ ދުވަސްތަކެއްވީ ފަހުން ކަމަށެވެ. ހިތުގެ ބޮޑެތި އޮޕަރޭޝަންތަކެއް ކޮށް، ތިން ވޭލެއް ބަދަލުކޮށްފައިވާ ކަމަށާއި ފަހުން ބަލަހައްޓަމުން އައީ ގޭގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފަނަރަ ވަރަކަށް އަހަރު ވެއްޖެ މިހާރު ބައްޕަ ބަލިވެ އުޅޭތާ. ކާޑިއޯ މައްސަލަތަކެއް ހުރީ. ހިތުގެ ތިން ވޭލު ބަދަލުކޮށްފައި ހުންނާތީ ވަރަށް ބަލައިގެން ގޭގައި އުޅުނީ،" ވާހަކަ ދެއްކުންތެރިކަމުގެ ރޮނގުން ގައުމީ އިނާމު ހާސިލުކުރައްވާފައިވާ ޝިފާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ރިޒާ އައިޖީއެމްއެޗަށް ރޭ ގެންދިޔައީ މާބޮޑަށް ހާލު ދެރަވެގެންނެވެ. އެ ހޮސްޕިޓަލަށް ގެންދިއުމާ އެކު އޭނާ އަށް ފަރުވާ ދެމުން އައީ ވެންޓިލޭޓަރުގެ އެހީގަ އެވެ.

ރިޒާ އަކީ ބޮޑުބެރު ޖެހުމާއި ލަވަކިޔުމުގެ ދާއިރާގައި މަޝްހޫރު ފަންނާނެކެވެ. އަދި އޭނާއަކީ 1980ގެ އަހަރުތަކާއި 1990ގެ އަހަރުތަކުގައި ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ މެޗުތަކުގައި ލައިންސްމަންކަން ވެސް ކުރި މީހެކެވެ.