Roadha Mihaaru
ޖޭޕީގެ ދަތުރުތައް އިތުރުކުރަންޖެހޭ: ނަހުލާ

ޖޭޕީއަށް މެންބަރުން އިތުރުކުރަން ނަހުލާ އިސްވެ ރަށްރަށަށް، ވިދާޅުވީ ދަތުރުތައް ގިނަކުރަންޖެހޭ ކަމަށް

27 ނޮވެމްބަރ 2021

ރާއްޖޭގެ އެކި ރަށްރަށަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ކުރާ ދަތުރުތައް ކުރިމަގުގައި ވަރަށް ބޮޑަށް އިތުރުކުރަންޖެހޭ ކަމަށް އެ ޕާޓީ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ރާއްޖޭގެ އެކި ރަށްރަށަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ކުރާ ދަތުރުތައް ކުރިމަގުގައި ވަރަށް ބޮޑަށް އިތުރުކުރަންޖެހޭ ކަމަށް އެ ޕާޓީ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖޭޕީ އަށް މެންބަރުން އިތުރުކުރުމަށް ނަހުލާ އިސްވެ ހުންނަވައިގެން، އެ ޕާޓީގެ އަންހެން ގޮފީގެ ފަރާތުން އެކި ރަށްރަށަށް ދަތުރުތަކެއް ކުރާތާ ދުވަސްކޮޅެއް ވެފައިވާއިރު ފ. ނިލަންދު އަށް ވަޑައިގެން މީޑިއާތަކަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައި އޭނާ ވިދާޅުވީ ޖޭޕީގެ ލީޑަރު ދެކެ ލޯބިވާ އެތައް ރައްޔިތުންނެއް އެކި ސަރަހައްދުތަކުގައި އެބަތިބި ކަމަށެވެ.

ނިލަންދޫގެ ދަތުރުން ސާފުވި ކަމަކީ ނަހުލާ ވިދާޅުވިގޮތުގައި، ޖޭޕީން އެކި ރަށްރަށަށް ކުރާ ދަތުރުތައް ވަރަށް ބޮޑަށް އިތުރު ކުރަންޖެހޭ ކަމެވެ. އެހެންވެ، ޖޭޕީގެ އަންހެން މެމްބަރުން އިސްވެ ތިބެ މެންބަރުން އިތުރުކުރަން ފެށި ދަތުރުތައް ކުރިމަގުގައި ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް ނަހުލާ ވިދާޅުވި އެވެ.

"ޕާޓީ އަށް މެންބަރުން އިތުރު ކުރުމަށްޓަކައި އަންހެން ބޭފުޅުން އިސްނަގައިގެން މި ކުރާ ދަތުރުތަކުގެ ސަބަބުން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޖުމްހޫރީ ޕާޓީގެ ކުރިމަގަށް ވަރަށް ބޮޑު ކާމިޔާބެއް އަންނާނެ،" އޭނާ ވިދާޅުވި އެވެ.

ޕާޓީއަށް މެންބަރުން އިތުރުކުރަން ޖޭޕީން ނިލަންދޫއަށް ކުރި ދަތުރުގެ ތެރެއިން.--- ފޮޓޯ:ޖުމްހޫރީ ޕާޓީ

ޕާޓީއަށް މެންބަރުން އިތުރުކުރަން ޖޭޕީން ނިލަންދޫއަށް ކުރި ދަތުރުގެ ތެރެއިން.--- ފޮޓޯ:ޖުމްހޫރީ ޕާޓީ

ނަހުލާ ވިދާޅުވީ، ނިލަންދު އަށް ޖޭޕީން މިހާރު ކުރާ ދަތުރުގައި ކުރި މަސައްކަތުގެ ނަތީޖާއަކީ އެ ރަށުގައި އެންމެ އިސްކޮށް އުޅޭ ހުރިހާ އެންމެން ކަހަލަ ގޮތަކަށް އެ ޕާޓީއާ މިއަދު ގުޅުން ކަމަށެވެ. އެއީ ފިރިކަލުން އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ދެކެ ވަރަށް ލޯބިވާ ބަޔަކު ތިބި ރަށެއް ކަމަށް ނަހުލާ ވިދާޅުވި އެވެ.

ޖޭޕީ އަށް މީހުން އިތުރު ކުރުމުގެ ދަތުރުތަކެއް ފަށާފައި މި ވަނީ އެ ޕާޓީގެ އިސް ބައެއް މެމްބަރުން ވަކިވެ އުފެއްދި އާ ސިޔާސީ ޕާޓީ އެމްއެންޕީ އަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ މެންބަރުންތަކެއް ސޮއިކޮށްފައި ވަނިކޮށެވެ. މީގެ 13 އަހަރު އުފެއްދި ޖޭޕީ 13،000 މެންބަރުންނާއެކު އޮތީ އެންމެ މެންބަރުން ގިނަ ޕާޓީތަކުގެ ތިން ވަނައިގަ އެވެ.

ޖޭޕީގެ ކުރީގެ މެންބަރުންތަކެއް އިސްވެ ތިބެ މިދިޔަ ޖުލައި މަހު ރަޖިސްޓަރީކުރި އެމްއެންޕީ އަށް މިހާރު 10،000 މެންބަރުން ހަމަވެފައިވާ ކަމަށް އެ ޕާޓީން ބުނެ އެވެ. އެއީ މިހާރު ރާއްޖޭގައި އެންމެ މެންބަރުން ގިނަ ހަތަރުވަނަ ޕާޓީ އެވެ.